"ސޯލިހް" އަކީ މީގެ ކުރިން ދިވެހިންނަށް ކަމުދިޔަ ރީތި ނަމެއް ކަމަށާއި އެކަމަކު، މިހާރު އަލަށް ވިހާ ކުދިންނަށް އެ ނަން ކިޔުން ހުއްޓާލައިފި ކަމަށް ވިދާޅުވެ، މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެއްޖެއެވެ.
މަލީހު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އަލަށް ވިހާ ކުދިންނަށް ސޯލިހު ކިޔުން ހުއްޓާލާފައިވާ ސަބަބަކީ ދޭހަވާ މާނަ އެއްކޮށް ބަދަލުވުން ކަމަށެވެ.
އަދި، މިހާރު އެ ނަން ކިޔުމުން ދޭހަވަނީ ވައުދު ނުފުއްދުމާއި ގައުމަށް ގައްދާރުވުމުގެ އިތުރުން ދިވެހިވަންތަކަން ގެއްލުމާއި ވައްކަން އާންމުކުރުން އަދި ގައުމު ދަރަނިވެރިކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
"ސޯލިހް އެއީ ދިވެހިންނަށް ކަމުދިޔަ ރީތި ނަމެއް. އަލަށް އުފަންވާ ކުދީންނަށް ސޯލިހު ނަމުން ނަންދިނުން ދިވެހީން ހުއްޓާލައިފި." މަލީހް ވިދާޅުވިއެވެ.
މަލީހު، ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާއިރު ކުރިން އޮތް ޕީޕީއެމްގެ ވެރިކަން ބަދަލުކޮށް، މި ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ މަލީހެވެ. އަދި، އޭނާ އަކީ މި ސަރުކާރުގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެކަމަކު، މަލީހު މަގާމުން ވަކިކުރުމާއެކު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހު ވަނީ އެޕާޓީން ވަކިވެ، އަނެއްކާވެސް އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންފައެވެ. އެއަށްފަހު އޭނާ ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކަލޯގަޔާ މިހާ ރީތި ބިއުޓިފުލް މަލީހު ކޮންކަހަލަ ވާހަކައެއް މިދެއްކީ!!
ބުރޯ ކިހިނެއް ތި އުޅެނީ. އިބޫ ކަޑައޭ. އެކަމަކު ބުރޯ ތިއުޅޭ ގޮތް ވަރަށް ހުތުރު. އެއްތަނުން އަނެއް ތަނަށް އެއްލާލާ ފައިފުއްސަކަށް ވުރެން ހާލު ދެރަ. ކަސޯޓީ ގައިވެސް އުޅޭނެ ދެމީހުން ދޭތެރޭ ދުވާ އަންހެނެއް ޕްރޭނާ ނަމަކަށް ކިޔާ. ބުރޯ ތި އުޅޭގޮތް ހަމަ އެއްވެސް ތަފާތެއް ނެތް. ލަދުން ބޯހަލާކު މިކަހަލަ ދެފުއް ދެގޮތް ރާޑި މީހުން ރާއްޖޭގެ ސިޔާސީ މައިދާނުގައި އުޅޭތީ.
އަހަރުން ކިޔުން ހުއްޓާލި ނަން ތަކުގެ ތެރޭގައި
ސޯލިހު. މާރިޔާ. އިމްރާނު. އިޔާޒު. ގާސިމް. ޝައްމޫނު. ނަޖުމާ. ނިޒާރު.
ނަޝީދު. ޔަސްރިފު. ޖާބިރު. ކާފުން ފެށޭ ނަންނަން ހިމެނޭ
މީނަޔަކީ ބޯހަމަޖެހޭ މީހެއް ހެނެއް ހިޔެއްނުވޭ ކޮންމެސަރުކަރެއަގައިވެސް އުޅޭނެ ދެން ވަޒިފާ އަދާނުވެގެން ބެރުކޮށްލީމާ އެވަގުތަކު ހުންނަ ވެރިޔަކަށް ނުވަތަ ސަރުކާރަށް އެއްޗެހި ގޮވާނީ
ވިހާ ކުދިންނަށް މިހާރު ކިޔަނީ މޯޑު އައްމަޑޭ ނާއްޓޭ ކާއްޓޭ
މީ ސިކުނޑި ހަމަޖެހޭ މީހެއްބާ؟ ދެން މީނަ ބުނެފާނެ އަލަށް ވިހާ ކުދިންނަށް އިބްރާހިމް ނޫނީ މުހައްމަދް ކިޔުން ހުއްޓާލައިފިޔޭ. މަލީހުހާ ޖަމީލުއާ ދެމީހުން އަބަދުވެސް ތިއުޅެނީ އިބިލީސް ވެސް ނޫޅޭފަދަ ހަޑި މުޑުދާރު ވައްތަރަކަށް. ފުވައްމުލަކު މީހުއްނައްވެސް ހުރި ބޮޑު ލަދެއް މީ މި އާއިލާޔާހެދި.
ޔާމިނަ ކީ ވެސް ވަރަށް ސަޅި ނަމެއް! މިހާރު ވިހާ ކުދިންނަށް އެނަން ނުކިޔާތާ 4 އަހަރު ވެއްޖެ! ސަބަބު މީނަ އަށް އެނގޭނެ!
މީނައާއި މީނަގެ ބޭބެއަކީ މިްައުމަށް ފާކުރއްވާފައިވާ މސބތެއް
ތިހުރީ ހަމަރަގަޅައްމޮޔަވެފަ ކަލޯ އަމާ ލަދުގަނޭ ކަލޮޔައް ސޯލިހް ނުކިއުނީތީ މިހާރު ތިގޮވަނީނީމޮޔަ ގެނެއް ވަޒީރުކަމެއްނުކިބޭނެ ކިތަންމެވަރަކައް މޮޔަގޮވިޔަސް ޔާމީންނޫޅެ ތިކަހަލަ ބުރާންޗެއްނުފެނިގެނެތް އަދިވިސް މަސައްކަތެތްނުކޮއް ބޮޑުމުސާރަލީބޭތޯ
އަޅުގަނޑެއް ސޯލިހެއް އަދި ހާއްސަކޮއް ނަޝީދެއް ނުކިޔާނަން.
ބޮލު ރޮދި ކެނޑުނީ މާ ކޮސް ގޮވޭނެ....ހައިރާން ނެއް ނުވޭ.
މިހާރުހުރިހާކުދިންނަށްކިޔަނީ މަލީހް
ދެނު މަލީހު ކިޔަނވީނު
ކަނޑު ކޮސް ގޮވާ ފިރިހެނެއް މީ.
ހޫ އޮމްލެޓް ބާއީ
މީނަވެސް މިނިސްޓަރަކަށް އުޅުނު އިރު ސޯލިހު ވަރެއް ނެތް. ހަމަ މަގާމުން ބޭރު ކުރާއިރަށް ސޯލިހް ގޯސްވެއްޖެ. ލަދު ހަޔާތުގެ ކަންފުލެއްވެސް ނެތް.