މިދިޔަ ސަރުކާރުން ގޭންގުތައް ހިންގަން ދައުލަތުގެ ފައިސާ ގޭންގުތަކަށް ބަހާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ތުހުމަތު ކުރައްވައިފިއެވެ.

އަނދުން ހުސެއިން އެގޮތަށް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަތާ ދެ ހަފުތާ ފަހުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ކުރިމަތިން ހުޅަނގު ފަރާތުގައި އޮންނަ ގަސްގަނޑު ތެރެއިން މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހެއްގެ މަރުގެ މައްސަލަ ބަލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސަ ކުރައްވަމުންނެވެ.

އަޒްހާންގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށާއި، އަދި މަރުތަކުގެ މައްސަލަތައް ހައްސާސް މައްސަލަތަކެއް ގޮތުގައި ބަލާ، ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރަން ގޮވާލާ މިއަދު މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އޭނާގެ ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތީ 25 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަކަމަށް 11 މެމްބަރުން ވޯޓު ދެއްވިއެވެ. މި މައްސަލަ ބަލައިނުގަތުމަށް އެމްޑީޕީން އޮތީ ވިޕްލައިނެއް ވެސް ނެރެފައެވެ.

އެ މައްސަލައިގެ ބަހުސްގައި އަނދުން ހުސެއިން ވިދާޅުވީ މި ސަރުކާރު އައި ފަހުން މަރުތައް ގިނަވެފައިވާ ކަމަށް ވިދާޅުވެ، އާދަމް ޝަރީފް ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެއަށްފަހު އޭނާ ވަނީ ކުރީ ސަރުކާރުގައި ގޭންގުތަކަށް ފައިސާ ދީގެން ނުރައްކާތެރި ކުށްތައް ކުރުވި ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ނިމިދިޔަ ސަރުކާރުން ދައުލަތުގެ ފައިސާ ގޭންގުތައް ހިންގުމަށްޓަކައި ދެމުން އައީ." އަނދުން ހުސެއިން ވިދާޅުވިއެވެ.

"އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލަށްލުމާ ގުޅިގެން ފައިސާ ނުދެވިގެން ގޭންގްތަކުގެ ކުދިން މައްސަލަ ޖައްސަން ހެދީމާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޓީވީގައި ވިދާޅުވީ އަދީބު އެދެއްވަނީ ތިމަންނަގެ ފައިސާއޭ ގޭންގްތައް ހިންގަން. ގޭންގްތަކުން ހިންގާ ހަރަކާތްތައް ހިންގަން."

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު – ފޮޓޯ: މަޖިލިސް
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު – ފޮޓޯ: މަޖިލިސް

އޭނާ ވިދާޅުވީ އާދަމް ޝަރީފްމެންގެ ވެރިކަމުގައި އެފަދައިން ކަންތައް ކުރައްވާފައި މެންބަރު ކަމަށް ވަޑައިގެން އަދުގެ ސަރުކާރު ބަދުނާމުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ. އަދި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ވެސް އެނާ ތުހުމަތު ކުރެއްވިއެވެ.

އަދި، އަޒްހާންގެ މައްސަލައަކި ކަންބޮޑުވުން ހުރި މައްސަލައެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަމަކު ވެސް އެ މައްސަލަ ނުބަލަން ފުލުހުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި، ފުލުހުން އެ މައްސަލައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒްހާން އެންމެ ފަހުން ފެނުނު ސަރަހައްދާ ކައިރި ހިސާބުތައް ވެސް ދެހަފުތާ ދުވަސް ވީއިރު ފުލުހުން ނުބަލައި އޮތުމުން ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ.

އެފާޑުކިޔުންތަކަށް ރައްދު ދެމުން ފުލުހުން ވިދާޅުވީ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، މިފަދަ މައްސލަތަކުގައި އަމަލުކުރާ އުސޫލުގެ މަތިން، މާލެއާއި ހުޅުމާލޭގައި ގާއިމު ކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކާއި އިންޓެލިޖެންސަން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހްގީގުގައި އަޒްހާން އާއި އެންމެ ފަހުން ބައްދަލުވިކަމަށް ފާހަގަ ކުރެވުނު މީހުންނާއި އެމީހުން ފޯރުކޮށްދިން މައުލޫމާތު، ފުލުހުންގެ ސީސީޓީވީ ފުޓޭޖްތަކާއި އަމިއްލަ ފަރާތްތަކުގެ ސީސީޓީވީ ފުޓޭޖްތަކުގެ އެހީއާ އަދިވެސް އެހެނިހެން ގޮތްގޮތުން ކަށަވަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި މައްސަލައިގައި އަޒްހާން މަރާލާފައިވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަސީމާ ކޯސްޓް

    ދެން ބުނޭ ކުރީ ސަރުކާރު ދެފިރިހެނުންނާއި އެއް އަންހެނުން ބަދުއަހްލާޤީ އަމަލު ހިންގީމާޔޭ ތިމަންނަ އެކަން މިކުރަނީ

    37
    1
  2. ޢަލިފް

    ކީކޭތޯ!!!؟؟؟ކޮބާ ލީކް ވި ވީޑިއޯ...ހެހެހޭ...ކަލޭ ކުރިއަރު ވަނީ ގްރޫޕް ވީޑިއޯ ތަކެއްނުން...

    36
    1
  3. ނާޒިމް ސައްތާރު

    އަނދުނާ ކަލޭ ރޯއޮރިޔާމުން އެއްފަރާތައް އަންހެނެއް އަނެއްފަރާތައް ފިރިހެނެއް ލައިގެން އޮތީ ކާކު ލާރިދީގެން. މީނާގެމައްޗައް ގާނޫނެއް ގަވައިދެއްވެސް ނުހިނގާތަ.

    21
  4. ބުއްޅަބޭ

    އަނދުންހުސެންނަށް ވެެސް އެފައިސާލިބޭނެ އެހެންވިއްޔާ!

    19
  5. ކިޔުންތެރިޔާ

    ކުރީ ދުވަހު އަންހެނަކާއި އެހެން ފިރިހެނަކާއެކު އަނދުން ހުސައިން ބަރަހަނާވި. ނޫންތޯ ؟

    18
  6. އައްލާގެ އަފީފް

    ގުރޫޕް ގުޅުން ހިންގަން ނޫންތަ ފައިސާ ދިނީ ކަސްބީ އަދުން ދަޅު؟

    19
  7. ވިކިލީކްސް

    އަނދުން ހުސައިން ތިކަހަލަ ވާހަކަ ދައްކާތީ ހިިނިއާދޭ. ބަލަ އަނދުން ހުސައިނަކީވެސް އެންމެ ގިނައިން ގޭންގުތަކަށް ފައިސާ ބަހާ މީހުންގެ ތެރޭގައި ހިމެނޭ މީހެކޭ. އެންމެ ފުރަތަމަ ބަލަމާ ހިނގާބަލަ މަޖިލިސް އިިންތިޚާބަށް މިފަހަރު ކުރިމަތިލިއިރު އަނދުން ހުސައިިން ކުރި ކަންތައްތަކަށް. ވޯޓު ހޯދަން ވެގެން މާފުށީ ޖަލުން ގުޅި ހެންވޭރުގެ ހުރިހާ ކުދިންނަށް ހާހުން ދެހާހުން އަނދުން ހުސައިން ވަނީ ފައިސާ ދީފައި. ފައިސާ ބަލާ ރައިޑަރުން ދިޔައީ އަނދުންގޭގަ ހުރި އޮފީހަކަށް. އެތަނުގަ ކައުންޓަރުގަ އިންނަ އަންހެން ކުއްޖަކު ފައިސާދެނީ ހުސައިން ބުނެގެންނޭ ބުނީމަ. އަދި އެކުއްޖާ ހުސައިންއަށް ގުޅާފަ މިވެނި މީހެއްގެ ފަރާތުން މީހަކު އައިސްފިއޭ ބުނީމާ އަނދުންހުސައިން ބުނެފަ ވަނީ އާނއެކޭ 2000 ނޫނީ 1500 ދޭށޭ. މިގޮތަށް މާފުށީ ޖަލުގަ ތިބި އެތައް ކުދިންނަކަށް ހުސޭނު ފައިސާ ދިން. މީގެއިތުރަށް މެމްބަރުކަން ހޮވިގެން ހެންވޭރު ޕާކު ކައިރީގަ އުޅޭ ގޭންގަށް ލައްކައިން ހުސެއިން ފައިސާ ދިން. އަދި ކޮޓަރިގޭ މީހަކު އުމުރަށް ޖަލަށްލާފަހުއްޓާ އޭނަ ނެރެދިން އަދި ލައިފަށް 3 ހުކުމް ކޮށްފަހުރި 2 މީހަކު އަނދުންހުސޭނު ވަނީ ނުފޫޒުން މިނިވަންކޮށްފަ. މިމީހުންނަކީ މާރާމާރީ މައްސަލަތަކުގެ މީހުން. މީހެއްގެ މަރުގެ މައްސަލާގައި (މަަރަށް ހުކުމް ނުކުރޭ ނަމަވެސް ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމަށް ސާބިތުވީ) ހުރި ީހަކުވެސް ހުސައިން ވަނީ ނުފޫޒުން މިނިވަންކޮށްދީފަ. ހެންވޭރު ބޮސްނިއާ ގުރޫޕްގެ ޑީލަރުންނާ މާރާމާރީ ހިންގާ ކުދިންތައް ޖަލުން ނެރެދިނީ އަނދުން ހުސައިން. ބޮސްނިއާއޭ ކިޔާ ގުރޫޕަށް ނިސްބަތްވާ ހުރިހާ އެންމެން ހުސައިން ވަނީ މިނިވަންކޮށްދީފަ. އެއީ ހުސައިންގެ ދާއިރާގެ ކުދިންނަށް ވީތީ. އަދި މިހާރުވެސް ހުސައިން ގެންދަނީޯ އެމީހުނަށް ފައިސާދެމުން ކަމަށް ތުހުމަތު ނުކުރެވެންވީ ސަބަބެއް ނެތް. ވީމާ ހުސައިން ތިޔަކަހަލަ ވާހަކަ ދައްކާނީ ތަންދޮރު ނޭނގޭ މީހުންގެ ކައިރީގައި.

  8. ޕެޑްމޭން

    ކޮބާ ޕެޑުމޭން ރަނގަޅައް ފަޅާއަރައިފިއެއްނު ކަލެއައްވުރެން
    ގިނައިން ގޭންގުތަކައް ޚަރަދުކުރާ ދެވަނަ އަނދުނެއް ނުހުންނާނެކަން މިލިސްޓްކިޔާލީމަވެސް އެނގޭ ތިޔައީ ގޭންގެއްގެ ލީޑަރުކަން މިހާރު އެންމެންނައްވެސް އެނގޭ ފިރިހެން އަންހެން ގްރޫޕް މޭންއެއްތީ

  9. ދިވެހި ޒުވާނުން

    ހުސައިން އަކީ ބޮސްނިޔާ ގޭންގުގައި ފައުންޑަރ އަދި ބޮޑު ގޭންގުގެ އައްޕަ

  10. ކޮބަޑި

    މުޑުދާރު ކަޅުއަނދުން އަށްޕަ ފައިސާބެހީ ޕާރޓޭންނަށް މިހާރު މުއްސަންޖެއް.

  11. ފަރުޝާ

    ކުރީ ސަރުކާރޭ ކިޔުން މިފަސް އަހަރު ނިމޭއިރުވެސް ނުހުއްޓާނެހެން ވަރަށް ހީވޭ. ޢެސަރުކާރު ކަމުނުދާތީ ރައްޔިތުންތަކެއް ވޯޓް ދީގެން މިސަރުކާރު ގެނައީ ކުރީ ސަރުކާރަށް ވުރެ ރަގަޅަށް މޮޅަށް ކަންކަން ކުރެވޭތޯބެލުމަށް.
    ކޮމެންޓް ތައް ކިޔާލުމުން ވަރަށް ގިނަ މައުލޫމާތު ތަކެއް ލިބިއްޖެ.