ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ރާ ބޮއެގެން މަޖިލީހަށް ވަދެ އިން ކަމަށް ތުހުމަތު ކުރުމުން އޭނާ އެކަމަށް ރައްދުދީ އަޑުގަދަކޮށްފިއެވެ.

އާޒިމް ބަނގުރާ ބޯކަމަށް ތުހުމަތު ކުރީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. ޝިފާއު އަށް ރައްދުދެމުން އާޒިމް ފުރަތަމަ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ރާ ބޯކަމަށެވެ. ނަމަވެސް އެހެން ވިދާޅުވުމަށްފަހު ދެން އާޒިމް ވިދާޅުވީ "އިބްރާހިމް މުހައްމަދު ސޯލިހް ރާ ބޮންޏާއި ބޮނީ މަށާއިއެއްކޮށް." ކަމަށެވެ.

މިއަދުގެ ޖަލްސާ ފެށުމާއިއެކު އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވާހަކަދެއްކެވުމަށް ފުރުސަތު ހޯއްދެވުމަށްފަހު ނަމަވެސް ނިޒާމީ ނުކުތާއެއް ހުށަނާޅުއްވައި 20 ވަރަކަށް މިނެޓް ވަންދެން މަޖިލިސް ހުއްޓުވާލާފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ހަސަން ލަތީފް ތަކުރާރުކޮށް އާޒިމް އަރިހުން ނިޒާމީ ނުކުތާ ހުށަހަޅަން އެދިވަޑައިގަތުމުން ވެސް އޭނާ ނިޒާމީ ނުކުތާގައި ފާހަގަ ކުރަން ބޭނުންވާ ވާހަކައަށް ދިއުމުގެ ކުރިން އިތުރު ވާހަކަތައް ދައްކަވައިގެން، ޖަލްސާއަށް ހުރަސް އެޅިއެވެ.

ރައީސް ސޯލިހް ރާ ބޮންޏާއި ބޮނީ އާޒިމް އާއި އެއްކޮށް ކަމަށް އާޒިމް ވިދާޅުވިއިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ދަބަހެއްގައި ދިޔާ އެއްޗެއް ގެންދިޔަ ކަމަށް އާޒިމް އިއުތިރާފު ވުމުން އެއީ ބަނގުރާތޯ އެކި ފަރާތްތަކުން ސުވާލު ކޮށްފައި ވެއެވެ. ނަމަވެސް އެސުވާލަށް އާޒިމް އަދި މިހާތަނަށް ޖަވާބު ދީފައެއް ނުވެއެވެ.

ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް މީގެ ކުރިން ވެސް ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ ތުހުމަތު މީގެ ކުރިން ވެސް ކުރެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އަލީ

    ތީ ހަމަ ތެދަކަށް ވުން ގާތް. ތިތާގަ ތިބޭ ގިނަ އެއްޗެތި އެއީ ރާބޮއި އުޅޭ ހައިވާނުން

    70
    0
  2. ހުސޭނުބޭ

    އިޢުތިރާފް ވެ ދައްކާ ވާހަކައެއް! ވީމާ މި ދެމީހުން ހައްޔަރުކޮށް މައްސަލަ ބަލަންޖެހޭ!

    70
    • އިދުރީސް

      ހުސޭނުބޭ ތިޔާހެން ނުބުނޭ! މަޖިލީހުގެ ތަޅަމުގައި ދައްކާ ވާހަކައާ ކިޔާއެއްޗެހީގެ ހިސާބު ގިޔާމަތް ދުވަހުގައިވެސް ނުބެލޭ ގޮތަށް ގަވާއިދު ހަދާފާ އޮންނަނީ. މިތާދެން ކޮން މައްސަލައެއް ބަލޭނީ.

      32
  3. ަަްްއރ15

    ތީހަމަ މަސްމާރުކޭޓު

    51
    1
  4. ދެބޯގެރި

    އާޒިމުގެ މައްސަލަ ތަޙްޤީޣުކޮށް ޤާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ މެމްބަރުކަމުންވަކިކުރަންޖެހޭ މަސްތުވާ އެއްޗެއް ބޭނުންކުރުމަކީ އިސްލާމް ދީނުގަ ހުއްދަކަމެއްނޫން މެމްބަރަކަށްވިޔަސް ކުށްކޮށް އެކަމަށް އިޢުތިރާފުވީމާ އަދަބިލިބެންޖެހޭ

    51
    1
  5. ބަގޭ

    ރާ ނުބޯ ބީތާއެތް މަދުވާނެ ތި މަތީ މަގާމްތަކުގަ މަޖިލީހުގަޔާ ރައީސްއޮފީހުގަޔާ އެކިއެކި ދައުލަތުގެ އިދާރާތަކުގަ

    47
    1
  6. Anonymous

    އާޒިމު ރާބުއިކަމަށް އެއްބަސްވެއްޖެއްޔާ އޭނާގެގައިގަ ހައްދުޖަހަންވާނެ

    57
    1
    • ކޮވިޑް

      ނޫން ނޫން ތިހެން ތިކަމެއް ނުވާނެ. މަޖިލީހަކީ ކަރާމަތާ އިއްޒަތުގެ ތަނެއް ކަމަށް މި މީހުން ގޮވަނީ . އެތަނުގަ އެމީހުން ބޭނުން އެއްޗެއް ކިޔޭ މުދަލަށް ގެއްލުން ދެވޭ، ޖިނާއީ ކަންތައް ރައްޔަތުން ނަށް ފެންނަ ގޮތަށް ފާޅުގަ ކުރާ ޖަގަހަ އެއީ. ނިކަމެތި މީހާ ފޭސްބްކް ފަދަ ތާކުވެސް ޗުއްޕް ބުނާ އިރަށް ފުލުހުން ތެޅި ފޮޅޭނެ އެމީހަކު ނުހޯދިގެން އެވެސް ނިކަމެތި ރައްޔިތެއް ވިއްޔާ. މީދެއްތޮ މިޤައުމުގެ ހާލަތަކީ؟

      21
  7. ގަލަން

    އަމިއްލައައް އެބޭޒާރުވަނީ

    46
    1
  8. ވިކިލީކްސް

    ވަޒީފާނެތި މަގުމަތީގަ އުޅޭ އާންމު މީހެއް ރާބުއީމަ ހައްޔަރުކުރަނީ؟ ގާނޫނު ހަދަން ތިބި ޕާޓޭއިން ހެޔޮ މަސްތުވާތަކެތި ބޮޑެތި އަދަދުން ޓުރެފިކްކޮށް އެ ބޮއެ ހަދައި އަދި ވިއްކައި އެއިން އާމްދަނީ ހޯދައި ވިޔަފާރީގަ މެކުހަށް ޖެހިޔަސް! އެމީހުން ވީމަ ހަލާލު؟ މެމްބަރު އާޒިމް އާ ޖަލުހުކުމުން ލުއިދީ ގެއަށް ބަދަލުކުރި އަދީބުއާ މެމްބަރު ފަލާހުއާ މެމްބަރު އަސްލަމްއާ ދައުރުހަމަނުކުރެވޭ ރައީސް ނަޝީދު ފަދަ މީސްމީހުން ކިތަންމެ ވަރަކަށް ޑުރަގު ނަގައި ވިއްކިޔަސް މިމީހުން މިވަނީ މާ ތާހިރު ބަޔަކަށް!

    46
  9. އއ

    40 ހަކައް އަހަރު ކުރީގަ ތިގޮތައް އޮރިޔާންވެ އަރާރުންވާމީހުން މިރާއްޖޭގަ އުޅުނު.!

    40
    1
  10. ހަސަދު

    ދުނިޔޭގައި އަގުލާގީ ފެންވަރު ދަށް ބޯގަބަރާ އިން ސަލާމްތް ކުރާ ސުޕުރޭ އެއް އުފައްދާ މިފަދަމީހުންގެ ބޮލަށް ސުޕުރޭ ކުރަން ފެނޭ.

    28
    1
  11. ރޮދި

    ބޮއެފަ ބަހަށްޓާ...... އަހަރެމެނަށް ކޮންކަމެއް

    25
    4
  12. އޭނަ

    ކޮބާ ކޮބާ ކޮބާ މިހިރަދަނީ ހުރިހާކަމެއް ފަޅާއަރަމުން ކަންކަން ފަޅާއެރިވަރަކަށް ސޯލިހުގެ ތަހުގީގު ހިންގުމަށް ވަރަށް ފަސޭހަވާނެ މިހެންވެގެން ބުނަނީ ބޮޑުދެގެރިތަޅަންޏާ ކަށްގަލަށް ބާރުކުރާނެއޭ ފަހުވަގުތު އިބުރެ ސަލާމަތްވާނެކަމުގެ އުއްމީދެއް ނެތް ވަރަށް ދެރަ.........!!!؟؟؟

    39
    3
  13. މިފަދަ މީހުންގެ މައްސަލަ ބެލޭނެގޮތެއް އޮންނަންޖެހޭނެ

    މަޖްލިސް ތަޅުމުގައި ދައްކާ ވާހަކަ ތަކާއި، ކުރާ ނޭދެވޭ ކަންކަން ބެލި ކުށްވެރިވާނަމަ އަދަބު ދެވެންޖެހޭނެ ގޮތެއް އޮންނަން ޖެހޭނެއެވެ. މަޖްލިސް ތަޅުމަކީ ސާފުޠޯހިރުކޮށް ބާއްވަންޖެހޭނެ ތަނެކެވެ. މަޖްލިސް މެމްބަރުން ތިބެންޖެހޭނީ، އެކަކު އަނެކަކާއި ކިތަންމެ ޚިޔާލު ތަފާތުވިޔަސް ރިވެތި އަޚްލާޤުގެ މަތީގައެވެ.

    12
  14. Anonymous

    އިޔާޒޫ ވެރިމީހާއަށް ދަންނަވާ ޙައްދު ޤާއިމް ކުރުމަށް. ބުނެފައި އޮތީ ޢިލްމުވެރިންގެ އަޑުއަހާ ވެރިއެކޭ

    18
  15. Anonymous

    ރީތި ފަސްބައި ތިޔަބަޔަކާއި ގުޅޭ ހިސާބުން ކިލަނބުވެ

    10
  16. އަބޫ

    ފަތް ލައްޕާލާފަ އޮންނަ ތަނެއްގަ، ކުރާ ހުރިހާ މުޑުދާރު ޢަމަލެއްގެ ވާހަކަވެސް ދައްކަންވީތާދޯ؟

    10
  17. Anonymous

    މިމީހުން އަދި ފަޅާއަރުވާނެ މިވެރިކަން އިބޫސާލިހަށް ނަގައިގެން އުޅެނީ ކޮންފަދަ މަކަރުތަކެއް ހަދައިގެންކަމާއި އީސީ ޝަރީފަށް ދިންހާ ރިޝްވަތާއި ރިޝްވަތުދިން އައްދާރުންގެ ވާހަކަވެސް، މިއީވެސް އެރޯލުކުޅުމުގެވެސް ބައިވެރިންވިއްޔާ، އެހިސާބަށް ވަރަށް އަވަހަށް ދިއުމުގެ ކޮޅުމަތި މިއީ ###

    11
    1
  18. ކޮތަރު

    ގައުމީ ގެރިކޮށި. ކުރިއަށް ގެންދޭ ގަދައެއްޗެއް ދުނިޔޭގަ އޮންނާނީ.
    ދެރައީ މިމަންޒަރު ތަކާ އަޑުތައް އަހަރުމެންގެ ތުއްތު ކުދިންނަށް ފެނި، އިވި އެކުދިންގެ ބަސްމަގާ އުޅުމަށް މިކަމުގެ ނުބައި އަސަރުކޮށް އެކުދިންގެ އަޚްލާޤް ގޯސްވެ ދިވެހި މުޖްތަމަޢް ހަލާކުވެދާތީ.

    13
  19. ހައިރާން

    އަމިއްލައަށް އިޢުތިރާފުވުން. ތި އެއްޗެއް ބޯ މީހާ އަމިއްލައަށް ބޯ ކަމަށް އިއުތިރާފުވީމާ އިތުރަށް އިއުތިރާފުވޭތޯ ކުރަންވީ ތަހްގީގެއް ނެތް.

  20. Anonymous

    މިހުރީ ސަތޭކަ އިންސައްތަ އިސްލާމީ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހު މެންބަރުންގެ ބަސްމަގު ހުންނަ ގޮތް. ދެންވެސް މިފަދަ ދެއުޅިއެއް ނުވާ ނާޤާބިލް މީހުން މަޤާމުތަކަށް އިންތިޚާބުކުރަންވީ. އޭރުން ޤައުމު ކުރިއަރާނެ ތޯއްޗެއް.

    10
  21. މެދުހެންވޭރުސަލަމް

    މިވަރުގެ މީހުން ހެންވޭރު ރައްޔަތުންމި ހޮވަނީ މަޖިލީހަށް
    މިވަރުގެ ލަދުހަޔާތް ނެތިގެން އުޅެން ހެޔޮނުވާ
    މަޖިލީހަކީވެސް ސަރުކާރުގެ އޮފީހެއް މަޖީލީހުގައި އައުގުރާނަ ގޮވާ މުދަލަށް ގެއްލުން ދެނީވިއްޔާ ރައްޔަތުން މިހާއަށްވެސް އޮފީސްތަކަށް ވަދެ ހަޅޭއްލަވަ ތަކެއްޗަށް ގެއްލުން ދެވޭނެތާ.

  22. އިބްރާހިމް

    އަލީ އާޒިމް ހައްޔަރުކުރަންޖެހޭ. ހައްޔަރު ނުކުރާނަމަ އެކަމުގައި ރ އިބޫ ވެސް ބައިވެރިވާކަމަށްވާނީ.

    10
  23. ޙައްވަ

    އެހެންވިއްޔާ އާޒިމަކީ ރާބޯމީހެއްތާާ

  24. ޝާޕް

    ބަނޑު ފުރެންދެން ރާބޮއެ ގަދަށް އޫރުމަސް ކައިގެން ދެލޯ ކަޅިއަރުވާފަ ބައްޓާފަ ކަރައް ބާރު ޓައި އަޅައިގެން މަސްތުވާތަކެތި ބޮއެގެންތިބެ މަޖިލީހަށް އައިސް ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވަކާލަތުކުރާ މީހުންނަށް ވޯޓު ދޭ ރައްޔިތުން ވަކި ސަހަލުތޯއެވެ.

  25. ތިމަންނަ

    ތެދު ތެދަށް ދަންނަވާނަމަ ދަންނަވަން ޖެހެނީ "ތިޔަ ވައްތަރުގެ މަޖިލީހެއް" މި ގައުމަކަށް ބޭނުމެއް ނުވެޔޭ....

  26. ޔީހުލް

    މާ ބޮޑޭވެލާފަ ރާބުއީމޭ ކިޔާ މުޅި ދުނިޔެއަށް އަމިއްލަޔަށް ބޮޑާވެރިކަމާ އެކު ތިޔަ އިސްތިހާރުވަނީ ކަލޯ ތީ ކިހާ ބާރެއް ހުރި މީހެއްތޯ؟ ﷲ ގެ ޙަޟްރަތުގައި ހުއްޓީ ހުންނަން ޖެހޭނެ ވަގުތު އަންނާނެ ކަމާމެދު ޝައްކުވަނީތޯ؟

  27. ބޮލުރޮދިކެނޑިކަތިވަޅިގެއްލި

    ހުރި ހަލާކެއްގެ ބޮޑުކަމާ

  28. Anonymous

    އަބަދު ހަމާގަ ތިބޭކައް ނުޖެހޭނެ މަޖިލީސް މެންބަރު..

  29. ކެޔޮޅު

    އަބަދު ހަމާގަ ތިބޭކައް ނުޖެހޭނެ މަޖިލީސް މެންބަރު..

  30. ކެޔޮޅު

    އަބަދު ހަމާ.