ފުލުހުން "އޮޅިގެން" މީހުން ދިރިއުޅޭ ރަށެެއް ފަޅު ރަށަކަށް ހަދައި، މައްސަލައަކާއި ގުޅުން ހުރި މައުލޫމާތު މީޑިއާތަކާއި ހިއްސާ ކޮށްފިއެވެ.

މިއަދު ހެނދުނު 10:07 ހާއިރު ފުލުހުންގެ ތަރުޖަމާން ރާއްޖޭގެ އެކި މީޑިއާތައް ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސްގެ ފުލުހުން ގުޅިގެން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ގދ. އަތޮޅުގެ ފަޅުރަށެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަަމަށެވެ.

އެއިރު އެއީ ކޮން ރަށެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ތަރުޖަމާން ވިދާޅުވީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިހުއްޓާ ކަމަށެވެ.

އެކަން މީޑިއާތަކުން ރިޕޯޓް ކުރިތާ 20 ވަރަކަށް މިނިޓް ފަހުން ތަރުޖަމާން ފަހުން ފޮނުވި މެސެޖެއްގައި ވިދާޅުވީ، މަސްތުވާތަކެތޮ ހޯދާފައި ވަނީ ހޯނޑެއްދޫ ވަލު ތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށެވެ.

އެ މެސެޖްގައި "ކުށެއްގެ އިސްލާހެއް" މިހެން ލިޔެފައި ވެއެވެ.

މިއާއެކު ބައެއް ނޫސްވެރިން ވަނީ އެ ގްރޫޕްގައި މިހާ ބޮޑު އޮޅުމެއް އަރަންވީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަން

    ދޮގެއް ހަދާފިއްޔާ އެދޮގު ފޫބައްދަން ސަތޭކަ ދޮގު ހަދަންޖެހޭނެ.

    34
  2. ބްރޯ

    ރީޢާނު ރަޝީދު މިވެސް ހަބަރެއްތޯ. ؟ ތިކަހަލަ ދެއުޅިއެއްނުވާ ނޫސްވެރިންނާ ހެދި ގައުމު ހަލާކްވަނީ

    3
    15
  3. ކޮޔާ

    ފަޅުރަށަކުން ހޮވީ އެކަން އޮޅުނީ ކީ ނޫން ފަހުން އޮޅުވާލީ

    17
    3
  4. ޙަސަނުބެ

    މިހާރު އެވީ ގޮތަކީ އެމީހުންގެ އިހުމާލުން މީހަކު މަރުވީމާ މަރުވިމީހާ ބޮލުގާ އެ ތަކެތީގެ ތުހުމަތު އަޅުވަން އެހެންވެ ކުއްލިއަކައް ފަޅުރަށެއް މީހުން އުޅޭ ރަށަކަށް ބަދަލުވީ މި އޮތީވާ ޤައުމެއް ފެންފޮދަކާ ލައިގެން ބަޔަކުމީހުން މި ޤައުމު ދުރުވާލައިފި އެމީހުން ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން އެދަނީ

    28
  5. ޖަމިއްޔާ

    މީހެއްގެ މަރު... މިހާރު ޕޮލިސް ގޭންގުން އަމިއްލައަށް ޑުރަގު ވަޅުލާފަ، ސްޓޯރީ އަނބުރާލަނީ ނޫންބާ؟
    ދިވެހި ފުލުހުންނަކީ އިތުބާރު ނުކުރެވޭ ގޭންގެއް.

    30
    1
  6. ރަން ރީނދޫ

    ވަރަށް މަސައްކަތުން ޑުރަގް ކޮޅެއް ހޯދައިގެން 3 ދުވަސް ފަހުން ވަޅުލައިފި. ސްޓޯރީއެއް ކައްކަން ތިން ދުވަސް،އެމްޑީއެން ޙަމީދު ނަގައިފި.

    24
  7. ދަރަނި ދަންތުރަ

    ފުލުހުން ވެސް ތިބެނީ ބޮއިގެން ވާނުވާ ނޭންގޭ ، މުޅިސަރުކާރު އޮޅުން ބޮޅުންވެ މަސްތުވެފައި ، ގައުމުގެ ދުވަސް ގޮއްސި ކަލޭނޭ

    23
    • ނަރެލް

      އެއްކަލަ ގުދޯގުދޯ ގޮވަނި ތިނޫންސަރުކާރެއް ނުފެނޭ ކުރީސަރުކާރުގަ ރައީސްމީހާ ބުނި ލ މުއްޑޫ ފަޅުރަށެއްކަމަށް ހަނދާންނެތިފަ އޮވެދާނެތީ ބުނެލީ

  8. ޅަހުއްތު

    މީ އޮޅި ސަރުކާރުތ\ާ..އެވަރުގެ ކަމެއ ވެދާނެ.ހޭވެރިކަން އައިމަތާ ވާނުވާ އިނގޭނީ..

  9. އަލިކޮއި

    ޑްރަ ގުތަ ނޫނީ ސައްކުވާ އެއްޗެއްތަ ނޫނީ ވަޅުލި ޓީމުންތަ ހޯދީ، ފުލުހުން ގެ ގްރޫޕުތަކުން ނޫނީ ޓީމުތަކަށް ސާބަސް ގޭގން ގް އޮޕަރޭޓްކުރާހެން ސިޔާސީ މީހުން ދިފައުކުރަން ތިބޭ ޓީމުތަކާއި ފުލުހުން ގެ ފަރާތުން ފެންނަންޖެހޭ ލާމިސާލު ހިދުމަތް ރައްޔިތުން އެދެނީ ހަރުދަނާކަމާއިއެކީ ސިޔާސީ ވަކިތަކުން މިނިވަންވާން

  10. ޙަަަހަ

    މަރުގެ ވާހަކަ އޮއްބާލަން ހަދައިގެން ތިކަހަލަ ކަންކަން ހިނގާނެ ، މިއަދު ފުލުހުންގެ އިދާރާ ފެންނަނީ ހިންދީ ޑްރާމާތކެއް ކުޅޭ ބައެއްހެން ، އެއްކަމެއް ފޮރުވަން އެހެން ހާދިސާތަކެއްހަދާގެން

  11. ހުސެންބެ

    އޮޅޭނެތާ ޑްރާމާ ލިޔެ ތައްޔާރުކޮށް ކުޅޭ ފިލްމެއް ވީމާ .އެއީ އެމްޑީއެން ހަމީދު އަބުދﷲ ރަޟީދު މައްސަލަ އޮއްބާލަން ގޭމް ކުޅޭން ހަދައިގެން

  12. ޕޮގުބާ

    ބޮއިގެން ތިބެނީ މީހުން އަތުން އަތުލާ ހުރިވަށަތަރެއްގެ މަސްތުވާ ތަކެތި ޕޮލިހުންނާއި ސިފައިން ބަހައިގެން ބޮއިބާލަނީ ކާކުތަ އެއެއްޗެހި އަންދަނީ ނާންދާނެ