ކ. ގުރައިދޫގައި މޫދަށް އެރި އުޅުމުގެ ތެރޭގައި އޮޔާ ދަމައިގެން ފަތުރުވެރިއަކު ސަލާމަތް ކުރުމަށް ފުލުހަކު ޔުނީފޯމްގައި މޫދަށް ފުންމާލައިފިއެެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސެން ޔަމީން "ވަގުތު"އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ އެ ރަށަށް ޗުއްޓީ ހޭދަކުރުމަށް ގޮސް އުޅުނު ރަޝިޔާ ފަތުރުވެރިއަކު އޭނާގެ އާއިލާ ގޮވައިގެން ގުރައިދޫގައި ފަތުރުވެރިންނަށް ހާއްސަ ބީޗަށް މޫދަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށް ޔަމީން ވިދާޅުވި އެވެ.

ކ. ގުރައިދޫގައި ފަތުރުވެރިއަކު އޮޔާ ދަމައިގަތުމުން އޭނާ ސަލާމަތް ކުރުމުގެ ތެރެއިން
--- ފޮޓޯ: ގުރައިދޫ ކައުންސިލް

އެ ސަރަހައްދަކީ އޮއި ގަދަ ސަރަހައްދެއްކަން ފާހަގަކުރަމުން ޔަމީން ވިދާޅުވީ އޮޔާ ދަމައިގަތީ 40 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާގެ އަންހެނުން އެހީއަށް އަށް އެދި ގޮވަން ފެށި ކަމަށް ޔާމީން ވިދާޅުވިއެވެ.

" އެ ހާދިސާ ހިނގިއިރުގައި އެތާގަ ތިބި ދެ ޒުވާނުން. ދެން އެމީހުން އަވަހަށް ޕޮލިސް އަށް ގުޅުމަށް ފަހު ފިރިހެންމީހާ ސަލާމަތް ކުރުމަށް މޫދަށް އެރުނު. ޕޮލިސް ސްޓޭޝަންގެ އިންނަނީ ވަރަށް ކައިރީގައި ވަގުތުން ފުލުހެއް ވެސް އައި އަދި ފަތުރުވެރިޔާ ސަލާމަތް ކުރުމުގައި އެހީ ވެދިން." ޔަމީން ވިދާޅުވި އެވެ.

އޮޔާ ދަމައިގަތް ފަތުރުވެރިއަކު ސަލާމަތް ކުރަން ފުލުހަކު ޔުނީފޯމްގައި މޫދުގައި - ފޮޓޯ: މީސް މީޑިއާ

އެ ފަތުރުވެރިޔާ ވަގުތުން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.

ގުރައިދޫގައި މަސައްކަތް ކުރާ ފުލުހެއް ކަމަށްވާ އަޙްމަދު އަމަން އަބްދުﷲ ރަސްމީ ޔުނީފޯމާއެކުގައި މޫދަށް އެރި ފަތުރުވެރިޔާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުން ގިނަ ބައެއް ދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖެރާ

    ދެން އޭނަވީ އޮރިޔާމުންތަ މޫދަށް އެރެން.. އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް އެފުލުސް އެ މަސައްކަތްކުރީ.. ތައުރީފް ހައްޤު

    108
    4
  2. ޖެރާ

    ދެން އޭނަވީ އޮރިޔާމުންތަ މޫދަށް އެރެން.. އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް އެފުލުސް އެ މަސައްކަތްކުރީ.. ތައުރީފް ހައްޤު...

    34
    4
  3. ނަޑޫ

    މި މީހުންނަށް ޓްއަރިޒަމް އެވޯޑް ދޭން ޖެހޭ

    40
    2
  4. Anonymous

    ޝުކުރިއްޔާ ލޮބުވެތި ޕޮލިސް
    މީ އަސްލު ފުލުހުންނަކީ. އަގުވަޒަން ކުރަންޖެހޭ.
    ހަމަ އަޅާނުލާ ހުރެވި ދާނެތާދޯ. ސެލިޓް ޙައްޤު

    95
    3
  5. ފެެފރއެދެ

    އެ ދެ ޒުވާނުން ނުފެނުނު ދޯ
    އެ ދެކުދިން ހުރިހާ މަސައްކަތެއް.. ފަހުން ފުލުސް މީހާ އަިއސް އެހީ ވީ

    36
    5
  6. ގުރަފާ

    ހުވައެއް ކޮއް މުސާރަ ނަގަންޏާ މޫދައްވެސް އެރެން ޖެހޭނީ…

    9
    1
  7. މައި ރެސްޕެކްޓް

    އޮޔާ ދަމާއިގަތް ފަތުރުވެރިޔާއަށް އެހީވި ހުރިހާ މީހުންނަށް ވެސް ސާބަސް މެސިވް ރެސްޕެކްޓް ތޮ ޔޯލް ބަޓް ފަތުރުވެރިން އާންމު ގޮސް އުޅޭ ބީޗު ތަކުގައި ލައިފް ގާރޑުން ތިބުން މުހިންމު

  8. ކަކުނިބޯ

    ގުރައިދޫގައި މަސައްކަތް ކުރާ ފުލުހެއް ކަމަށްވާ އަޙްމަދު އަމަން އަބްދުﷲ ރަސްމީ ޔުނީފޯމާއެކުގައި މޫދަށް އެރި ފަތުރުވެރިޔާ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމުން ގިނަ ބައެއް ދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ.
    ފުލުހުންގެ ނަން ޖަހަން ވާނީ ރޭންކާއެކު

  9. ޝަޒީމާ ސޯލިހު / މަނަދޫ

    ބޮކްސާކޮޅުގައި އެރުނުނަމަ.... ދޯ އިފާ 😶‍🌫️😶‍🌫️