ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ގާޒީ އަލީ އަބްދުﷲއާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަން ފަށާާފައިވާ މައްސަލައަކީ އަވަހަށް ބަލައި ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް އަވަހަށް ހިންގުމުގައި ފަރުވާކުޑަކޮށް އެކަށީގެން ނުވާ މިންވަރަށް ލަސްކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ކަމަށެެވެ.

އަދި އެ ޤަޟިއްޔާ ބަލަމުންދާ ގާޒީ އަލީ އަބްދުﷲގެ ސުލޫކީ މައްސަލައެއް ތަހްގީގު ކުރަން ފެންނަކަމަށް ނިންމާ މި މައްސަލަ ތަހްގީގު ކުރުމަށް ކޮމިޓީއަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ގާޒީ އަލީ އަބްދުﷲގެ މައްސަލައެއް ޖޭއެސްސީން ބަލާފައި ވެއެވެ. އަދި އޭނާއާ މެދު ފިޔަަވަޅު އަޅާފައި ވެއެވެ.