މި ޒަމާނުގައި ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުންގެ ތައުލީމީ ފެންވަރަކީ ދަށްވެގެން ޑިގްރީކަމަށް ކަނޑައެޅުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ތައުލީމީ ފެންވަރަކީ ދަށްވެގެން ޑިގްރީ ކަމުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި 100 އިންސައްތަ މުސްލިމް މި ރާއއްޖޭގައި ފަނޑިޔާރުންނަކީ އިސްލާމީ ޝަރީއާއިން ތައުލީމް ހާސިލްކޮށްފައިވާ ބަޔަކަށް ވުމަކީ މުހިހްމު ކަމެއް ކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންނަކީ ދަށްވެފެންވަރަކަށް މާސްޓަރސް ހާސިލްކޮށްފައިވާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ފަނޑިޔާރުންގެ ޤާނޫނު އިސްލާހުކޮށް ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށްވުރެ ކުޑަ ނޫން މިންވަރެއް ލިވިން އެލަވެންސްގެ ގޮތުގައި ހަމަޖެއްސުމަށާއި، ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ފުލެޓާއި ބިން ހޯދުމަށް ފަނޑިޔާރުންނަށް ފަސޭހައިން ކުރިމަތިލެވޭ ގޮތަށް ޤާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބަހުސްގައި އާދަމް ޝަރީފް ވަނީ ފަނޑިޔާރުންގެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ ތައުލީމީ ފެންވަރު ކަނޑައަޅަން ޖެހޭނެ ކަމަށާއި، ޑިޕްލޮމާ ފެންވަރުގެ މީހަކަށް ފަނޑިޔާރުކަން ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އާދަމް ޝަރީފް ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުކަމުގެ އަސާސީ ޝަރުޠުގެ ގޮތުގައި ފުރަތަމަ ޑިގުރީ ފެންވަރަށް ތައުލީމު ހާސިލުކުރުން އޮތުން ހިމެނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއަދު މިމިމަޖިލިސްގައި މިއުޅޭ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހީކުރާކަހަލަ ދިވެހި ރައްޔިތުންނަށް ކާންބޯން ލިބޭނީ ތިމަންމެން ދިނީމައޭ ވެސް