ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗްގައި ދެ ކުއްޖަކަށް ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލްގެ ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް "ވަގުތަށް" މިއަދު ވިދާޅުވީ، ޑެންގީ ބަލި ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނީ ދެ ކުއްޖަކަށް ކަމަށާއި، އެ ދެކުދިންނަށް ފަރުވާދެމުން އަންނަނީ ކުޑަކުދިންގެ ވޯޑުގައި އެޑްމިޓްކޮށްގެން ކަމަށެވެ. ޑރ. ފައިސަލް ވިދާޅުވީ އަދިވެސް އަތޮޅުތަކުގައި ބަލި ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރު ކަމަށެވެ.

ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު އޮގަސްޓް މަހުގައި 268 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. މިދިޔަ އަހަރާ އަޅާބަލާ އިރު، މި އަހަރު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޮކް ފަރީދު

    ފަޅޯފަތުގައި ފެންކައްކާފައި ތަރުމޯޒަކަށް އަޅާފަ ބަހައްޓައިގެން 3 އިރު އިރަކު ދެ ސައިސަމުސާ ދެއްވާ މިކަން ކުރައްވާނީ ހުން މައިތިރިކުރަން ދޭ ބޭހަކާ އެކު މިސާލް އަކަށް ޕެނަޑޯލް ، ކުޑަކުދިން ނަށް ދެއްވާނީ ޕެނަޑޯލް ސިރަޕް