ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާއި ދެކޮޅަށް އެއްވި އެއްވުމުގެ ތެރެއިން ހިނގާ ދިޔަ ހަމަނުޖެހުމުގެ މައްސަލައިގައި 18 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ހަމަނުޖެހުންތަކާ ގުޅިގެން ޖުމުލަ 18 މީހަކަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ހައި ކޮމިޝަންތަކުގެ ވެރިންނާއި، ސަރުކާރުގެ ވެރިންނާއި އާންމުން ގަލޮޅު ދަނޑުގައި ހަރަކާތްތައް ބާއްވަމުން ދަނިކޮށް، ގަދަކަމުން އެތަނަށް ބަޔަކު ވަދެ، އެ ހަރަކާތުގައި ބައިވެރިވި މީހުންނާއި ކުރިމަތިލައި، މާރާމާރީ ހިންގާ، އެ ތަނުގައި ހުރި ތަކެއްޗަށް ވަނީ ގެއްލުންދީފައެވެ.

އެ މައްސަލައިގައި ޖުމުލަ 24 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިން ކަމަށްވާ ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން ބިން މުހައްމަދު ވެސް ހިމެނެއެވެ. އެ ދެ ބޭފުޅުން ވެސް ދޫކޮށްލާފައިވަނީ ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭތިއްބުމަށް ފަހުއެވެ.

ޕީގީ އޮފީހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައިގައި ދައުވާކުރީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ.

މިގޮތުން މި މައްސަލައިގައި ޝެއިހް ފަޒްލޫނާއި ނިޝާނަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ދެ އިލްމުވެރިންނަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާވެސް ހަތް މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އެމީހުންނަށް 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިގޮތުން އެ ދައުވާކޮށްފައިވަނީ:

  • މއ. ކަނުހުރާ، މުހައްމަދު ދިލިއަން
  • ތ. ތިމަރަފުށީ، ނަރުގަސްވިލާ، އަބްދުﷲ ރިފާއު
  • ނ. މިލަދޫ، ކާރނޭޝަންމާގޭ، އަބޫބަކުރު ފާރިއު
  • ރ. ކަނދޮޅުދޫ، އަލަމާގޭ، އަހުމަދު އަކްސަމް
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  • މ. ކުދެހިގެ، ސަހަން ޝިފާޒު
  • ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް

މި މައްސަލައިގައި ހިމެނޭ، ތ. ތިމަރަފުށީ، ނަރުގިސްވިލާ، އަބްދުﷲ ރިފާއުގެ މައްޗަށް ވަނީ ޓެރަރިސްޓް ޖަމައާތަކަށް ތާއިދުކުރާކަމުގެ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އެއީ، ސާބިތުވެއްޖެނަމަ 1 އަހަރާއި 3 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެ ދައުވާއެވެ. އަދި، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. އެދައުވާ ސާބިތުވެއްޖެ ނަމަ 3 އަހަރާއި 5 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެއެވެ.

ހަމައެހެންމެ، މި މައްސަލައިގައި ހިމެނޭ ޝަބިމް އާދަމްގެ މައްޗަށް ވަނީ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އެއީ ސާބިތުވެއްޖެ ނަމަ 7 އަހަރާއި 10 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެ ދައުވާއެކެވެ.

މި މައްސަލައިގައި ހިމެނޭ އިތުރު ހަތް މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިގޮތުން، މި މައްސަލައިގައި ޓެރަރިޒަމްގެ އަމެއްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ:

  • ހއ. ހޯރަފުށީ، ޔާގޫތުގޭ، މުހައްމަދު އިސްމާއިލް (ކުރީގެ މެންބަރު)
  • ގ. ފީނިކްސް، އަބްދުﷲ ނިޔާޒު
  • ތ. ތިމަރަފުށީ އަލީއާބާދު، އަލީ މުހައްމަދު
  • ނ. ވެލިދޫ، މިލާނޯ، އިބްރާހިމް ޒިހާނު
  • ލ. މުންޑޫ، އަންނާރުމާގޭ، މުހައްމަދު ޝާން
  • ހދ. ކުޅުދުއްފުށީ، ބާބުގެ، ހުސެއިން އަލީ
  • މ، ފަޅުމަތީގެ، އަހުމަދު އަލީ

މި މައްސަލައިގައި ހިމެނޭ އަކްސަމް އައި ހަސަން ޝިފާޒުގެ މައްޗަށް ވަނީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ 3 އަހަރާއި 5 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެއެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާވެސް މި މައްސަލައިގާ ހިމެނޭ 15 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 4 މަހުގެ ހުކުމެއް އައުން އެކަށިގެންވެއެވެ. މިގޮތުން މި ދައުވާ އުފުލާފައިވަނީ:

  • ގ. އުފުރިޔާ، މުހައްމަދު ފައިސަލް
  • މ. އޯކިޑްހައުސް، މުހައްމަދު ފައިސަލް
  • މއ. ކަނުހުރާ މުހައްމަދު ދިލިއަން
  • ތ. ތިމަރަފުށީ ނަރުގިސްވިލާ އަބްދުﷲ ރިފާއު
  • ނ. މިލަދޫ، ކާރނޭޝަންމާގޭ، އަބޫބަކުރު ފާރިއު
  • ރ. ކަނދޮޅުދޫ، އަލަމާގޭ، އަހުމަދު އަކްސަމް
  • ގއ. މާމެންދޫ، އަސްރަފީވިލާ، އަހުމަދު ނަސޫހް
  • މ. ކުދެހިގެ، ހަސަން ޝިފާޒު
  • ފ. ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
  • ގ. ފީނިކްސް، އަބްދުﷲ ނިޔާޒު
  • ތ. ތިމަރަފުށީ، އަލީއާބާދު، އަލީ މުހައްމަދު
  • ނ. ވެލިދޫ، މިލާނޯ، އިބްރާހިމް ޒިހާނު
  • ލ. މުންޑޫ، އަންނާރުމާގެ، މުހައްމަދު ޝާން
  • ހދ. ކުޅުދުއްފުށީ، ބާބޫގޭ، ހުސެއިން އަލީ
  • މ. ފަޅުމަތީގެ، އަހުމަދު އަލީ

މި މައްސަލައިގައި ހިމެނޭ މުހައްމަދު އިސްމާއިލާއި، މުހައްމަދު ދިލިއަންގެ މައްޗަށް ވަނީ އަދިވެސް އިތުރު ދައުވާއެއް އުފުލާފައެވެ. އެއީ، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

ޔޯގާ ހަރަކާތް ބޭއްވީ މިދިޔަ ޖޫންމަހުގެ 21 ގައެވެ. އެ ދުވަހުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އޭގެތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަސް ތު

    ކިހާބޮޑު ބަލާވެރި ވެރިކަމެއް މީ.

    43
    • ލޮލް

      2023ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިމީހާ އިސްތިއުފާދޭން ތައްޔާރުވާން އުޅޭ ވައްތަރު ޖަހަންފަށައިފި. ޕާޓީ ގަބީލާ ނިޒާމު ފުނޑާލާފައި މިގައުމުގައި އިސްލާމީ ޝަރީޢާ ތަންފީޒު ކުރަން ކެރޭނެ މީހަކު އެބަހުރިބާ؟

  2. Anonymous

    މިއޮއް ޔޯގާއެއް ދޯ ނޫނޭނޫނޭ

    36
  3. Anonymous

    ޔޯގާ ކުޅެން ގޭގަތިބިނަމަ އެހެންނުވީސްދޯ

    37
    8
  4. Anonymous

    މިއުޅެނީ މަރުތައް ގިނަވެ ވާނުވާނެގިގެން އަދިވެސް ޔޯގާގައިގައޮޅާލަބަލަ

    39
    1
  5. ޑައެލޯގް

    ޔޯގާއާއި ޝިރުކުކެ ޢަމަލު ހުއްޓުވަން މަސައްކަތްކުރިމީހުން މިހާރުއެވަނީ ޓެރަރިސްޓުންނަށް ހަދާފައެވެ. ލިވާތާއި ފާހިޝް އަމަލުކުރާމީހުންނަށް 3 މަހުގެ ގޭބަންދެކެވެ. ރަސޫލާއަށް ފުރައްސާރަކުރާމީހުނާއި މިސްކިތަށް ބޮޑުކަމުދާމީހުންނަކީ ނަފްސާނީމީހުނެވެ. ހޯރައިއްބެ ދޫކޮށްފިއެވެ. އަދިވެސް އިމުރާނުމެންބުނާނެ ރަސޫލާ ހިންގެވިގޮތަށޭ އިބޫ ވެރިކަންކުރަނީ

    55
  6. ހުސޭނުބޭ

    ދަޢުވާވެސް ޙުކުމްވެސް އަންނާނީ އިންޑިޔާ އެމްބަސީން

    50
  7. ލިބެރަލް ނަޓް

    މި ސަރުކާރުގެ ނިމުން ވަރަށް ގާތްވެއްޖެ

    59
    2
  8. Anonymous

    ރާއްޖޭގެ ފަތުރުވެރިކަން ބޮއިކަޓްކުރަން ޔޫރަޕްގައި ކެމްޕޭން ކުރި އެމްޑީޕީ މީހުންނާއި، 2012 ފެބުރުއަރީ 12،13 ގައި ހުޅުޖެހި މީހުންގެ މައްޗަށް ދައުވާނުކޮށް މީ އިންސާފުތޯ ޕީޖީ !

    34
  9. ހަގީގަތް

    އެތާ ތިބި ޕޮލިހުންނައް ވެސް ވާނެ ޓެރަރިޒަމް ދައުވާކުރަން އެމީހުން ވަތް އިރު އަޅާނުލާ ތިބެފަ ވަނީމަ އުޅުނީ ހުއްޓުވަން

  10. Anonymous

    ނަމާދުކޮށް ސަޖިދައިގަ ތިއްބާތަ ބަޔަކު ދިޔައީ

  11. Anonymous

    އަލަމްގިރިޔައް އެރި މީހުނައް 3 މަހުގެ ގޭބަނދު. އިސްތިއުފާ.

  12. ބޮކި

    މިވެރިން ވެރިކަންކުރިއިރު ޔޯގާ އޯކޭ ؟؟؟؟

    4
    8
  13. މުޙައްމަދު

    ކަރާމާތްތެރި ހޯމް މިނިސްޓަރަށް
    ހަބޭހަށް ސަލާމް.
    މިވެސް ރަސޫލާ އެންގެވިގޮތަށްތޯ ނޫނީ ރަސޫލާ ކަންތައް ކުރެއްވި ގޮތް ތޯ؟ކަލޭގެފާނުގެ ހަޔާތް ކުޑަކަމާއެވެ. ދެންފަހެ އިްނޑިޔާ ރުއްސަން މިބައިމީހުން މި ހުކުމް ކޮށްފިއެވެ. އހ.
    ކަލެއަށް އިހުތިރާމް