އއ. މާޅޮސް ކައިރިން ބަންޑުން ޖަހާލަފައި އޮތް ލޯންޗްއިން ދަތުރު ކުރި އެކަކު ގެއްލިގެން ބުދަ ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ ލޯންޗްއިން ދަތުރު ކުރި އެކަކު ބުދަ ދުވަހުގެ 13:00 ހާއިރުން ފެށިގެން ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެކަން އާއިލާ އިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެގެ 20:50 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

“އެމީހާ ރައްޓެއްސަކާ އެކުގައި ލޯންޗެއްގައި މާލެއިން ފުރި ކަމަށް ބެލެވޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވޭ”. ފުލުހުން ވިދާޅުވިއެވެ.

އެ ލޯންޗު ފުރީ މާލެ، ކުރީގެ ކުނިކޮއްޓާ ދިމާލުންނެވެ.

ފުލުހުން ވިދާޅުވީ، އެ ލޯންޗްއަކީ އިއްޔެ މެންދުރު 13:00 ހާއިރު މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރި ލޯންޗެއް ކަމަށެވެ. އަދި އެ ލޯންޗް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ލޯންޗުން ދަތުރުކުރީ ދިވެހި ދެ ފިރިހެނުންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި މާޅޮސް ކައިރިން މިއަދު ފެނުނުއިރު، އަދި އެތަނުން އެކަކު ފެރިދޫ ފުއްޓަރާ ދިމާލުން ފެނިފައިވާ ކަަމަށެވެ. އަދި އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ދެ ވަނަ މީހާ އަދި ނުފެންނައިރު، އޭނަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފަރު

    ލޯންޗް ގައި ގެއްލުނު މީހާގެ ނަމާ އެޑްރެސް އެގޭ ގޮތަށް އޮތްނަމަ ވ ރަގަޅު

    20
  2. Anonymous

    އިއްޔެތަ އޭނަ ގެއްލުނީ ނޫނީ ބުދަ ދުވަހު ތަ؟ އޮޅިއްޖެ މިހާރު.

  3. އަހުމަދުބޭ

    ނޫސްވެރިން އެބަޖެހޭ ޚަބަރު ލިޔާއިރު ކިޔާމީހުން ސައުޤުވެރިވާ ގޮތަށް ޚަބަރު ލިޔަން ދަސްކުރަން ، މި ޚަބަރުގައިވެސް އެންމެ މުހިއްމު އެއްކަމަކީ ގެއްލިގެން އުޅޭމީހާ ގެ ވަނަވަރު އާއްމު ކޮށްލުން ..... އެވަރު ތަފްސީލު ނުލިބެންޗާ ޚަބަރު ނުޖަހާނީ ، ލޯންޗްގެ ރަޖިސްޓްރީ ނަމްބަރާއި ވެރި ފަރާތް ޖަހާ ލިނަމަ މި ލިޔުން ފުރިހަމަ ވާނެ

    2
    2
  4. ޕޮގުބާ

    ތިވަރު ވީކަންވެސް ނަސީބް