ކ. ގުރައިދޫގެ ކައުންސިލްއަށް އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ނުކުރެވޭނަމަ ގާނޫނަށް ބަދަލު ގެނެސްގެންވެސް އެކަން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެގޮތަށް ވިދާޅުވީ ރިޔާސީ ކެމްޕޭންއަށް މިއަދު ގުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކަަ ފުޅުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ގުރައިދޫގެ ބިން ހިއްކީ ގުރައިދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ގުރައިދޫގައި

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ ބިން ދޫކުރުމަކީ ކައުންސިލްގެ ޒިންމާއެއް ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ކައުންސިލުން އެކަން ނުކޮށް އޮތުމުން ހިތާމަ ކުރައްވާ ކަމަށެވެ.

"ސަރުކާރުން އެ އޮތީ ބޮޑު ބިމެއް ހިއްކައި ދީފަ. ރައްޔިތުން މި ރަށުން ބޯހިޔާވަހިކަން ބޭނުންވޭ. ގޯތި ބޭނުންވޭ. ގޯތި ނުދެެވެންވީ އެއްވެސް ސަބަބެއް ނެތް މި ރަށަކު ނެތް މިހާރު. އަޅުގަނޑު ދަންނަވާނީ އެކަން ކައުންސިލްއަށް ނުކުރެވޭ ކަމަށް ވަންޏާ ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް ގާނޫނަށް ބަދަލު ގެނެސްގެންވެސް މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ބޯހިޔާވަހިކަން ފޯރުކޮށްދޭނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސް އަޅާ ބަޔަކަށް ޖާގައެއް ދޭން ބޭނުން ނުވާ ކަމަށެވެ.

"އަަޅުގަނޑަށް ހަމަ ޔަގީން ކުރިއަށް އޮތް އިންތިހާބު ތަކުގައި މި ރަށުގެ [ގުރައިދޫގެ] ރައްޔިތުން އެކަން ދަންނާނެކަން. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކަމުގައި ވިޔަސް، ރިޔާސީ އިންތިހާބު ކަމުގައި ވިޔަސް ކައުންސިލް އިންތިހާބު ކަމުގައި ވިޔަސް ރައްޔިތުންނަށް ހެޔޮ އެދޭ ރައްޔިތުންެ ބޭނުންތައް ފުއްދައިދޭ ބަޔަކު ނޫނީ ދެން މި ރަށަކަށް ނުހޮވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ. ގުރައިދޫގައި

ގުރައިދޫގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފްލެޓް ނޫނީ ރޯ ހައުސް އެޅުމަށް މެނިފެސްޓޯގައި ހިމަނުއްވާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވިއެވެ.

ގުރައިދޫ ކައުންސިލްގެ މެޖޯރިޓީއަކީ މިހާރު ޕީޕީއެމް އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ގުރައިދޫ ދާއިރާގެ މެމްބަރުކަން އެންމެ ފުރަޔަމަ ކުރެއްވީ ވެސް ޕީޕީއެމްގެ މެމްބަރެކެވެ. ނަމަވެސް މެމްބަރު ކަމުގައި ހުންނެވި އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން އެ މަގާމަށް އެހެން ބޭފުޅަކު އައްޔަނުކުރަން ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް އެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަސްލޭ

    ކަލޭއައް ފެނުނީ ތިރައް އެކަނިތަ😡😡

    19
    1
  2. އަޒީޒާ

    ތެދުފުޅެއް . . ވަރަށްގިނަ ރައްރަށުގަ ސަރުކާރަށް ޖެއްސުން ކުރުމަށާ ' ރައްޔިތުންނާ ސަރުކާރު ޖައްސަން މިކަހަލަ ކަންތަށްތަށްކުރޭ . . އާ ހިރުގަ ހުރިހާ ގެއްލުމެއްވަނީ ރައްޔިތުންނަށް ( ކައުން ސިލަރުން ވަކިޕާޓީ އަކަށް ނިސްބަތް ވިއަސް ޕުރޮފިޝަނަލް ވާންޖެހޭ އެބަ )

    4
    16
  3. ސައީދު

    ބަލަ ކައުންސިކުން ބޭނުންވީމައެއް ނުދެވެޔޭ 300 ގޯތި ގުރައިދޫއިން ދޫކުރުމަށް ހުއްދަޔަށްއެދި ހައުސިން މިނިސްޓްރީއަށް ފޮނުވުނު އަދަދުވެސް ބުނެދޭންނޭގޭ ކޮންމެފަހަރަކުވެސް ޖަވާބުގައި އަންނަނީ ރައީސް އޮފީހުން ހުއްދަނުލިބިގެންނޭ ހުއްދަ ނުދެވިގެން މިއުޅެނީ. މަނިކުފާނު ބޭނުމިއްޔާ ސިޓީތަކުގެ ކޮޕީތަށްވެސް ދީފާނަން

    23
    1
    • ޙިންނަބެ

      ދެނަކާ ދެނެއްނެތް ގީތި ބެހުުގައި އަތުކުރި އޮޚައިލާގެން އެންމެން ނުކުނޭ ވެރިކަން ބަދަލުކުރަން

  4. ތުރުކުމާނު

    ކިހާ ވިޔާނުދޭ ތޯ ކަމަކަށް ބޭނުންވީމަ އެކަމެއް ތިމާމީހާ ހާޞިލްކުރަން ގާނޫނާ ކުޅުން އަލިފުށީ އެއަރޕޯރޓް އަޅަން ނިންމީ ކޮން ގާނޫނަކަށް ބަލައިގެންތޯ

    22
  5. ހުސޭނުބޭ

    މީގެ 5 އަހަރު ކުރިންވެސް މީނަ ހަމަ މިކަހަލަ ދޮގުތަކެއް ހެދި. 5 އަހަރު ވީއިރުވެސް ކޮށްދިން ކަމެއް ހަމަ ހަރާން. އެކަމަކު ބައިތުލްމާލު ދިރުވާލައި 120 ބިލިއަން ރުފިޔާގެ ދަރަންޏެއް ޖެއްސި.

    23
  6. އަބް

    ކުޑަހުވަދޫ ރައްޔިތުންނަށް ވެފައިވާ ގޯދި ދިނުމުގެ ވައުދުމަތިން ހަދުމަފުޅު ނެތުނީ ތޯ؟

    ލިޔެކިޔުން އެބަހުރި، މިއީ ހަމައެކަނި ބުނެލާ ވާހަކަޔެއްނޫ.

    ދައުރު ނިމެންދަނީ.. އޭރު ކެންޕޭނުގައި ކުޑަހުވަދޫ ރައްޔިތުންނަށް ބެހި ލީފްލެޓް އެބަ ހުރި،

    ގޯތި ދިނުން ބިލާހަކަށްވެފައި....

    16
    1
  7. ޑައެލޯގް

    އިބޫބުނާއެއްޗެއް ދިމަލެއްނުވާނެއެވެ. އިބޫބުނީ އިންވަކިކޮށް ގޯތިކަނޑާ މާލޭމީހުނަށް ގޯތިދޭނީ އިބޫކަމަށެވެ. އެއީ ޖޫން 2023 ގެކުރިންކަމަށެވެ. ދެނީވެސް 6200 ގޯއްޗެވެ. އެކަމަކު ދެވޭގޮތަށްއޮތީ 700 ގޯއްޗެވެ، އެއީ ފޭސް 2 ( ޔާމީންހިއްކިބިން) ގުޅިފަޅު ( އަންނިހިއްކިބިން) ދެންއިބޫ ހިއްކަން ޑްރެޖަރުގެނައިވާހަކަ އަސްލަމްބުންޏެވެ. ދެންއޮތީ 2 މަހެވެ. ކިހިނެއް ހިއްކާނީ އަދި ހިއްކުނަސް ފެނާނަރުދަމާކަރަންޓް ނެތި އެތަނުން ގޯއްޗެއްލިބޭމީހަކު ޢިމާރާތްކުރާނެ ގޮތެއްބުނެބަލާށެވެ. ޔާމީނުވެސް ފުށިދިއްގަރުފަޅުން ގޯތިލިބޭނެކަމުގެ ލިޔުންދިނެވެ. އެއީ މާގިނަމީހުނަށެވެ. އެކަމަކު އެކަން ރަގަޅުވާ ސަބަބަކީ ޔާމީނުބުނީ ތިމަންނާމިދެނީ ފުށިދިއްގަރުފަޅުންނެވެ. އެއީތެދެކެވެ. އިބޫބުނީ ތިމަންނާދެނީ އިންވަކިކޮށް ގޯތިކަނޑާފަކަމެވެ. އެއީ ދޮގެކެވެ. އިބޫވެސް ޗާޓުގައި ގޯތިކަނޑާވާހަކަ ބުނިނަމަ މައްސަލައެއްނެތެވެ.

    12
    1
    • Anonymous

      ޔާމީން ގޯތިދޭނެ ކަމުގެ ލިޔުމެއް ނުދޭ.

  8. ދަރަނި ދަންތުރަ

    މާލޭ ބިންތައް ސޯލިބޭ ބޭނުން ބަޔަކަށް ބޭނުން ގޮތަކަށް ބަހާލީ އެއީ ސޯލިބޭގެ ތަރިކަ މުދާތަ ؟ ދޮގުހެދުމާއި މަކަރާއި ޙީލަތް ވައްކަން ކުރުން މިއީ މީނަގެ ކަށީގައި ބިންވަޅު ކަނޑައި ނަގާފައިވާ ކަންކަންދޯ ، ހަތަރު އަހަރު ވެގެންދިޔައިރު ގާނޫނުބަދަލްކޮންގެން ގޯތި ނުދިނީ ކީއްވެބާ ؟ ވޯޓު ބޭނުންވީމަތޯ ގާނޫނު ބަދަލުކޮށްގެން ގޯތިދޭން ހޭވެރިވީ މި ކޮންތާކު ބުރާންޗެއްތަ ؟

    22
    1
    • Anonymous

      ހުޅުމާލޭގެ އަގުބޮޑުބިންތައް ފަލާހުމެނާ ރެޒޭނާމެނާ ދެންވެސް ސަރުކާރުގައިތިބި މާލޭ މީހުން ފުރުސަތުގެ ބޭނުންކޮށްގެން ހިލޭ ނަގަން ހިންގާ ބޮޑުޖަރީމާއެއް މިއީ.

  9. Anonymous

    އަންގައިން.

    17
  10. Anonymous

    ދެން ތިކަން ކުރާކަށް ވަގުތެއް ނެތް. އިތުރަށް ދޮގުނުހަދާ.

    19
  11. ކަނބާ

    ދޮގު ނުހަދާ! ދެން ވަގުތެއް ނެތް.

    19
  12. އަދުހަމު

    ވެފައިހުރި ވައުދުތައް އެހައްފުއްދަބަލަ

    18