އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި އަށް ރާއްޖެ ތިންވަނަ ފަހަރަށް އިންތިހާބު ކޮށްފި އެވެ.

ރާއްޖެއިން އެ ގޮނޑި ކާމިޔާބު ކުރީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައިމަރުކަޒުގައި މިރޭ ބޭއްވި އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ އިންތިހާބުގައެވެ.

އެ އިންތިހާބުގެ 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ކުރިމަތިލި އެވެ. ރާއްޖެ އިން ކަށަވަރުކުރީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ހާއްސަ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ.

އިންތިހާބުގައި 189 ގައުމުން ވޯޓުލީއިރު ރާއްޖެ އަށް ލިބުނީ 154 ވޯޓެވެ. ރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް އާއި ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިހާބު ކޮށްފަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެމްބަރުންގެ ގޮނޑިތައް ބަހާލާފައި ވަނީ ސަރަޙައްދީ ގޮތުން އދ.ގެ މެމްބަރު ގައުމުތައް ތަމްސީލުވާނެހެންނެވެ. އެއީ:

ގްރޫޕް އޮފް އެފްރިކަން ސްޓޭޓްސް (13) ގްރޫޕް އޮފް އޭޝިއާ ޕެސިފިކް ސްޓޭޓްސް (13) ގްރޫޕް އޮފް އީސްޓަން ޔޫރަޕިއަން ސްޓޭޓްސް (6) ގްރޫޕް އޮފް ލެޓިން އެމެރިކަން އެންޑް ކެރީބިއަން ސްޓޭޓްސް (8) ގްރޫޕް އޮފް ވެސްޓަރން ޔޫރަޕިއަން އެންޑް އަދާ ސްޓޭޓްސް (7)

ރާއްޖެ އިން 2011-2016 އާ ހަމައަށް ވެސް އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރުކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަކޮށްފަ އެވެ.

އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މެމްބަރުކަން ރާއްޖެ އިން ކުރާނީ 2023-2025 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޭޓް

    ނޫސް ތަކުގަ ބޮޑެތި ސުރުހީތައް ލިއުމަކުން އަދި ނުފުދޭ މިނިވަން ނޫސްވެރިކަމެއް ބޭނުމީ ޖަހާލާ ސުރުހީ އަކުން ރަތްއިތުންނަ ކުރާ ފައިދާއެއް ނެތް ދުވަހެ ދުވަހަކަށް ހަރަދު ބޮޑުވަނީ ނިކަމެތިންގެ ޖީބުހުސްވަނީ ޑޮލަރު އުފުލެނީ 4ވަނަ ބާރޯ އިންޑިއާގެ ދަށުވެފަ ބުރޯ ގޭގަ ލާރި މެސިން ހިފައިގެން ލާރި ޖެހުމުގަ ޖަލުގޮޅީގަ ނިކަމެތި މީހާގެ ދަރި ލިވާތު ކުޅި ކުޅުނުމީހާ ގޭގަ ވަރައް ސަޅި އަލީވަހީދު ނުގެނެވުނު 2023 ސޮރީ އިބޫ

  2. ޝާހް

    އަލިފުދާލުގެ ލިވާތާއި އެއްޖިންސުން ގުޅުން ހިންގުމާއި ބެހޭ ޖަމިއްޔާގެ ރިޔާސަތައްވެސް ރާއްޖެ ފައްކާވާނެ.

    5
    1
  3. Anonymous

    ބޭކާރު ޖަމުއްޔާއެއް އިންސާނިއްޔަތަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތް ބިން ފަސާދަ ކުރުން ފިޔަވައި !

  4. ޢިއްތިހާދު

    މިސަރުކާރުއިންތިހާބުވާނެ ކޮއްމެގޮނޑިއަކައް ދޮންމީހުންގެ ލިވާތުކުރުން އޯކޭ ރަށުތެރޭއަން ހެނުންގެހެދުން ފިރިއެނުއަޅާގެންއޯކޭ ބޯފުޅިތައް ސަރުކާރުގަ ތިބިބޮޑުން އިސްތިހާރުކުރުން އޯކޭ ވީމަ ގޮނޑިއެއްނޫން ޔޫރަޕް ކުލަބުގެއަކުންޑަބަލް ބެޑެއްވެސްލިބޭނެ އެއްކުރިމަތިނުލިއަސް މިސަރުކާރައް އެއީ އެމީހުންގެ އެއްމެބޮޑު ހަތްގުތަކަކީ

  5. ިމުހައްމަދު

    މަޖިލީހުގައި އިންނަ ވަރަށް ވަރަށް ފޮނި މެންބަރަކު ހުޅުމާލޭގައި ހިންގާ ރެސްޓޯރެންޓެއްގައި ތިބޭ މުވައްޒަފުންނަށް މުސާރަ ނުދޭއިރު މިފަދަ މަގާމަކަށް ދިވެހިރާއްޖެ ހޮވުނީމާ ހައިރާންވެއްޖެ.

  6. ހުށޭނު

    ކޮބާ ޝާހިދު ނެތް މަޤާމެއް؟ ލިއްﷲ އަށްޓަކައި ހިލޭ ސާބަހަކައްނު އދ ރައީސްކަންވެސް ކޮށްފަ ތިއައީ؟