އއ. ތޮއްޑޫގައި ސްނޯކްލިންގއަށް ގޮސްގެން އުޅުނު އަންހެނެއްގެ ގައިގައި ޑިންގީ އަކުން ޖެހި އަނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތޮއްޑޫ ކައިރިން ސްނޯކްލިންގއަށް ގޮސް އުޅުނު ފަތުރުވެރިއެެއްގެ ގައިގައި އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ޑިންގީއަކުން ޖެހިގެން އަނިޔާވެފައިވާ ކަމަށެވެ.

އަނިޔާވެފައި ވަނީ ރަޝިޔާ ފަތުރުވެރިއަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 17:15 ހާއިރު ކަމަށެވެ.

އަދި އަނިޔާވި އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފީނުމާއި ޑައިވް ކުރުމުގެ ތެރޭގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ވަރަށް ގިނައިން ހިނގައެވެ.