އޭނާއަކީ ރާއްޖޭގައި ކެސީނޯ އަޅަން ތާއީދު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އެކަމަށް ވަކާލާތު ވެސް ކުރައްވާފައި ނުވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތަކުރާރުކޮށް ދައްކަވާ ވާހަކައަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު މަހްލޫފް، ހިތްވަރު ލިބޭ ފަދަ ގޮތަކަށް އިއްޔެ މަޖިލިހުގައި ވަނީ ވާހަކަ ދައްކަވައިފައެވެ.

އެ ވާހަކަތަކާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ނަޝީދަށާއި މަހްލޫފަށް އަމާޒުވެފައިވެއެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަކީ ކެސީނޯ އަޅަން ތާއީދު ކުރައްވާ އަދި އެކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެކަމަށް ވަކާލާތު ކުރައްވާފައި ވެސް ނުވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އަޅުގަނޑުގެ މަސައްކަތާ އެކަމާ ގުޅުމެއްވެސް ނެތް. އިއްޔެގެ ވާހަކައިން އޮޅުންއަރާފައިވާތީ މައާފަށް އެދި އެކަން ޔަގީންކޮށްދެން." އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން މަހްލޫފް ވިދާޅުވިއެވެ.

މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ކެސިނޯ ލައިސަންސް ދިނުމަކީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމަށް ފާހަގަވާ ކަމަށެވެ.

"ނަމަވެސް ސާފު ގަވައިދުތަކެއް ރިޒޯޓްތަކަށް މި މަސައްކަތް ނުކުރެވި، އެ ހިދުމަތް ނުދެވި ވާކަމަށް ތަކުރާރުކޮށް އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާ،" ނަޝީދު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ކެސިނޯގެ ވާހަކަ ރާއްޖޭގައި ދެއްކެން ނޯންނަ ކަމަށާއި އެ ވާހަަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. މިއިން ކަމަކާ މަޝްވަރާކޮށްލަން ވެސް ޖާގަ ނުލިބޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ. މަހްލޫފް ވިދާޅުވީ އެހެން ހުރިހާ ކަމަކާ މަޝްވަރާކޮށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.

"އެ ނަން (ކެސީނޯ) ކިޔަސް ގޯސްވާ ހިސާބުގައި (އޮތީ). އެހެންވީމާ އެ އުޅެން ޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގައި. މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އޮންނަ ކަމަކަށް ނުވޭ. އެކަމަކު މެމްބަރުގެ ވާހަކައިގައި ކުރީ ދުވަހު ވެސް ވިދާޅުވިހެން، ބަރާބަރަށް ރާ ވިއްކާ. އެހެން ހުރިހާ ސަކަރާތެއް ވެސް އެތަންތަނުގައި ޖަހާ،" ވަކި ތަނެއްގެ ނަން ފާހަގަ ނުކުރައްވާ މަހުލޫފު ވިދާޅުވިއެވެ.

"އެކަހަލަ ހުރިހާ ކަމެއް. ހަމަ ޔޯގާއާ ތި ހުރިހާ އެއްޗެއްގައި. އަޅުގަނޑު ގަބޫލުކުރަނީ ހަމަ ހަގީގަތުގައި ވެސް އަަޅުގަނޑުމެންގެ މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންތައްތައް. އެ ވާހަކަ ދެއްކެން އެބަ ޖެހޭ އަޅުގަނޑުމެންގެ ސޮސައިޓީގައި،"

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޖާނޭ

    މަޚުލޫފު އަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް މިހާރު ނޭގޭ ވަރަށް ބާރު ލިބި، މޮޔަވީއެވެ. މިހާރު ތިޔަކަންކަން ދިފާޢޫ ކުރަން ތިޔަ ފެށީ މިސޮރުގެ މައިން ބަފައިން ހަޅޭއްލަވަން ފެށީމައެވެ.

  2. Anonymous

    ހާދަ އަވަހަކަށް ހަދާން ނެތުނީ؟

    46
  3. އަލިމުތް

    ދިވެހި ބަހުން ދެއްކި ވާހަކައެއް. އެންމެނަށް އަޑުއިވުނު. ތާއިދު ނުކުރަންޏާ ކޮން މަޝްވަރާކުރާ ކުރާ ވާހަކައެއް. ސާފުކޮށް އެތާވެސް ބުނެވޭނެ، ތިމަންނާ ތާއިދު ކުރާ ކަމެއް ނޫނޭ. ކޮންމެހެން ހޫނުފެނަށް ވެއްޓުނީމަ އެއް ނޫން ހަނދާން ވާންވީ މީ އިސްލާމީ ގައުމެއް ކަން. ކޮށްގެން ހުރި ހުވާ ކޮބާ؟

    10
  4. ޒެޑް

    އެހާއަވަހަށް ދަށްކާ ވާހަކަ ބަދަލު ތިކުރަނީ..ބަލަ އަހަރެމެން ހަނދާން ނެތޭހާ ދުވަހެއް ނުވެޔޭ..އެހެރީ ދެއްކި ވާހަކަތައް ނޫސްތަކުގަ ފެންނަން..ދެން ކިހާވަރެއް ކުރެވުނީމަބާ ވަކާލާތު ކުރެވުނު ކަމަށް ވާނީ..ތީހަމަ އެއް ފޮތުން ކިޔަވާފަ ތިބި މީހުން..މަޤާމެއް ލިބުނީމަ ތިމާގެ އަސްލު ހައިސިއްޔަތުވެސް ތިތިބެނީ އޮޅިފަ.

  5. އަލީ

    ކުރާނެކަމެއް ނެތެވެ. މިރާއްޖޭގެ ކަންކަން ގޯހުންގޯހަށް ދަނީއެވެ. ބައެއް މީހުން ޤަބޫލުކުރާގޮތުގައި ލޯކަލް ޓޫރިޒަމް ޖީބުތައް ފުރާލައެވެ. މުޅި ރާއްޖެ ތަނަވަސްވެ އަރާމުގައި އުޅެވެއެވެ. ނަމަވެސް އެދުނިޔޭން އުފާވެރި މަންޒިލަކަށް ނުދެވެންޏާ މިދުނިޔޭން ކީއްކުރާ ަުފާވެރި މަންޒިލެއްހެއްެޔެވެ؟ މިއަދުވެސް މިސިކުންތުގައިވެސް ލޯމަރާލަން ޖެހިދާނެކަމަށް ބަލަންޖެހެއެވެ. އެހެންކަމުން އަހަރެމެންނަށް އޮތް ހަމައެކަނި ގޮތަކީ ދީނުގެ ވާވަށުގައި ހިފަހައްޓައި ނުބައިކަންކަމަށް ފުރުޞަތު ހުޅުވޭފަދަ ކަންކަން ނުކޮށް ތަޢާރަފުނުކޮށް ތިބުމެވެ. ފަޅަރަށްރަށުގައި ރިސޯޓުތައް ހެދުމާ މީހުން އުޅޭ ރަށްރަށުގައި ގެސްޓްހައުސްތައް އަޅައި މީހުން ދިރިއުޅޭ ގޭގޭގައި ގެސްޓުން ގެންގުޅުމާ ވަރަށް ތަފާތުވާނެއެވެ. މިކަން ޤަބޫލު ނުކުރާ މީހުންނަށް މިކަންކަން މީގެ އަހަރުތަެއްގެ ފަހުން ފެންނާނެއެވެ. މިހެން ނުވިއްޔާ ކިތަންމެހާވެސް ރަގަޅެވެ.

    8
    2
  6. ދގހ

    ދީނުގަ ހަރާމް ކުރައްވާފަވާ ކަމަކަށް ދެން އިތުރު ގޮތެއް ހޯދުމަށް މަޝްވަރާއެއް ނުކުރެވޭނެ..އަދި އެކަން ބަދަލެއްވެސް ނުކުރެވޭނެ..އިންސާނާއަށްވަނީ ވަކި އިންތަކެއް ކަނޑައަޅުއްވާފަ..ދުނިޔޭގަ އުޅޭނީ އެކަން ރަނގަޅަށް ދަނެގެން..

    50
  7. ބޯގަޅި

    އާނ ކަލޭނޫނީ ނޫޅޭ ދިވެހިން ދައްކާ ވާހަކަ ފަހުމް ވާމީހެއް މިޤައުމަކު. ކަލެޔާ އަންނިޔާ މިހާރަކުނެތް އެއްވެސް ތަފާތެއް. މުސްކުޅިން ބުނަނީ ހަމަ ތެދެއް. ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ.

    11
  8. މަވޯޓާ

    ކެސިނޯއަޅަން މަސައްކައްފެށީ 2006ގަ ޖަބީރް ހުވަދުއަތަޅު ތަރައްގީކުރި ރަށެއްގަ އެހުއްދަނުދިނުމުން ބަދަލުކުރީ އޭރުއްސުރެ ކެނޑިނޭޅިމަސއްކައްކުރަނީ އެކަންކުރަން މިކަމުގަ އޭރުވެސްތިބި ބައިވެރިން މިހަރުވެސްތިބީ ސަންސެޓްބަލަންދާ

  9. ލުޠުފީ

    24ގަޑިއިރު ފަހުން ހޭވެރިކަންވެއްޖެ. ހަމަހޭގައި ހުރެގެން ތަންތަނަށްގޮސް ވާހަކަދައްކަބަލަ. އެއިރުން ތިހެން އަބަދު ކަންކަން ބޮލުގައިއެޅިގެން ނެއްޓެން ދޮގުހަދާކަށް ނުޖެހޭނެ.

  10. އހ

    ހޫނު ފެނައް ވެއްޓުނީމަ އަވަހައް ސަލާމަތްވީ ގިޔާމަތް ދުވަހަކުން ތިހިން ސަލާމަތެއް ނުވެވޭނެ

    42
  11. އޭދަފުށީ މުހައްމަދު

    މީނާއަކީ ދޮގު ހެދުމާއި އޮޅުވާލުމުގައި ރާއްޖޭގެ ރެކޯޑެއް. ވެރިން ރުއްސަނީ ވަޒީފާގެ ދަހިވެތި ކަމުގައި. އެހެންވެ ހުރިހާ އެއްޗަކަށްވުރެ ވެރިކަން ދިފާއު ކުރުން މީނާއަށް މުހިއްމު ވާނެ. މައުމޫން ސަރުކާރުގައިވެސް ، ޔާމީން ސަރުކާރުގައިވެސް މަޖިލީހުގެ މެންބަރެއްގެ ގޮތުގައިވެސް އުޅުނީ އެހެން. އެއްގޮތަކަށްވެސް ގައުމާ ދީނުގެ ދިފާއުގައި އުޅުނު މީހެއް ނޫން.

  12. ހނހ

    ކުރިން ބުނި އެތި ކެންސަލަވީދޯ ކިތަންމެ ވަރަކަށްވެސް މިދުނިޔޭގަ ކެންސަލް ކުރެވިދާނެ

    40
  13. ހަސަން

    މިދުނިޔޭގަ ކެންސަލް ބަޓަންއެއް އިނަސް ދެންއަންނަ ދުނިޔޭގަ ކެންސަލް ބަޓަންއެއް ނީންނާނެ

    38
  14. Anonymous

    އިސްލާމް ދީނާއި ޚިލާފް ޢަމަލެއް ކުރާއިރު މީހަކަށް ގެއްލުމެއް ވޭތޯ ނުވޭތޯ ބަލާކަށް ނުޖެހޭ.ގެއްލުން އޮތީމާ ދީނުގައި ކަމެއް މަނާވާނީ
    ދީނުގައި އޮތް ޙައްދު ޤާއިމު ކުރަން ނުކެރިގެންއުޅޭ ބައިގަނޑެއް. ލދނ ކީމާ ކިޔާބަޔަކު ގޮސް މިވަނީ. ތިޔަ ބޮޑު ވަޒީރަކު ކީއްތަވާނީ މީސްތަކުންގެ އާޚިރަތް ރަނގަޅު ކުރަން ކަންކަން ކުރަން ބުނިއްޔާ

  15. ސަންޑާނު

    މަހޭ އިސްތިއުފާދެންޖެހޭތާ އެތަށްދުވަހެއް.

    42
  16. ޒަބީބު

    މަހުލޫފު މަޖިލީހުގައި ވާހަކަ ދެއްކީ ކެސިނޯ ހުއްދަ ދިނުމަށް ވަކާލާތު ކުރ މޭރުމުން. އަދި އެކަމާއި ދެކޮޅުހަދާ ރައްޔިތުން ކުއްވެރިކުރާ މޭރުމަކުން.

    ހެވާނުބައި ނޭގިގެން އުޅެނީ މަހުލޫފަށް. 7 އުޑުމަތިން ބާވާލައްވައިފައިވާ އާޔަތްތަކުން ހެވާ ނުބައި ވަނީ ކަނޑައެޅިފަ. މަހުލޫފް ހެވާނުބައި އޮޅުންފިލުވަން އެއާޔަތްތައް ނޫން އެހެން އެއްޗެއް ހޮދަން އުޅުނަސް ދިވެހި ރައްޔިތުން ތިބީ އެއެއްޗެއް ބަލައިގަންނަ ގޮތަކަށް ނޫން. މަހްލޫފް އާއި ތިކަމަުގައި ބައިއަތު ހިފާނެމީހާ ރިޔާސަތުގައިނދެ މަހުލޫފް ވާހަކަ ދެއްކުމުގެ ކުރިން އެވަނީ މަހްލޫފްގެ ވާހަކައަށް ބާރުލިބޭނޭ ގޮތައް ސުރުޚީ އަޅައިދީފަ. ތިޔަ ދެއްކި ވާހަކަޔަކީ މަހަލޫފް އާއި އަންނި ބައިވެރިވެގެން ބައިއަތު ހިފައިގެން ރާވައިގެން ދެެއްކި ވާހަކައެއް.

    10
  17. އަހުމަދު

    ކަމެއް ކުރިކަމަކަށް ނުވާނެ. މިއީ ޔޯގާ މައްސަލައިގާ ޝޭހުން 15 އަހަރަށް ޖަލަށް ލާން ކުރާ މަސައްކަތުން ފޯކަސް ގެއްލުވާލަން ދެބޯގެރި ދުއްވުން

  18. ދިވެހި ޒުވާނުން

    އެންމެން ހޭލާ ތިބޭ ށެވެ. ޝޭޚުން އަދި މި ދުނިޔެ ދަސްކުރަންޖެހޭ ތިމާގެ ބާރުން ނެއްޓިގެންވާ ކަންކަން ދުނިޔެއަށް ތަޢާރަފްވެއްޖެ. ޖުވާއާއި ކެސިނޯގެ ކުޅިވަރުތައް ފޯނުން ކުޅެ އަތައްމިލިއަނަކުން ގޭގެއަށް ޒުވާން ކުދިން އެވައްދަނީ މެކްހަށް ޖަހާފައި އިއްޔެ އަޑު އިވުނު ރޭ ގޭމް ނިންމާލީ 1 މިލިއަނުންކަމަށް އެބުނީ 16 ނުފުރޭ ނޫކަށި ޅަ ޒުވާނެއް އަދި ސްކޫލުގައި ކިޔަވަނީ، އާއިލާ މީހުން ހެވިދިއްލިފަ އެކަމަކު ޖުވާކުޅުމަކީ ހަރާމް ކަމެއް

  19. ބަނޑު

    ކޮބާ ޑޮލަރު ކޮޅެއް ނެއްތާ،، ކޮންމެ ވެސް ކުޖަކު 33 ހާސް ޑޮލަރު މާރުކުރަކައް ނުވޭތަ

  20. ނާދިރާ

    ކެސިނޯ އަޅަން ހޭބަލިވެފަހުރިކަން ދެއްކި ވާހަކައިން ވ ސާފުކޮށް ދޭހަވޭ. ތިވާނީ ހަމަ ތިއަށް....

    12
  21. ޖާބިރު

    ކަލޭ ބުނީ މިސްކިތް އަޅާ ވާހަކަ. މަވެސް އަޑުއެހިން. އޯކޭއެއްނު

    10
  22. މަހޭ

    ކޮންމެ އެއްޗެއްކިއަސް އިސްތިއުފާއެއްނުދޭނަށް.

    3
    4
  23. ޖޫނީ

    ދީނުގައި މަނާކަމަކަށް ހިތްވަރު ލިބޭގޮތައް މީހަކު ވާހަކައެއް ދައްކައި ފިނަމަ އެކަމަށް ސަރުކާރުގެ މަތި ފަޑީގައި ތިބޭ ފާހަގަކުރެވޭ ބައެއް މީހުން ތާއީދުކުރުމަކީ މިހާރު ޢާންމުކޮށް އިވޭ އަޑެކެވެ. މިކަމުގައި ނަޝީދު އާއެކު އޭނާ ފަދަ ވިސްނުމުގެ މީހުން ވެސް ބައިވެރި ވާކަން ގިނަބަޔަކަށް ފާހަގަކުރެވި އެވާހަކަ ދައްކައެވެ.

  24. ަައިބޫ

    މިއަދު ހިތުހުރި އެއްޗެއް ކިޔާފަ ހިތުހުރިވަރަކަށް ކެންސަލް ކުރެވުނަސް މާދަމާއެބައޮތްކަން ރަނގަޅަށް ހަނދާން ބަހައްޓާތި

  25. ހުވަދު

    ލޮލް

  26. ޙަސަނުލް

    ދެން ކޮބާތަ ވަކާލާތު ކުރުމަކީ ތިޔައީ ސެކިއުލަރިސްޓެއް އަހުރެމެންގެ ޢަދުއްވެއް

    11
  27. ހުސެިން

    ތަނެއްދޮރެއްނޭގޭ ގަމާރުން މިނިސްޓަރުންނަށް ލައިގެން ގައުމުހިންގަން އުޅުނީމަ ދެންޖެހޭނީ ޔޫޓިއުބުބަލައިގެން ގައުމުހިންގަން، އެހެންވީމަ އެކަހަލުގެ ކޮސްވާހަކަތައް ދައްކަނީ އިއްޒަތްތެރިކޮހުން!

    11
  28. ހަގީގަތް

    ހަގީގަތްކީ ތިމާ ތާއީދު ނުކުރާމީހަކު އެއްޗެއް ބުނެފިނަމަ އެއިން ނަގަނީ ނެގެން އޮތް އެންމެ ގޯސް މާނަ. އަދި ތިމާ ތާއީދު ކުރާމީހަކު އެއްޗެއް ބުނެފިނަމަ އެއިން ނަގަނީ އެއިން ނެގެން އޮތް އެންމެ ރަގަޅުމާނައެއް.

  29. އަބޫބަކުރު

    ދޮގެއް ހެދެން އޮތްވާ ހަނދާންކޮށް ތެދެއް ނުބުނާތި. ރީނދޫ މީހުންގެ ކަށީގައި ހިފާފައި ހުންނަ ކަމެއް...

  30. ޟަރީ

    ވާގޮތަކީ މަޖްލިސްއަށް ވާނީމާ މީހާ ހީވަނީ ތިމައްނަމީ ދެން މާގަދަ މީހެއްހެން އެތަނުން ނިކުތީމަ އަސްލު ތިމާމީ ކާކުކަން ވިސްނެނީ

  31. ގިނި

    "އަޅުގަނޑު ގަބޫލުކުރަނީ ހަމަ ހަގީގަތުގައި ވެސް އަަޅުގަނޑުމެންގެ މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންތައްތައް. އެ ވާހަކަ ދެއްކެން އެބަ ޖެހޭ އަޅުގަނޑުމެންގެ ސޮސައިޓީގައި"
    މިއޮތީ ސާފުކޮށް އޭނަ ގަބޫލުކުރާ ގޮތް ބުނެފަ، އީމާންނުވާ މީހުންގެ ދޫ މަތިން ފާޅުވާނެ، މިކަންކަމަކީ ވާހަކަ ދައްކާ މަޝްވަރާކުރަން ޖާގަ ހުރި ކަންކަމެއް ނޫނޭ.