އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ޖެނުއަރީ 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަަމައަށް ދައުލަތުގެ މުއައްސަސާތަކުންނާއި އިސްވެރިން ނިޒާމީ ސިފައެއްގައި އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ އަަމަލުތައް ތަހުގީގުކުރަން އުފެއްދި އިންތިގާލީ އޮފީސް ނުވަތަ އޮމްބަޑްސްޕާސަން އޮޕީހުން 111 މައްސަލަ ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އިންތިގާލީ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ އެ އޮފީހަށް 455 މައްސަލަ ހުށަހަޅި ކަމަށާއި އޭގެ ތެރެއިން 111 މައްސަލަަ ނިންމާފައިވާ ކަމަށެވެެ.

ނިންމި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމަާ ގުޅޭ މައްސަލަ އެވެ. އެ ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބަލާ ނިންމާފައިވާ މައްސަލަތަކުގެ 64 އިންސައްތައެވެެ.

ދެން އެންމެ ގިނައިން ނިންމާފައި ވަނީ ގަވައިދާ ހިލާފަށް ބަންދުކުރުމާއި އަދި ހައްޔަރުކުރުމުގެ މައްސަލަތަކެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން ބަލާ ނިންމާފައިވާ 23 އިންސައްތައެވެ.

އޭގެ އިތުރުން މަސައްކަތް ކުރުމާ ގުޅޭ 21 އިންސަައްތތަ މައްސަލަ ވެސް ނިންމާފައި ވެއެެވެ. ދެން ހިމެނެނީ ޒާތީ ކަންކަމާ ގުޅޭ މައްސަލަތަކާއި ލާއިންސާނީ އަނިޔާ ދިނުމާ ގުޅޭ އެއް އިންސައްތަ މައްސަަލައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އެ އޮފީހުގެ ދައުރު އަންނަ ޑިސެމްބަރު މަހު ނިމޭނެކަމަށް ކުރިން ކަނޑައަޅާފައި އޮތް ނަމަވެސް އެ އޮފީހުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އިންތިގާލީ އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖީ

    ތިނަދޫގެ މަސްސަލާގަ ހުކުންކުރީ ކައްވަޅަދޯ

  2. ލޮލް

    ކެކެކެ.. ބިގް ޖޯކް. މިހާރުވެސް ޖަލުތަކުގަ ހައްޔަރުވެފަ ވާނުވާގަ ތިބި މީހުން؟؟

  3. ހަވާސާ ހާދިސާ

    ކޮބާ މުހައްމަދު އަމީންއާއި ހަސަން ފަރީދުއާއި އިބުރާހިން ނާސިރުއާއި ނތ ހަސަންދީ ދީ އެބޭފުޅުން އެންބުރި މިގައުމަށް ގެންނަވެސް ނިންމީތޯ؟ އަންނިގެ ކާފަ އާޢި ސޯލުހު ބައްޕަވެސްގެންނާތީ! ދެންއަތްޖަހާ ދެންއަތްޖަހާ ދެންއަތްޖަހާ ދެންއަތްޖަހާ