ރާއްޖޭގައި ކެސީނޯ ހިންގުމާއި ގުޅޭ ގޮތުން ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ދެއްކެވި ވާހަކަފުޅަށް އަދާލަތު ޕާޓީގެ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވެސް ފާޑުވިދާޅުވެއްޖެއެވެ.

މަހްލޫފްގެ ނަން ސީދާ ފާހަގަ ނުކޮށް ނަމަވެސް މަހްލޫފަށް ނިސްބަތްވާ ގޮތައް އިޔާޒް ކުރި ޓްވީޓެއްގައި ވިދާޅުވީ ވަޒީރުންނާއި އެނޫންވެސް އެފެންވަރުގެ ބޭފުޅުން މަޤާމާއި ޙަވާލުވެ ވަޑައިގަތުމުގެ ކުރިން ކުރައްވާ ހުވާގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތަން އޮންނަ ކަމަށެވެ.

އެހެންކަމަށް ވީއިރު ކެސިނޯ ފަދަ ޙަރާމްކަމެއް ތަޢާރަފްކުރަން ގޮވާލައްވައިފި ބޭފުޅަކު ހުވަޔާއި ޚިލާފުވިކަމުގެ ކައްފާރާ ދައްކަންޖެހޭނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.

"ހުވަޔާއި ޚިލާފުވުމުގެ ކައްފާރާއަކީ ދިހަ މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރުން. މިއިން ކަމަކަށް ނުކުޅެދިއްޖެނަމަ ތިން ދުވަހު ރޯދަ ހިފުން." އިޔާޒް ވިދާޅުވިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަހްލޫފް ވިދާޅުވީ، ދީނީ ގޮތުން ހިލާފު އުފެދިފައިވާ ކަންކަމުގައި ވާހަކަދައްކައިގެން ގޮތްތަކެއް ހޯދަން ރާއްޖޭގައި ދަސްކުރަން ޖެހޭ ކަމަށާއި، އެއްކޮށް ގުޅިގެން އުޅެވޭނެ ގޮތަކަށާއި، އެހެން ގައުމުތަކުގައި އުޅޭހެން އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ.

"އިއްޒަތްތެރި މެމްބަރުގެ ވާހަކައިގައި ފާހަގަކުރިގޮތަށް ބަރާބަރަށް ރާ ވިއްކައި، އެހެން ހުރިހާ ސަކަރާތްތަކެއް ވެސް އެތަންތާ ޖަހައި، ކެސިނޯގެ ވާހަކަ ފަށާފައި ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ ވިއްކާއިރު ހަރާމެއް ނޫނޭ، ކެސިނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް ބުނޭ ހަރާމޭ ނުކުރެވޭނޭ،" މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ވާހަކަތަކަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެފާޑުކިޔުންތަކަށް ރައްދުދީ މަހްލޫފް ފަހުން ވިދާޅުވީ ކެސީނޯ ހިންގުމުގެ ހުއްދަ ދޭން އޭނާ ގޮވާނުލާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޅިޔަނުބެ

    މަހުލޫފު މަގާމުން އިސްތިއުފާދީ

    75
    4
  2. މަލޫ

    މަހުލޫފް އެކަންޏެއްނޫން ކަލޭވެސް ރޯދަހިފަންޖެހޭއެބަ އެތައްދުވަހަކު

    55
    11
  3. ލަކީ

    ހެހެ އިޔާޒު ދެން ކިހިނެއް ހަދާނީ ކޮބާތޯ ދީނަކީ ވިދާޅުވެ ދެއްވާ

    35
    8
  4. ވާނުވާ

    މަހުލޫފަކީ ދުވަހަކުވެސް ރޯދަހިފި މީހެއްތަ؟ އަދި އަމްދުން އެމްޑީޕީ ލާދީނީ ބައިގަނޑާ ގުޅުނުފަހުން އިސްކަން ދެނީ ޔޯގާއޭކިޔައިގެން ހިންދޫންގެ އަޅުކަން ކުރަން..

    58
    6
    • ޜަނާ

      ޢޭގެކުރިންވެސް އޭނާޔަކީ ހިންދޫން ކުރާ ކަންތައް ތަކަށް ވަރަށްލޯބި ކުރާމީހެއް. އެފަދަ ހާލެއްގައި ހުރި މީހަކު ލާދީނީ ބައިގަނޑަކާ ގުޅު ނީމަ އަރާނެވަރު ވިސްނާލާ

      18
  5. Anonymous

    ދެން އަދިވެސް ކިޔަގާ ނަމާއި އެއްގޮތަށޭ

    31
    1
  6. ލިޔަ

    ޔޯގާމަހުލޫފަކީ ޖާބިރަކީ ޒަކީ އަކީ މިއީ ބޯމީހުން

    14
  7. ބަލާ

    ޕުސް ޕުސް މިއޮތީވާ ބަޔަކު ވެރިކަމަށް ގެނެވިފަ...މި ގައުމު ލަސްވޭގަސް އަށް ނުހެދިގެ މޮޔަވަނީ..ފޯރިއެއް އެބަހުރިތާ ﷲ ނަހީކުރެއްވި ހުރިހާކަމެއް ފަތުރަން.

    19
  8. ޑައެލޯގް

    ރާވިއްކުމަކީ ހިގަމުންއައި ހަރާންކަމެކެވެ. ދެންއެކަންމަނާކުރުމުގެ ބަދަލުގައި މިސަރުކާރުގެ ވެރިންއުޅެނީ އިތުރު ހަރާންކަމެއްކުރުމަށް ހުއްދަދޭށެވެ. މިއީ އެމްޑީޕީގެ %70 މީހުންގެ ވިސްނުމެވެ. އެހެންތާވާނީ އިމްރާނާއި އިޔާޒާއި އިލަިޔާސްމެން ތިބުނަނީ އިބޫ ވެރިކަންކުރަނީ ރަސޫލާއާއެއްގޮތަށެވެ. އަދި އިބޫއަކީ ރަސޫލާ ދުވާދެއްވި ވެރިއެއްކަމެވެ. އެހެންވެ %70 މީހުންވެސް ވާވަދެފައެވެނީއެވެ.

    13
  9. ޖާބެ

    ފިރުއައުނުބުނެގެން ހާމާން ކަންކުރީމަ އިޔާޒުކޮންވާހަލަޔެއް މިދައްކަނީ އެމީހަކުއެކުރީ ބުނިއެއްޗެއް އެބުނަނީ ފިރުއައުނުބުނެގެން ޢެހެންވީމަ ތިޔަރޯދަ އިޔާޒު ހިފަންވީ އެވެސް މަސްވަރާކޮށްގެން

    10
    2
  10. ދެފުއްކެހެރި

    މަހުލޫފު އެ ބުނާ ވާހަކަޔަކީ ނޫނީ އެ ޕޮއިންޓް އައުޓް ކުރަނީ ދެފުއްކެހެރި ކަމާއި މުނާފިގުކަން

    8
    1
  11. ދިވެހި ޒުވާނުން

    ކައްފާރަ ދޭންޖެހޭނެ

    މިހާރުވެސް ކޮންމެ ގެއަކުން މަދުވެގެން އެކަކު ކޮންމެ ދުވަހަކު އެތައް އިރެން ވަންދެން ކެސިނޯ އެބަކުޅޭ އަތު އޮންނަ ފޯނުން އެއްކަމެއްވެސް ހަމަނޭގޭ

    9
    1
  12. ޖަޒުބާތް

    މަހުލޫފަކީ އޭރަކު އޭނާ އެ އުޅޭ ބޯޓަކަށް މަސްކިރުމުގަ އަވަދި ނެތި އުޅޭ މީހެއް! އޭނާއަށް ކޮން ރޯދައެއްތޯ ހިފޭނީ!! ތިބޭފުޅާއަށް އެވަރު އެނގިިވަޑައި ނުގެންނެވީ ކީއްވެތޯ؟

    12
  13. ޖާނޭ

    މިމަހޭ އާއި އަންނި އަކީ ކޮން ކަހަލަ ވިސްނުމެއް ގެންގުޅޭ ބައެއްހޭ؟ ބައެއް ޤައުމުތަކުގައި ބައްޕައާއި އަންހެން ދަރިފުޅު ވަޠީއުވެ ދަރިންވެސް ލިބިފައި އެބަހުރި. ޖަނަވާރުންނާ އިންސާނުނުން ކައިވެނިވެސް ކޮށް އުޅޭ. އެކަން ނުކުރާށެ ނުވަތަ ކުރާށޭ ބުނާ (ތިޔަވިދާޅުވާ) ޤާނޫނު އަސާސީ އަކު ނެތެވެ. އެކަމަކު އިސްލާމްދީނާއި ޤުރުއާނުގައި ސަރީޙަ ޢިބާރާތުން އަންގާފައި އޮތް ކަމެއް، އެހެން ޤައުމު ތަކުގައި ކުރާތީއޭ ކިޔައިގެން މިޤައުމުގައި ހަމަ ނުކުރެވޭނެ ކަން އެގެން ޖެހޭނެއެވެ. ވީމާ، މަޚުލޫފު މިހާރުން މިހާރަށް ފުރައިގެން ގޮސް ވަޒަން ވެރިވޭ އެފަދަ ކަންކަން ކުރާ ޤައުމެއްގައި. އޭރުން އެނިމުނީއެވެ.

  14. ހަލީމް

    ލިވާތު މީހުންނަށް ޙައްޤު އަދަބެއް ނުލިބުނެވެ. މީހުން މަރާ މީހުންނަށް ކަމެއް ނުވެއެވެ. މިސްކިތްތަކަށް ބޮޑުކަމާ ކުޑަކަމުދިޔަސް ވަރަށް އާދައިގެ ގޮތެއްގައި ދެކެވެއެވެ. ކެސީނޯ ހަދާ ވާހަކަތައް އެއްޗެކަށް ނުވެއެވެ. އެކަމަކުވެސް މާތްރަސޫލާ ޞޢޥ ދުޢާދެއްވިފަދަ ވެރިއެއްކަމަށް ބުނާ ޝައިޚަކު ދައްކާ ވާހަކަ އަޑުއަހަން ވަރަށް އުނދަގުލެވެ. އެކިދުވަހު އެކިގޮަތަށެވެ. ތިމާގެ ޕާޓީ ނުވަތަ ތިމާ ތާޢީދުކުރާ ޕާޓީގެ މީހުން ބުނެފިއްޔާ އެދެން އޯކޭ އެވެ. މިއީ މިއަދުގެ ޙާލަތެވެ.

  15. ދިވެހި ޒުވާނުން

    އެންމެން ހޭލާ ތިބޭ ށެވެ. ޝޭޚުން އަދި މި ދުނިޔެ ދަސްކުރަންޖެހޭ ތިމާގެ ބާރުން ނެއްޓިގެންވާ ކަންކަން ދުނިޔެއަށް ތަޢާރަފްވެއްޖެ. ޖުވާއާއި ކެސިނޯގެ ކުޅިވަރުތައް ފޯނުން ކުޅެ އަތައްމިލިއަނަކުން ގޭގެއަށް ޒުވާން ކުދިން އެވައްދަނީ މެކްހަށް ޖަހާފައި އިއްޔެ އަޑު އިވުނު ރޭ ގޭމް ނިންމާލީ 1 މިލިއަނުންކަމަށް އެބުނީ 16 ނުފުރޭ ނޫކަށި ޅަ ޒުވާނެއް އަދި ސްކޫލުގައި ކިޔަވަނީ، އާއިލާ މީހުން ހެވި ދިއްލިފަ އެކަމަކު ޖުވާކުޅުމަކީ ހަރާމް ކަމެއް

  16. ރޯދަ

    ކަލޭ ނުހިފަންތަ؟ ކަލޭ އާއި ދީން ވިއްކާ ސޭކުން ފުރަތަމަ ހިފަންވީ ނުން

  17. ވިކިލީކްސް

    މަހުލޫފާ ނަޝީދާ ޖާބިރު ފަދަ ނަމުން މުސްލިމު، އެކަމަކު ވައްތަރީ ކާފަރަކާ. މަގާމުގެ ދަހިވެތިކަމުގަ މުސްލިމުން ކަަށް ދެއްކިގެން އުޅެނީބާ؟

  18. އިބްރާހިމް މަނިކު

    އިޔާޒޫ! އިބޫއާ އިމްރާނު ވެސް އެހެރީ ވެސް ހުވަޔާ ޚިލާފްވެގެން.. ކީއްވެ އެމީހުންގެ ވާހަކަ ތިޔަ ނުދެއްކީ..