ހދ. ނޭކުރެންދޫ ގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ މަސައްކަތް ކުރުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާއްސަކޮށް ގޭންގް ތަކާއި ޑްރަކް ނެޓްވޯކްތަކާއި މަސްތުވާތަކެތީގައި ޖެހިފައިނާ ގިނަ ޒުވާނުން މުޖްތަމައަށް އަބުރާ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"އެކަމަށް އޮތް އެންމެ ބޮޑު އެއް ހައްލެއް ކަމަށް އަޅުގަނޑަށް ގަބޫލްކުރެވެނީ މިއަދު ދުނިޔޭގައި ގައުމުތަކުގައި ކާމިޔާބު ކަމާއިއެކުގައި ތަންފީޒުކުރަމުން ގެންދާ އިންޑަސްޓްރިއަލް ޕްރިޒަނެއް ރާއްޖޭގައި ވެސް ގާއިމް ކުރެވުން. ނޭކުރަންދޫ ޕްރިޒަންއަކީ އިންޑަސްޓްރިއަލް ޕްރިޒަން އެއް. އޯޕަން ޕްރިޒަން ސިސްޓަމްގެ ތެރޭގައި ހިންގާނީ. އެކަމަށްޓަކައި މިހާރު ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި." އިމްރާން ވިދާޅުވި އެވެ.

އިދާރަކުރެއްވިޔާ ނޭކުރަންދޫ ޖަލުގެ މަސައްކަތާއި އެކު ކުރިއަށް ގޮސް އެ މަސައްކަތް ނިމުމުން ރާއްޖޭގެ ކުށުގެ ވެށްތަޓަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހދ. ނޭކުރަންދޫގައި އަޅަން ނިންމާފައިވާ ޖަލުގެ މަސައްކަތްތައް މިހާރު ދާ ގޮތުން މި ދައުރުގެ ތެރޭގައި ޖަލު އަޅާ ނުނިމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ނޭކުރަންދޫ ޖަލުގެ ޕްރޮޖެކްޓަށް މި އަހަރަށް ލިބިފައި ވަނީ 10 މިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރަށް ހަމަޖައްސައި ދީފައި ވަނީ ވެސް 10 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރުދިގުމާކަނާ

    2023 ރައްޔިތުން ގުބޯހައްދައިގެން ވޯތްހޯދަން ތީދެން ކިހާދެރަކަމެއް.ޖަލެއްގެ ނަމުގައި އަޖަލެއް ބޭނުމެއްނުން..ތިތާގެ ފުރަތަމަ ކޮންސެޕްޓަށް ތިކަން ނުކުރާން ބޮޑާހާކަނީ ކީއްވެ؟ އޭރު އެތަން ނިންމަން 250 މިލިޔަން ބޭނުންވޭ. ތިޔަބަޖެޓު ލިބޭވަރުން 25އަހަރުން ތިތަން ނިމޭނީ... 5ދައުރު ފުރިހަމަކޮށްލާ މައުމޫނުޒަމާނުގަ ކަންތައްކުރިގޮތަށް ފަޅުގަ ކަޑަޖަހާހެން ޖަލުއަލާނެކަމެއްނެތް.

  2. ހުސޭނުބޭ

    ތި ޖަލަށް އެންމެ ފުރަތަމަ ލާ މީހަކަށް އިމްރާން ވެއްޖިއްޔާ ކިތަންހައިވެސް ރަގަޅު