ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް މިހާރު ލިބިފައިވާ ކާމިޔާބީގެ އަސްލަކީ ދިވެހި ޒުވާނުން ރިސޯޓްތަކުގައި ކުރަމުން އައި ބުރަ މަސައްކަތް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް އެގޮތަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސް ނަގައިގެން ބޭއްވި ޙަރަކާތްތަކުގެ ނިމުން ފާހަގަކުރުމަށް ރޭ ރ. ދުވާފަރުގައި ބޭއްވި "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑްދިނުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ފަތުރުވެރިކަމުގެ މިއަދުގެ ކާމިޔާބީއާ ހަމައަށް އާދެވުނީ ވަރަށްގިނަ ބައެއްގެ ބުރަަމަސައްކަތުން ކަމަށެވެ. އޭގެ ތެރެއިން ވެސް ހާއްސަކޮށް ދިވެހި ޒުވާނުން އެމީހުންގެ ޢާއިލާއާ ދުރުގައި ތިބެ މި ދާއިރާގެ ކުރިއެރުމަށް ކުރި ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ އެ މަސައްކަތަކީ ފަތުުރުވެރިކަމުގައި މިއަދު މިދެކޭ ކާމިޔާބީ ހޯދައިދިނުމަށް ވީ ޤުުރުބާނީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

"މިދާއިރާގެ ކާމިޔާބީއަކީ ކަމާގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ. އަދި، ޚާއްޞަގޮތެއްގައި ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރިސޯޓްތަކުގައި އެ ދަތި އުނދަގުލުގެ ތެރޭގައި ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި." ފައިސަލް ވިދާޅުވިއެވެ.

ރ. ޓުއަރިޒަމް އެކްސްޕޯ 2022ގެ އަތްތެރި މަސައްކަތުގެ މައުރަޒުގެ ރަން ވަނަ ހާސިލުކުރި ފަރާތްތަކަށް މި ރޭގެ ޙަފްލާގައި އިނާމު ޙަވާލުކޮށްދެއްވީ ނައިބު ރައީސްއެވެ. އަދި މި ޙަފްލާގައި އަތޮޅު ރިސޯޓް އެވޯޑް ޙާސިލުކުރި ދެ ރިސޯޓުގެ އެވޯޑް ވެސް އެފަރާތްތަކާ ޙަވާލުކޮށްދެއްވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަސައްކަތުމީހާ

    ރިސޯޓް މަސައްކަތްކުރާމީހުން ތިބޭކަންއެގެނީ ވޯޓްގާތްވީމާާ، ރިސޯޓް މުއަައްޒަފުންނާށް މުސާރަ ދެވެނީ ކޮންމެ މަހެއްގެ 10ގެ ކުރިން ސަރުކާރުގެ ބިލުތަކާ، ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ ލާރި ކޮންމެ މަހެއްގެ 7ގެކުރިން ދައްކަންޖެހޭއިރު، ފުރަތަމަވެސް މިއަތުލަނީ ރިސޯޓް މުއަަައްޒަފުންގެ ލާރިކޮޅު. ޖޫރިމަނާއަށް ކިހާތާހިރު ވާހަކަދައްކާއިރު، އަބަދުވެސް މިކިޔެނީ ރިސޯޓް ރިސޯޓް މީހުންގެ ވާހަކަ. އެއްފަަހަރުވެސް ބަލާލިތާ ރިސޯޓް މުއައްޒަފުންގެ އާއިލާތައް އުޅޭ ނިކަމެތި ގޮތް،؟؟

  2. ފަތުރުވެރި

    ފަތުރުވެރިކަމުގައި ދިވެހިންނަކަށް ކާމިޔާބެއް ނެތް. ބޭރުގެ ކުންފުނިތަކާއި ހައެއްކަ މަހުޖަނަކަށް ކާމިޔާބެއް އޮތުމަކީ ދިވެހިންނަށް ކާމިޔާބު ލިބުމެއް ނޫން. ދިވެހިންގެ ދިވެހިރާއްޖެ ވިއްކައިގެން ލިބޭ ހުރިހާ ޑޮލަރެއް ދަނީ ބޭރުގެ ކުންފުނިތަކުގެ އެކައުންޓްތަކަށް. ދިވެހިންނަށް އުޅެންޖެހިފައި މިއޮތީ އެމީހުންގެ ނޯކިރީކަމުގައި. ދުވަހަކުވެސް މިއިން ރިޒޯޓެއްގެ ހިއްސާއެއް ގަތުމުގެ ފުރުޞަތެއް އެއްވެސް ދިވެއްސަކަށް ނެތް. ވޯރާވިޔަފާރިއެކޭ މިއެކޭ ތަފާތެއް ނެތް. ވޯރާ ވިޔަފާރިވެރިން ކުޅުނު ވައްތަރުގެ އާކުޅިވަރެއް މިހާރު ރާއްޖޭގައި މިއޮތީ ފެށިފައި. ދިވެހިންނަށް މިޖެހެނީ ޑޮލަރުގެ ފަހަތުން ސަލާންޖަހަން.

  3. ސީނުކަރަ

    ރިސޯޓް މުއައްޒަފުންގެ ގުދާރު ބިންދުވާލާގެން ތިޔަމަނިކުފާނު މެން އުފަލުގަ އުޅޭތާ 50 އަހަރުވީއިރުވެސް ހަމަ އެ ރިސޯޓް ބޯއިން އަދިވެސް ހަމަ ގުދައް ރީތިމޮޅު ވާހަކަޔަކުން އަދިވެސް ހުވަފެން ތޯ ދައްކަނީ ޓޫރިޒަމް ގެ 50 ޓޫރިޒަމް ސިނާއަތުގައި މަސަތްކައް ކުރާމީހުން ހޭބޯނާރާ ދަލުން ތާއްތެޅިފަ މުޅި ސަރުކާރު އޯތީ ޓޫރިޒަމް ގޯލްޑެން އައިސް ބަންދުގަ ދެން ކޮން ނާނާ ހުވަފެނެއްތަ ދައްކަން މިއުޅެނީ (ހަނދަކީ ކަލޭމެނެއް ކަމު އަދު ގައުމުގާވިޔަސް އަދުދެން މަށެއްނުބަލާނަމޭ)

  4. ޑައެލޯގް

    ކަލޭމެން ޓުވަރިޒަމޭ ކިޔައިގެން އެއްވެސް ވާހަކައެއްނުދައްކަބަލާށެވެ. އެމްޑީޕީއަކީ ޓުވަރިސްޓުން ރާއްޖެނައުމަށް ބޭރުދުނިޔޭގައި މަސައްކަތްކޮށް ޓުވަރިޒަމް ބޯއިކަޓްކުރަން އުޅުނުމީހުނެވެ.

  5. ސައްޕު

    ޒުވާނުން ހައްދާލީދޯ. ކޮބާތޯ ވީ ވައުދު. ރިސޯޓުބޯއީން ރޭގަނޑު ނިދަން އަނބިމީހާ ގާތަށް ރަށަށް ދެވޭނެކަމަށް ވީ ވައުދު ކޮބާތޯ؟ ތިހެން ހެއްދިޔަސް ރިސޯޓުބޯއީން ތިބީ ވިސްނައިގެން.