ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާޓު އެޓޭކެއް ޖެހިގެން ނިޔާވި ގދ.ހޯނޑެއްދޫ، ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.

އަބްދުﷲގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އަބްދުﷲގެ އާއިލާއިން ދެކޮޅު ހެދިފަ އެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ވަނީ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވެން ނެތް ކަމަށް އިއްޔެ ހުކުމް ކޮށްފަ އެވެ.

ގދ. ހޯނޑެއްދޫ އިން އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އެކަމަކު، ލޯންޗަށް އެރުވި ތަނުން މެޔަށް ތަދެއް އަރައިގެން އެ ވޭނުގައި އޭނާ ވަނީ ނިޔާވެފައެވެ.

ޑޮކްޓަރުންގެ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. މި މައްސަލައިގައި އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ތަހުގީގެއް ފަށާފައެވެ