ކެއަރ ސޮސައިޓީގެ ދަށުން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ޓީޗަރެއްގެ އެއް އަހަރު ދުވަހުގެ މުސާރަ ސްޓެލްކޯއިން ހަމަޖައްސައިދީފިއެވެ.

އިއްޔެ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ކެއަރ ޑެވެލޮޕްމަންޓް ސެންޓަރުގެ ޓީޗަރެއްގެ މުސާރަ އެއް އަހަރު ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ހަމަޖައްސައިދޭނެއެވެ.

ކެއަރ ސޮސައިޓީއަކީ ރާއްޖޭގައި އުފަންވާ އަދި ބޮޑުވަމުން އަންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީތެރިވުމަށް އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއެކެވެ. 1998 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާ ހަރަކާތްތެރިވަމުން އަންނައިރު، އެ ޖަމިއްޔާ ވެގެން ގޮސްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ބޮޑު އެހީއަކަށެވެ.

ކެއަރ ސޮސައިޓީގެ ކެއަރ ޑެވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި އެޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ހިންގާ ރިހިބިލިޓޭޝަން ސެންޓަރެކެވެ. މި ސެންޓަރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެންމެ ބޭސިކް ކަންތައްތައް ދަސްކޮށްދޭނެއެވެ.

ސްޓެލްކޯއަކީ އިޖްތިމާއީ ކަންކަމުގައި ބޮޑު އެހީތެރިކަމެއް އެކި ފަރާތްތަކަށް ދެމުން އަންނަ ނަމޫނާ ކުންފުންޏެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަވާލާ

    ސްޓާފުންނަށް ސައިފޮދެއް ބޯލަން 50 ރުފިޔާ ދޭންވީމަ ހަރަދު ބޮޑުވަނީ ، މިފާޑަށް މިލިޔަނުން މިލިޔަނުން ހަރަދުކުރަން މައްސަލަޔަކަށްނުވޭދޯ ދަވާލާ ދަވާލާ

  2. Anonymous

    ތިމީހާގެ މުސާރަވެސް ކަރަންޓު ބިލުން ލިބޭ ފައިސާ އިންތޯ ހަމަޖައްސަނީ ނުވަތަ ޝަރީފުގެ މުސާރައިންތޯ !

  3. Anonymous

    ރައްޔިތުންގެ ކުންފުނިތަކުން މިކުރާކަމެއް ދޯ !

  4. Anonymous

    ވޯޓް ހޯދަން ފައިސާ ބަހާ މޮޅުގޮތެއްތޯ !

  5. އަޖާއިބެއް

    ކާކުގެ އަތުން ނަގާފައިތޯ މުސަރަފުޅު ތިޔަ ދެއްވަނީ. ނިކަމެތިންގެ އަތުން ކަރަންޓް ބިލަށް ނަގާ ފައިސާއިންތޯ؟