ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް ބުނާ މައްސަލަ ބަލާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ބަލަން ޖެހޭ ކަމަށާއި ސަރުކާރަށް ސަނާ ވިދާޅުވާ މެމްބަރުންގެ ފައި ނޫނީ އިނގިލި އޮންނާނީ ރައީސް އޮފީހުގައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންނެވެ.

އަލީ އާޒިމް ވިދާޅުވީ އިމްތިޔާޒުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ޖެހޭނަމަ ހުށަހަޅަން ޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްސަލަ ކަމަށެވެ.

އެއީ މުޅި މަޖިލިސްގެ ތާއިދު އޮތީ އެމަނިކުފާނު ކަމަށް އަމިއްލައަށް ވިދާޅުވެ އަދި ގާނޫނުއަސާސީގެ ތިން ބާބު ކޮންޓްރޯލް ކުރާ ކަމަށް ވެސް އަމިއްލަ ފުޅަށް ވިދާޅުވެފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ގާނޫނޫ އަސާސީން ތިން ބާރު ވެކިވެފައިވާ އިރު މިނިވަން މުއައްސަސާތަަކަށް ވެސް އިންތިހާއަށް އަރައިގެންފައިވާ ކަމަށެވެ.

"މި މަޖިލީހުގެ މެމްބަރުން ވަކި ވަކިން މަޖިލީހުގައި ސަނާ ކިޔާ ކޮންމެ މެމްބަރަކަށް ބަލާލީމާ އެނގޭނެ ރައީސުލްޖުމްހޫރިއްޔާގެ އަތުގައި އޮތީ ކޮން ބާރެއް ކަމެއް. ކޮންމެ މެމްބަރަކަށް ބަލާލީމާވެސް ސަރުކާރަށް ސަނާ ކިޔާ ކޮންމެ މެމްބަރަކަށް ބަލާލީމާވެސް އެނގޭނެ ކޮންމެ މެމްބަރެއްގައި ފައި އަތެއް ނުނީ އިނގިއްޔެއް އޮންނާނީ ރައީސް އޮފީހުގައި. މިއީ ހަގީގަތް. މިއީ މިކަން އޮތް ގޮތް" އާޒިމް ވިދާޅުވިއެވެ.

އެހެންކަމުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާނަމަ މަޖިލީހުގެ ވަކި ވަކި މެމްބަރުންނަށް ރައީސް ސޯލިހު ނުފޫޒު ފޯރުވާ މައްސަލަ ބަލަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު މުހައްމަދު

    މަޖިލީހަށް މެމްބަރުން ހޮވަނީ ރައްޔިތުން . އެއްވެސް ހާލެއްގަ ސަރުކާރު ހިފަހައްޓާ ނަގަހައްޓާކަށް ނޫން. މަޖިިލީހުން ކުރަން ޖެހޭ ކަމަކީ ސަރުކާރުން ފޮނުވާ ބިލްތައް މުޖުތަމައަށް ފައިދާ ކުރަނިވި ރައްޔިތުން ރުހޭ ގޮތެއް ބަލާ އެގޮތަށް އެކަމެއް ކުރުން. އަބަދު ވެސް ފެންނަނީ ނިކަމެތި މީހާ ނިކަމެތި ވާ ގޮތައް ރައްޔިތު މީހާގެ ތަނަވަސް ކަމަށް ހުރަސް އެެޅޭގޮތަށް ތައްގަޑު ޖަހަން ތިބޭ ބައެއްގެ ގޮތުގައި. މިހާރުގެ ހާލަތުން ވިޔަފާރި އެއް ފެށިޔަސް ކުރިޔަށް ދެވޭކަން ނެތް ނަގާ ފީތަށް ގިނަކަމުން. ޢެވެސް އޮންލީ ދިވެހިން. ބޭރު މީހުން ނުޖެހޭ އެއްވެސް އެއްޗެއް ދޭކަށް. މިކަން ބަދަލު ވާން ޖެހޭ.

  2. Ma

    ޑިމޮރުރެޓްސް ސަނާ ކިޔާ މީހުންގެ އިނގިލި، ނޫނީ ފައި އޮންނާނީ ހުޅުމާލޭ ފަޅުގަ އޮންނަ ސަފާރީއެއްގަ 😂

    1
    1
  3. އަބްދޫ

    ތިޔައީ ދައްކަން މާރީތި ވާހަކައެއްނޫން .ޑީއާރުޕީ ގަ ހުއްޓާ ފަޔާއި އިގިލި ރައީސްއޮފީހަށް ވަދެ ނަސީދު ގެ އުނގަށް އެރުނުފަހުން ތިޔައުޅެނީ ނަސީދު ގެ ފަހަތުން ނުނެއްޓުވިގެން ކުރިން އިވުނު ވާހަކަތަކަށް ބުރަވާއިރު ޖީއެމްއާރަށް އެއާޕޯޓް ވިއްކާލިފަހަރު ދުލަށް ނުވަތަ އަނގަޔަށް ނުވަތަ ޖީބަށް ނަމަވެސް ރާހަތެއް ކުރިވާހަކަ އޭރުވެސް ކިޔާ އުޅޭ ކޮންމެޔަކަސް ނަސީދު ގެފަހަތުން ނުނެއްޓެވޭނީ ކޮންމެވެސް ކަހަލަ ދަގައްޕާނެއް ހަރުކުރެވިފަ ހުރީމަދޯ.

    1
    1
  4. ފާއިޒާ އަލީ

    އަދި ކިރިޔާބާ ތިކަން އެނގުނީ، މިއޮށް ހުރިހާދުވަހަކު ސަރުކާރަށް ސަނާކިޔަމުންގޮސް މިއަދު ފިކުރުބަދަލުވީމަ ދުލުން ބޭރުވީ..

  5. އަލީ

    ތީ ހަމަ ސަރުކާރުގެ ޕާޓީގެ މީހެއް މިހާރުވެސް. ހަމަސަރުކާރުގެ ޕޮލިސީތައް އިހައްދުވަހާ ޖެހެންދެންވެސް ގުރާގަނޑެއްހެން ކިޔަމުން ގެންދިޔައީ. މިހާރު މާ ނޫންކަމަށް ހަދައިގެން އުޅޭނެކަމެއް ނެތް، ރަނޑާލި