ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އާއިލާއަށް ސިޔާސީ ހަތަރު ވަޒީފާ ދީފައިވާ ކަމަށާއި އޭނާގެ މައްސަލަ ކޯޓުުގައި ވެސް އޮތުމުން ސަރުކާރުގެ ދިފާއުގައި އުޅުން ނޫން ގޮތެއް ނެތް ކަމަށް މަޖިލިހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުނު ތަނާ ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައިގައި ބަހުސްގައި އާޒިމް ވިދާޅުވީ ޝަރީފް މައްސަލަ ހުށަހެޅުއްވީ ސަރުކާރުގެ ފިއްތުންތަކާ ހުރެ ކަމަށެވެ.

އެގޮތުން ޝަރީފްގެ އާއިލާއަށް ހަތަރު ސިޔާސީ ވަޒީފާ ދީފައިވާ އިރު، އޭނާގެ މައްސަލަ އޭސީސީންނާއި ފުލުހުންވެސް ތަހުގީގު ކުރަމުންދާ ކަމަށާއި އަދި ކޯޓަށް ވެސް މައްސަލަތައް ހުށަހަޅާފައި އެބައޮތް ކަމަށް ވިދާޅުވިއެވެ.

"އެކަންކަމުން ސަލާމަތްވާން ތެދުވެ މި ކަހަލަ ކަންކަން ކުރަން މިއަދު މަޖުބޫރު" އާޒިމް ވިދާޅުވިއެވެ.

އާޒިމް އެގޮތަށް ވިދާޅުވުމުން ޝަރީފް ރައްދުގައި ވިދާޅުވީ ވަގުން ވަގަށް ގޮވީމަ ކަމަކު ނުދާނެ ކަމަށެވެ.

"އަލީ އާޒިމްއަކީ ބޭންކް އޮފް މޯލްޑިވްސްއިން 100 މިލިއަން ރުފިޔާ ނަގައިގެން، [ދެން] ވަހީދުގެ ވެރިކަމުގައި މާފުކޮށްދީފައި ހުރި މީހެއް. އަޅުގަނޑުގެ މައްސަލައެއް ނޯންނާނެ ފުލުސް އޮފީހަކު. އެއާ ހިލާފަށް އެމިނިކުފާނުގެ މައްސަލަ އޮންނާނެ ފުލުސް އޮފީހުގައި. " ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިމްތިޔާޒްގެ މައްސަލަ ހުށަހެޅީ ސަރުކާރުގެ ނުފޫޒުން ނޫން ކަމަށާއި އަދި އަމިއްލައަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    މަވޯޓާ ހުށަހެޅިޔަސް ހަގީގަތަކީ ނަސިދު ވަނީ މަޖިލީހުގެ އިމްތިޔާޒަށް އަރއިގަނެ ނެތް ބާރުތަކެއް އަތަށް ނަގާފަ 5.2.2012 ގަ ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގިކަމަށް ލިއުނުލިއުން މިހާރުވެސް މަގޭއަތުގަ އެބައޮތް. މިހާރު ލިޔެފަ ނެތަސް ނަސީދަކީ ގައުމުގެ އެއްވެސް ކަމެއްހަވާލުކުރަން ހެޔޮވާ މީހެއްނުން.

    9
    8
  2. ނަނާ

    މަވޯޓާ މިއަދު ކަލޭމެންނަށް ބޭނުންގޮތަކަށް އުޅެލެވިދާނެ. މި ނޫން ދުވަހެއް އޮތީ ދާދި ކައިރީގައި.

    26
    1
    • ޙަސަނާ

      އިސްލާމް ދީނުގެ ހުކުމްތަކަށް ހަޖޫކިޔައި ދީނަށް ފުރައްސާރަކުރާ މީހަކަށް ތަބާވެގެން އުޅޭ މީހުންނަކަށް އެ ދުވަހެއް ނާންނާނެތަ؟

      1
      1
  3. ވާނުވާ

    ތިޔަތާކު ނެތް ސަހަލު އެކަތި ވެސް. ޒީރޯ ޓޮލޮރެންސޭ ކިޔާފަ އައިސް ވައްކަން މެކުހަށް ޖަހާފަ ހުރީ