ޑެންގޫ ޖެހިގެން މިއަދު އަނެއްކާވެސް އިތުރު މީހަކު ނިޔާވެއްޖެއެވެ. ޑެންގޫ ހުން ޖެހިގެން މިއަދު މެންދުރުގެ ވަގުތެއްގައި 21 އަހަރުގެ ޒުވާނަކުވެސް ވަނީ ނިޔާވެފައެވެ.

ފަހުން އެ ބަލީގައި މިއަދު ނިޔާވެފައި ވަނީ ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ.

އެއީ ލ. އަތޮޅު ފޮނަދޫ އަށް ނިސްބަތްވާ ކުއްޖެކެވެ.

މައުލޫމާތު އެނގޭ މީހަކު ބުނީ، އެ ކުއްޖާ ނިޔާވެފައި ވަނީ މާލޭގެ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އަދި އެ ކުއްޖާ އައިޖީއެމްއެޗް އަށް ގެންދިޔައީ ޑެންގޫ ޖެހިގެން ވަރަށް ފަހުން ކަަމަށްވެސް މައުލޫމާތު އެނގޭ މީހާ ކިޔާދިނެވެ.

އެރަށު ކައުންސިލް ނައިބް ރައީސް އަހްމަދު މަމްދޫހް "ވަގުތު" އަށް ވިދާޅުވީ، އެ ކުއްޖާ މާލެ ގެންދިޔައީ ޑެންގޫ ޖެހިގެން މީގެ ދެ ދުވަހެއް ވަރު ކުރިން ކަމަށެވެ.

ޑެންގޫއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް

-- މަދިރިން ރައްކާތެރިވުމަށް ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާނެ ގޮތަށް ފޭރާން ލުން
-- މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން
-- މަދިރި އެންމެ ހަރަކާތްތެރިވާ ވަގުތުތަކުގައި (ފަތިސް އަދި އިރުއޮއްސޭ ގަޑި) ގޭގެ ކުޑަދޮރާއި ދޮތުރަައް ލެއްޕުން

ޑެންގޫ އަކީވެސް ފަސޭހައިން ފެތުރޭ ބައްޔެއްކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރު އޮގަސްޓް މަހާއި އަޅާކިޔާއިރު، ސެޕްޓެމްބަރު މަގު ޑެންގޫ ހުން ޖެހިގެން ރިޕޯޓް ކުރި މިންވަރު ވަނީ ދަށްވެފައެވެ. އެހެން ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ކިޔާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

އެގޮތުން މި އަހަރު އޮގަސްޓްގައި 268 މީހަކު ޑެންގޫ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، މިދިޔަ އަހަރު އެ މަހު ރިޕޯޓްކޮށްފައި ވަނީ އޭގެ ނުވަ ވޭދަނައެވެ. މި އަހަރުގެ ސެޕްޓެމްބަރަށް ބަލާއިރު، 229 މީހަކު ޑެންގޫ ހުން ޖެހިގެން ރިޕޯޓް ކުރިއިރު، މިދިޔަ އަހަރު އެ މަހުގައި ރިޕޯޓްކޮށްފައި ވަނީ އޭގެ އަށް ވޭދަނައެވެ.

މި މަހުގެ މިހާތަނަށް ޑެންގޫ ޖެހިގެން ހަތަރު މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބްދޫ

    ހޮޑު ނުލެވޭނަމަ ފަޅޯފަތު ޖޫސް ބޭނުންކުރުމުން ޑެންގޫ ބަލިން ފަރުވާލިބޭ ކަމަށްވޭ.

  2. އަބްދޫ

    ހޮޑު ނުލެވޭނަމަ ފަޅޯފަތު ޖޫސް ބޭނުންކުރުމުން ޑެންގޫ ބަލިން ފަރުވާލިބޭ ކަމަށްވޭ އިންޓަރނެތް ގަ ހުރޭ، ބައެއް ދިވެހިން ބޭނުންކުރޭވެސް މެ

  3. Anonymous

    انالله وانااليه راجعون

  4. خلد

    انالله وانااليه راجعون

  5. Anonymous

    ދެން ވެކްސިނޭ ނުކިޔާތި. މަރުވާ ކޮންމެ ޒުވާނަކު ޑެންގޫއަށް ނިންމާލާ. އޭރުންތާ އެއްކަލަ ދުން އެރުވެން އޮތީ

  6. Anonymous

    މިދުވަސްކޮޅު އުސްތަނަކުން ވެއްޓި މަރުވިޔަސް ޑެންގޫއަށް ޕޮޒިޓިވް ވާނެ.

  7. އަލީ

    ގޯސް ކަމަކަށް ނުވާނަމަ.. ފަޅޯފަތު ދިޔަ ތަޖުރިބާ ކޮއްލައްވާ