ފަނޑިޔާރުންނަށް ދޭ ލިވިން އެލަވަންސް ބޮޑުކޮށް، އެމީހުންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިއަދު މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމެވެ.

މި ބިލުގައި ވަނީ ފަނޑިޔާރުންނަށް ދޭ އެލަވަންސްތަކުގެ ތެރެއިން ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %35 އަށް ވުރެ މަދުނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށް ނިންމާފައެވެ.

އަދި، ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމެއް ހަމަޖައްސައި ގާނޫނުގައި ކަނޑައެޅުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ހަމައެހެންމެ، އަމިއްލައަށް ފަނޑިޔާރުކަމުން ރިޓަޔާ ކުރެވޭނެ އުމުރަކީ 65 އަހަރު ކަމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ދައުލަތުގެ ބާރުތަކުގެ ވެރިން؛ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދު އާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން - ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނުން ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ހުއްދަ ކަމެއް ކަމުގައި ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެއާއެކު ފަނޑިޔާރުންނަށް، ކުރުން ހުއްދަ ކަންކަން ވިޔަފާރި އުސޫލުން ކުރުމުގެ ފުރުސަތު ހުޅުވޭނެއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރެއިން، މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލަށް ވެސް އިސްލާހުތަކެއް ވަނީ މި ބިލުގައި ހިމަނާފައެވެ.

މިގޮތުން، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓް ކަމުގެ މަގާމުގައި، ނުވަތަ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނީ މަސައްކަތްކުރުން، ނުވަތަ ކަނޑައެޅިފައިވާ އެފަދަ އެހެން މަގާމެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނެ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ދަށު ކޯޓް ތަކުގެ އިސްލާހުގެ ތެރެއިން މެޖިސްޓްރޭޓް ކޯޓްތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތެއްނަމަ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި ޝަރީއަތުގެ ރޮނގުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.

ފަނޑިޔާރެއްގެ އުމުރުން 70 އަހަރުވުމުން މުސްކުޅިކުރެވޭނެއެވެ.

ފަނޑިޔާރެއްގެ އުމުރުން 65 އަހަރުވުމުން އެ ފަނޑިޔާރަކު މަގާމުން ވަކިވާން ބޭނުންކަމުގައިވާނަމަ، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށައަޅައި، ޖޭއެސްސީއިން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތިން، އަމިއްލައަށް މަގާމުން ވަކިކުމުގެ ފުރުސަތު ލިބިގެންވެއެވެ.

އަދި، ފަނޑިޔާރުންގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފަނޑިޔާރެއްގެ އުމުރުން 65 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެއްޖެނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ވަކި އަދަދަކަށް ފައިސާ ލިބިދޭގޮތަށް ހަމަޖެއްސުމުގެ އިހްތިޔާރު އެކޮމިޝަނަށް ލިބިގެންވެއެވެ.

ފަނޑިޔާރުންނަށް މެޑިކަލް ސްކީމެއް ހަމަޖައްސައި އެ ސްކީމްގެ ދަށުން ކޮންމެ ފަނޑިޔާރަކަށާއި އޭނާގެ 18 އަހަރު ނުފުރޭ އުފަން ދަރިންނަށާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އޭނާގެ މައިންބަފައިންނަށް ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރެވޭނެ ގޮތް ދައުލަތުގެ ހަރަދުގައި ހަމަޖެއްސުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މަތަރަސް

    ކޮބައި އާދައިގެ ސިވިލްސާވަންޓުން ދެންއެހެން އޮފީސްތަކާ ސިއްހީދާއިރާގެމީހުން މިމީހުން ސަލާޖަންވީތަ؟؟ނުވަތަ ޒީރޯއާގުޅެންތަވީ ؟؟ސަލާންޖަހަންތަވީ؟؟ މިގައުމުގާ މަޖީސްމެންބަރުން ސަރައުއީދާއިރާ ސިފައިން ޕޮލިސް މި މީހުންނައް މެޑިކަލްނުވަތަ ބޭސްފަރުވާ ދެންތިބިމީހުންނަކީ އެއްވެސްބައެއްނޫންތަ؟؟ދެންބުނާނެ ކަޓުނަގަނިއްޔާ މަސައްކަތުމީހާފިހިގަޑުވިއްކަނިޔޭ؟ މިގައުމުގާ މިވެސްއިންސާފު ؟؟ރައީސްމީހާބޭނުންވީމާ ގައުމުގެ ހަޒާނާބަހާލަންްވީ ބޭނުންބަޔަކައްސަރުއީދާއިރާއައްވެސްބާރުފޯރުވާންވީ ފަޅާކަޑާ ރައްތައްބަހާލައްވީ މިވެސްއިންސާފުތަ؟؟

    31
    2
  2. ޖާނޭ

    ކުރީ ސަރުކާރުން ފަޑިޔާރުންނަށް ނުފޫޒ ފޯރުވަން ކަމަށް ބުނެ ފާޑު ކިޔާފައި، ރިޔާސީ އިންތިޚާބު ކައިރިވީމާ ފަޑިޔާރުންނަށް މުސާރަ ބޮޑު ކުރުމާއި ފްލެޓް ދިނީމައި، ތިޔަ ކުރެވެނީ ގޯސްވެގެން ކަމުނުދިޔަ އަނިވާވެރި ސަރުކާރުންވެސް ކަންތައް ކުރި ގޮތެވެ. ވީމާ، މިއިން އެގެނީ ކުރީ ސަރުކާރުގެ ނިޔަތް މާރަގަޅު ކަމެވެ. އަޅުގަނޑަ ކަމުނުދަނީ ޢަބުދުﷲ ޔާމީނު ކުރީމައި ގޯސްވެފައި، އެމް.ޑީ.ޕީ އިން ކުރީމަ ރަގަޅުވާ ކަމަށް ތިޔަ ބޭފުޅުން ތިޔަ ގެންގުޅުއްވާ ޠަޤާފަތެވެ. ގޯސްކަމެއް ވިއްޔާ ކޮންމެ މީހަކު ކުރިޔަސް ވާނީ ގޯސް ކަމަކަށެވެ. ކޮންމެ މީހަކު ކުރިޔަސް ރަގަޅު ކަމެއް ވާނީ ހަމަ ރަގަޅު ކަމެކެވެ. އެކަން ކުރީ ހަސަން ދީދީ، ނުވަތަ ޔޫސުބު ދީދީ ތޯ ނުވަތަ މާރިޔާ ދީދީ ތޯ ބަލާކަށް ނުޖެހެއެވެ.

    48
  3. އދތލ

    ފަޑިޔާރުންނަށް ނުފޫޒު ފޯރުވޭތޯ ބަލާތި ނުސީދާ ކޮއްވިޔަސް އެއްމެ ޑިމޮކްރެޓިކް ޕާޓީ އޯމީ

    39
  4. އިސްޢާފް ސަލީމް

    ސަރުކާރުގެ އަތްދަށުގައި ފަނޑިޔާރުން ބޭތިއްބުމަށް މިހިރަ ދައްކާ ދަޅަތަކަށްހެއްލި ދުނިޔެލިބި އާޚުރަތް ނަގާލާބަޔަކަށް ފަނޑިޔާރުން ނުވާށެވެ. އެންމެ ކައިރީ މަރު ކަން ހަނދާންބަހައްޓާށެވެ.

    26
    2
  5. ނޫމަސް

    ސީދާ ރައީސް ޔާމީނަށް ނުހައްގުން ހަރާން ހުކުމެއް ފަނޑިޔާރުން ނުކުރާނެކަން އެނގޭތީ އެގޮތްމިގޮތުންވެސް ވަގު ސަރުކާރުން މިއުޅެނީ ފަނޑިޔާރުން ރުއްސާގެން ނަހަލާލު ހުކުން ކުރަން. އިންޝާﷲ ރައީސް ޔާމީން 2023

    26
  6. ރާއީ

    ހާދަބިރެކޭ މިސަރުކާރުން ތަރައްގީގެ ބާނީ ރައީސް ޔާމީންދެކެ މިއަންނަނީ. ލިވާތު އެމްޑީޕީ ދެން މިގައުމުގެ ވެރިކަން ހަރާން ކުރޭ

    41
    1
  7. ދިޔާނާ

    ރައީސް ޔާމީން 2023

    38
    2
  8. ކޮކާ

    ޔާމީން ޔާމީން ޔާމީން 2023 އެއްބުރުން

    35
    2
  9. ޔާންޔާ

    ފަނޑިޔާރުންނައް ދޭންޖެހޭ މުސާރަ މަހުންމަހުން ދިނީމަ ހުނާނީ ރަނގަޅައް .

    27
  10. ހަމްދޫން

    ކީހާބޮޑު އިސްރާފެއް! ބޭއިންސާފެއް!
    ފަނޑިޔާރުންނަށް ދޭނަމަ، ފުލުހުންނާ ސިފައިންނާ އަދި
    ޓީޗަރުންނާ ޑޮކްޓަރުންނަށްވެސް މިއުސޫލު އޮންނަންވާނެ!

    21
  11. މެސީ

    2023 ރައީސް ޔާމިން

    23
    2
  12. ފޯކޭކިޔާ.....ޓީވީ

    މާތްކާލާކޯ.............................

    11
  13. ޝައިޚް

    ސަރުކާރު ބޭނުންވާގޮތަށް ޙުކުމްތައް އަނބުރާލުމަށް ފަނޑިޔާރުންނަށް ރިޝްވަތުދިނުމާ މި ހާވާ ހަޑިޔާ އޮތީ ކޮން ތަފާތެއްތޯ؟ އެހެންނަމަވެސް ހުރިހާ ފަނޑިޔާރުން ތިޔަށް ހެއްލިދާނެކަމަކަށް ނުފެނޭ! ރަސޫލާގެ ހަދީސްބަސްފުޅުގައިވާ ކޮންމެ 4 ފަނޑިޔާރުންގެތެރެއިން ނަރަކަވަންތަވެރި 3 ވާކަން ފަނޑިޔާރުން ހަނދާންކުރަންޖެހޭނެ!

    18
    1
  14. މޮޔަސޮރު

    ކޮމެންޓްކުރާ ފަރާތްތަކަށް އޮޅުން އަރާ ތަންކޮޅެއް އިސްލާހުކުރުމަށް: ޝަރުއީދާއިރާގެ މުވައްޒަފުން އެބުނާ އިނާޔަތްތަކަށް ކުފޫ ހަމަނުވޭ. މުވައްޒަފުންނަށް ދޭންޖެހޭ ހައްޤުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއް. ހަމައެކަނީ "ފަނޑިޔާރުން" މުވައްޒަފުންގެ ވާހަކައެއް ނުދައްކާ.

    8
    2
  15. ަލަކީ

    ޙެހެ ރަންގަޅު ކަމެއް ހިނގާ ފަންޑިޔާރު ކަމަށް ކޔރިމަތި ލާ ފަރާްތްތަކުގެ ޝަރުތްތަކުގެ ތެރޭގާ 5 އަހަރުގެ ޖަލުހުކުމެއް ތަންފީޒް ކުރަމުން ދާ މީހަކަށް ވުން ނޫނީ މަސްތުވާތަކެތި ބޭނުންކުރާކަމުގެ ރިކޯޑް އޮންނަން މީހަކަށް ވުން މީ ވަރައް މުހިންމުކަންތަތައް ފަޑިޔާރެއްގެ ކިބައިގާ ހުންނަން ޖެހޭ

    13
  16. ޥާލުސޮރު

    ޢިތުރު ޕްރެކްޓިސް ޑައިރެކްޝަންތައް ނެރެންވީ އޭރުން އަދިވެސް ލިބޭ އިނާޔަތްތައް ގިނަވާނެ

    14
  17. އަންޑެ

    ކިތަންމެ ވަރަކައް ބެހިޔަސް انشالله 2023ގަ ޖެހޭނީ ފައިބަން

    16
    1
    • Anonymous

      ދިވެހި ރައްޔިތުންނޭ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުންގެ ޖަގަހައިން އެއުޅެނީ އެމީހުންގެ ނަޒާހައްތެރިކަމާއި ހެޔުފުޅުކަން ދައްކަން !

  18. ޒިލޭބީ

    ފަނޑިޔާރުންގެ ދަށުން މަސައްކަތްކުރާ ކުދިން މިތިބެނި 12 ގަޑިރު އޮފީހުގައި މަޖުބޫރުން. ރޮލާ ތެޅި ތެޅި

    14
    1
    • Anonymous

      ވަގުންގެ އައްޑާއިން މިއުޅެނީ އެމީހުން ކުރާ ވައްކަން ފޮރުވަދޭނެ ބަޔަކު ހޯދަން މިއަދުވެސް ވަގުންގެ އައްޑާއިން އެކަކު އަނެކަކަށް ވަގަށްގޮވާ ހެދީ !

  19. Anonymous

    މިއަދު މިމިމަޖިލިސްގައި މިއުޅޭ ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ހީކުރާކަހަލަ ދިވެހި ރައްޔިތުންނަށް ކާންބޯން ލިބޭނީ ތިމަންމެން ދިނީމައޭ ވެސް !

    9
    1
  20. ހުސެންބެ ބ

    މިއީ ކޮރަޕްޟަން ގެ އަމަލެއް

  21. މެން

    ކޮމެންޓްކުރާ ފަރާތްތަކަށް އޮޅުން އަރާ ތަންކޮޅެއް އިސްލާހުކުރުމަށް: ޝަރުއީދާއިރާގެ މުވައްޒަފުން އެބުނާ އިނާޔަތްތަކަށް ކުފޫ ހަމަނުވޭ. މުވައްޒަފުންނަށް ދޭންޖެހޭ ހައްޤުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ދާއިރާއެއް. ހަމައެކަނީ "ފަނޑިޔާރުން" މުވައްޒަފުންގެ ވާހަކައެއް ނުދައްކާ. އަދި މިހާތަނައް އެއްމެބޮޑައް އިހުމާލުވެފައިވަނީ ޝަރުޢީދާއިރާގެ މުވައްޒަފުންނައް މުވައްޒަފުން އެގޮތައްތިއްބާ އެތައްފަހަރަކު ފަޑިޔާރުންގެ މުސާރަ ބޮޑުކޮށް އިނާޔަތްތައް ހޯދައިފި ބޯހިޔާވަހިކަމެއް ލިބޭނެ ގޮތެއް މުވައްޒަފުންނަކައްނެތޭ

    5
    1
  22. Anonymous

    މިތާތިބި ބޮޑެތި ވަގުން އެމީހުންގެ ހެޔުފުޅުކަން ދައްކަން އުޅެނީ، ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން އެމީހުންގެ އެއަމަލު ފޮރުވަދޭނެ ބަޔަކު ހޯދަން ކުރާކަމެއް !

  23. ޒީރޯ ޓޮލަރަންސް

    سُـبْحانَ الله، ހަމަކަށަވަރުން ﷲ އީ އެންމެހާ ކަންތައްތައް މޮޅަށްް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑީގެންވާ ރަސްކަލާނގެ. ނުބައި ރޭވުންތަކުންނާއި ފިތުނައިގެ އަމަލްތަކުން އަޅަމެންގެ ގައުމު ސަލާމަތް ކުރަށްވާާށި. ނިކަމެތިންނަށް ހައްގުނަސްރު ދެއްްވާ، އިންސާފު ގާއިމްކޮށްދެއްވާާށި.

    10
  24. ޙަަަހަ

    މިވަރުން ޝަރުއީދާއިރާ ހަމަމަގަށް ދާނެކަން ޔަޤީން

  25. ވާނުވާބެ

    ބައިތުލްމާލް ވެސް ދެބައިކޮށްފަ އެއްބައި ދީ، 2023 ކައިރިވާކަން ބާރުގަދަ ތަންތަނަށް އެނގުންވަނީމި

  26. ގޮވާ

    މީން ކޮންމެ ކަމެއް ވެސް ކުރަން ވީމާ ނިކަމެތި މީހާ ފެލާލަނީ. ނިކަމެތި މީހާގެ އެންމެ އަސާސީ ބޭނުން ފުއްދެނީވެސް އިންތިހާ ބޮޑު އަދަދަުން ސަރުކާރަށް ޓެކްސް ފައްކާފައި. މި ނޫން ގޮތަކަށް ގައުމު ހިންގަން އެނގޭ ބަޔަކު ބޭނުން.

  27. ރައްޔިތުމީހާ

    ކެމްޕޭނަށް ކުރާ މި ކަހަލަ އަނިޔާވެރި ޙަރަދު ކުރަން ފައިސާ ހޯދްން އެނގެނީ ނިކަމެތޖ ރައްޔިތު މީހާ ފެލައިގެން ކަމަށް ވުމީ ހިތާމަ ހުރި ކަމެއް. ނިކަމެތިންގެ އާމްދަނީއާ ނުބައްދަލު ޓެކްސް ނެގުން ހުއްޓާލާ.

  28. ރަން

    ވަރަށް ރަނގަޅު އިސްލާހެއް