މީހަކު އެއްޗެއް ލިޔެފައި ދިނީމަ ވިދާޅުވާއިރުވެސް ވިދާޅުވެނީ ކީކޭތޯ ވިސްލާނަންޖެހޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

މިރޭ ދ.ކުޑަހުވަދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމިން އެންމެ ބޮޑަށް ފާޑުވިދާޅުވީ ރައީސް ސޯލިހް ގައުމިއްޔަތާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށެވެ.

"ގައުމިއްޔަތަކީ އިމްޕޯޓްކުރެވޭ އެއްޗެއް ނޫނޭ. އަޅުގަނޑުމެން ކީކޭތޯ މިކިޔަނީ. މި ހިނގާ ސަރުކާރުގެ މިހަތަރު ކީއްތޯ މިކުރަނީ. ގައުމިއްޔަތުގެ ވާހަކަ ދައްކާއިރު ގައުމިއްޔަތުގެ މަސްދަރު ނުވަތަ ގައުމިއްޔަތުގެ ކަންތައް ކިހާ ފެންވަރެއްގައި އޮވެގެންތޯ މި ވިދާޅުވަނީ ގައުމިއްޔަތެއް އިމްޕޯޓެއް ނުކުރެވޭނެ އޭ. މިހާރު ގައުމިއްޔަތައް ގޮންޖަހާ ހުރިހާ ކަމެއް އިމްޕޯޓެއް ނޫންތޯ މިކުރަނީ،" ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ އިންޑިޔާއިން އަންގާ ގޮތައް ކަމަށް ވިދާޅުވާ ބަސްފުޅު ތަކުރާރުކުރައްވަން ޔާމީން ވިދާޅުވީ ދީނަށް ފުރައްސާރަކުރާމީހުންނާ ދެކޯޅަށް ބަހެއް ބުނެލަން މި ސަރުކާރަށް ނުކެރޭ ކަމަށެވެ. އަދި އެއީ ގައުމިއްޔަތާއި ދީނާ ވަކިނުކުރެނެ ކަމަށާއި އެހެން ނަމަވެސް ގައުމިއްޔަތު ދަމަހައްޓަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަނީ އިންޑިޔާއިން އަންގާ ގޮތައްކަމަށް ވިދާޅުވި އެވެ.

ބޮޑުތަކުރުފާނު ކުރެއްވި ހުރިހާ މަސައްކަތްޕުޅަކީ ގައުމިއްޔަތު ދިފާއުކުރުމޭ ވިދާޅުވިއިރު ބޮޑު ތަކުރުފާނުގެ އެންމެ ބޮޑު ވަސިއްޔަތަކީއަދި ބޮޑުތަކުރުފާނުގެ ޖިހާދުއައީކިހިނެތް ކަން އެނގެންޖެހޭ ކަމަށްވެސް ޔާމިން ވިދާޅުވި އެވެ.

"ބޮޑުތަކުރުފާނުގެ ޒިކުރާ އިހްޔާކުރާ ތަނެއްގައި ބޮޑުތަކުރުފާނުގެ އުފަންރަށުގައި ހުންނަވައިގެން މި ވިދާޅުވަނީ ބޮޑުތަކުރުފާނަކީ ގައުމިއްޔަތު ދިފާއުކުރެއްވި ބޭފުޅެކޭ. މީގެ ކައުންޓަރ ސުވާލަކީ މިހާރު ތިޔަ ވިދާޅުވާ ރައީސް ކިހާ ވަރަކަށް ގައުމިއްޔަތު ދިފާއުކުރައްވަންތޯ އޭ އެބަ. އަމިއްލަފުޅަށް ސުވާލު ކުރައްވަންވީ ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.

އަދި އެންމެ މިނިވަންކަމާ ސިޔާދަތު ރައްކާތެރިކުރުމަށް އެބައެއްގެ ތާރީހު އެނގެންޖެހޭ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިކަން ފާހަގަ ކުރައްވަން ޔާމީން ވިދާޅުވީ ތާރީހް އެބަޔަކަށް އެނގުމަކީ އެގައުމެއްގެ ފަލްސަފާތައް އައިސްފައިވާގޮތް އެނގުން ކަމަށެވެ.

"އަޅުގަނޑުމެނަކީ އެތައް ސަތޭކަ އަހަރެއްކުރިން އިސްލާމީ ހިދާޔަތުގައި ތިބި އެނޫން ދީނަކަށް ޖާގަ ނުދީ އަޅުގަނޑުމެންގެ ކާނބަފައިން ބޮޑެތި ޖިހާދުކޮށް އުފެއްދި ގައުމެއް މީ. އިންތިހާއަށް ދިވެހި ގައުމާ ދިވެހި ކަރާމަތާ ތޮޅެމުންއައި. އެކަމު އެހުރިހާ ކަމަކަށް ފުރުސަތު ދީފައި އޮޔެމެ މި ވިދާޅުވަނީ ގައުމެއްގެ އިސްތިގުލާލު ނުވަތަ ގައުމެއްގެ ސިޔާދަތު ދެމެހެއްޓުމަށް އެބަޖެހެއޭ އެބައެއްގެ ތާރީހު އެނގެން. މިކަލަ ވާހަކަ މި ބޭފުޅުން ދެއްކީމަ ހަމަ ފާޑުކިޔާން މީހުން ތިބޭނެ. މިއީކީ މި ބޭފުޅުން ދައްކާކަށް އެންމެ ފައްކާ ވާހަކައެއްނޫން. އެއީ އެ ބޭފުޅުންނަކަށް އެކަން ކަމެއް ކޮށެއް ނުދެވޭ" ޔާމީން ވިދާޅުވި އެވެ.

މެނިފެސްޓޯގައި ކިތަންމެ މޮޅުވާހަކައެއްވެސް ލިޔެވިދާނެ ކަަމަށް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިސަރުކާރުން ވީ ވައުދުތައް ނުފުއްދާ ކަމަށެވެ. އިންޑިޔާ އައުޓް ބެނާ އެމަނިކުފާނުގެ ގެކޮޅުން ނެގި މައްސަލައާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ އެ ބެނާ ނެގިނަމަވެސް އެމަނިކުފާނުގެ ހިތްޕުޅުން އެ ޝުއޫރު ފިލައިގެން ނުދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހިމާރު

    އެހެންވެ ދޯ މީނަޔަށް ލިބެންޖެހޭ އިންޓެލް ރިޕޯޓުވެސް އަދީބަށް ލިބިފަ މީނަޔަށް ނުލިބޭއިރުވެސް ނޭނގެނީ. ގަމާރި ވަކި ވަރަކަށް ނޫން

    15
    51
  2. މަންނު

    ސާބަހޭ މިގައުމުގެ ތަރަށްގީގެ ބާނީ ބޮޑުތަނުން ކަޅުދަބަސް ބަލިކޮށް ޖަލަށްލާން މިފަހަރު ޖެހޭނެ އޭރުން އޮންނާނެ 65 އަހަރުންމަތީ މީހުންނަށް ލިބޭ އިނާޔަތް ލިބިލިބި.

    16
    15
  3. މުހައްމަދު

    ކަލޭ އެއްމެ ރަނގަޅީ ތިވާހަކަދައްކަން

    13
    39
    • ޙަސަނުލް

      ދެން ކަލޭދައްކަބަލަ ލާދީނީ އެމް ޑ ޕ ބޮލުގަ އަޅާގެން

      11
      2
  4. ޑައެލޯގް

    އިބޫއަކީ ރަލުގެމައްސަލައެއްގައި ހުކުމްކޮށްފަހުރިމީހެކެވެ. އަދި ކިޔަވާފަހުރިމީހެއްވެސްނޫނެވެ. ދެންއެވަރުގެ މީހަކަށް ވެރިކަންލިބުނީމަ ވާގޮތެވެ. މީހުންބުނެދޯ ބުއްދިވެރިދުޝްމަނުވެސް ރަގަޅުވާނޭ މޮޔަރަހުމަތްތެރިއަކަށްވުރެން އެއީ ބުއްދިވެރި ދުޝްމަނަށްއެގޭނެ ގައުމަށް އެހެންގައުމެއްގެ ބަޔަކުބައިތިއްބާފިއްޔާ އެމީހާއަށްވެސް ލޮޓިލިބޭނެކަން އެކަމަކު މޮޔަރަހުމަތްތެރިޔާ އަށް ނޭގޭނެ އެހެންގައުމަކުން މިގައުމަށް ލޮޓިދޭއިރުވެސް ލޮޓިއެއްލިބޭކަމެއްވެސް އެހާގަމާރުވާނެއެވެ. އިބޫއަކީ މޮޔަރަހުމްތެރިޔާއެވެ. އިބޫއަށްނޭގޭނެ އިންޑިޔާއައިސް ފަޒުނާޖަހައިގަތަސް ޖަހައިގަތްފިކަމެއްވެސް އެހާގަމާރުވާނެއެވެ. ގާސިމުމެން އަތްޖަހަން އެތިބެނީއެހެންވެގެނެވެ. އެގޭވިއްޔަ އިބޫހުރިއްޔާ ކިތަމެވަރަކަށް ކެޔަސް ނޭގޭނެކަން

    41
    4
  5. އަލީ އަލީ

    ތީގަ ވާގިތަކީ ތިހާމޮޅު ޔާމީނަށްވެސް އެއްފަހު ކިޔޭ އެއްޗެއް އަނެއްފަހަރު ހަނދާނެއް ނުހުރޭ!

    14
    30
  6. Anonymous

    ރ ޔާމީނު އެވިދާޅުވީ % 100 ތެދުފުޅެއް.

    46
    12
  7. ޕިންކީސް

    އަނގަނުތަޅާ ހައްޖަށްދޭބަލަ.

    3
    23
  8. ސައީދު

    ތިމަންނާ ނުބުނަމޯ އެއްވާން ބޭނުމިއްޔާ މައްކާއަށް ދާށޭ. މަނިކުފާނު ހަމަތޯ

    4
    17
  9. ކަކިނޮ

    ޔާމީނުބުނިބަސް ހަޖަމުނުވީދޯ

    22
    3
  10. ދޮރު

    ޕީޕީއެމް ކުދިން ޔާމީނުއަތަށް މައިކެއް ނުދީވޭތޯބަލާބަލަ. ދީފިއްޔާ އަބަދުވެސް އިތުރަށް ފަލީހަތްވެ ރައްޔިތުންގެ ތާއީދު ދަށްވުން ނޫންކަމެއް ނުވެއެވެ.

    3
    7
  11. ހިލަ

    ދީނޭ ކިޔައިގެން އަނަގަގަނޑު ހުޅުވަން މީކާކުތޯ! ދޭބަލަ ބެންކޮކަށް ހިލޭ އަންހެނުން ހޯދަން.

    2
    6
  12. ޙާލަތު

    ޔާމީނު މީ މީހުން ދައްކާވާހަކައަށް ފާޑު ކިޔޭ ފެންވަރުގެ މީހެއްނޫން

    2
    6
  13. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރަޢްދޭ

    ސާބަސް މިގައުމުގެ ތަރައްގީގެބާނީ ރައީސް އަބްދުﷲޔާމިން މަނިކްފާނުހާ ގާބިލް ވެރިއަކު މިގައުމުގެ ވެރިކަމަކަށް ދިވެހިތާރީހަކުވެސް ފެންނާކަށްނެތް ގައުމެއް ހަލާކުކޮށްލަން ސޯލިހުއާ އަންނިވަރުގެ ޕޮރޮފެސަނަލް ބަޔަކުނެތް

    7
    2