ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން އުޅެނީ ރައްޔިތުން ނިކަމެތި ކުރަން ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލް ސަރުކާރުން ފޮނުވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީން އެގޮތަށް ނިންމި ކަމުގައި ވިޔަސް، ބިލް އަލުން މަޖިލިހަށް ހުށަހަޅައިގެން ބިލާ މެދުގައި ގޮތެއް ނިންމާނެއެވެ.

އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު މަޖިލިހުގައި ވޯޓު ދެއްވީ ރައްޔިތުންގެ އަތުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ނުކުރުމަށް ކަމަށެވެ. ސަރުކާރުން މިކަން ކުރީ ބޭކާރު ހަރަދުތައް އިންތިހާބާ ދިމާކޮށް އިތުރަށް ކުރުމަށް ކަމަށާއި ރައްޔިތުން ނިކަމެތި ކުރަން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ސަރުކާރުން މިކަން ކުރީ ބޭކާރު ހަރަދުތައް އިންތިހާބާ ދިމާކޮށް އިތުރަށް ކުރުމަށް. ރައްޔިތުން ނިކަމެތި ކުރުމަށް،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވީ ޖީއެސްޓީ އަށް އިންސައްތަ އަށް އަދި ޓީޖީއެސްޓީ 16 އިންސައްތަ އަށް ބޮޑު ކުރުމަށެވެ. ކޮމިޓީން ނިންމާފައި ވަނީ ބިލް އޮތް ގޮތަށް ފާސް ކުރުމަށެވެ.

މިއަދުގެ ކޮމިޓީގައި އާޒިމް ހުށަހެޅުއްވީ ޓީޖީއެސްޓީގެ ގޮތުގައި 16 އިންސައްތައިގެ ބަދަލުގައި 14 އިންސައްތަގެ ޓެކްސްއެއް ނެގުމަށެވެ. އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި 46 މެމްބަރުން ވޯޓު ދެއްވީ އިސްލާހު ފާސް ނުކުރުމަށެވެ. އަދި އެ އިސްލާހު ފާސް ކުރަން 15 މެމްބަރުން ވޯޓު ދެއްވިއެވެ.

އާޒިމް ހުށަހެޅުއްވި ދެ ވަނަ އިސްލާހުގައި ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީގެ އަދަދު އިތުރު ނުކުުރުމަށް ހުށަހެޅުއްވި ނަމަވެސް އެ އިސްލާހަށް ލިބުނީ އެންމެ 19 މެމްބަރުންގެ ވޯޓެވެ. އަދި 44 ވޯޓު ދެއްވީ އެ އިސްލާހު ފާސް ނުކުރުމަށެވެ.

ޓެކްސް ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހަކީ 2023 ގެ އޭޕްރިލް ކަމުގައި ހެދުމަށް އާޒިމް ހުށަހެޅުއްވި އިސްލާހް ވެސް ފާސްވެފައެއް ނުވެއެވެ.

ސަރުކާރުން ފޮނުވި ގޮތަށް ބިލް ފާސްވީ 50 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލް ފާސް ކުރަން ނުފެންނަ ކަމަށް 19 މެމްބަރުން ވޯޓު ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމދު

    މީނައަކީ ރައްޔިތުންނަށް މާހެޔޮއެދިގެން އުޅޭ ކަމަށް ހެދިގެން އުޅޭމީހެއް ބޮޑުވަޒީރު ނުގެނެވިގެން މަރުވަނީ

    7
    3
  2. ޥަހީދު

    ޔެސް އެއްކަމެއް ރައްޔިތުންނައް ރަނގަޅައް ނުކުރޭ

    5
    1
  3. ނުލިބޭ ތިއެއް

    މީވެސް މާހެޔޮއެދިގެން ކަމަށް އުލޭ ބީތާއެއް..ބޮޑުކުރަން ނިންމައިގެން ތިބޭ ..ޔާ ﷲ ރައްޔިތުންނަށް އަނިޔާވެރިޔާ އެންމެހާ މަޖްލިސް މެމްބަރުން ހަލާކުކުރައްވާ ބަލި ކަށިކުރައްވާށި! އާމީން.

  4. ޑައެލޯގް

    ކޮންމެ މީހެއްނަމަވެސް ރަގަޅުވާހަކައެއްބުނެފިނަމަ އެކަން ޤަބޫލުކުރަންޖެހެއެވެ. އާޒިމް އެބުނީ ރަގަޅުވަހަކައެކެވެ. ސަރުކާރުން ސިޔާސީމަގާމުތައްދެނީ ވޯޓު ގަންނާށެވެ. ސަބަބަކީ އެމަގާމުތަކުގައި ތިބޭމީހުނާއި އެއާއިލާތަކުގެ ވޯޓުނަހަމަގޮތުގައި ގަންނަނީއެވެ. އެޚަރަދު ކުޑަނުކޮށް ރައްޔިތުންފެލާތަންމިފެންނަނީ