މިދިޔަ އޮކްޓޯބަރު މަހުގައި ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ވިދާޅުވެއްޖއެވެ

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 863 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • - ވައްކަން ކުރުމުގެ 294 މައްސަލަ
  • - ޓްރެފިކް އެކްސިޑެންޓު 122 މައްސަލަ
  • - މުދަލެއް ގެއްލިގެން 35 މައްސަލަ
  • - މަކަރާއި ހީލަތް ހެދުން 81 މައްސަލަ
  • - ޖިންސީ ގޯނާގެ 15 މައްސަލަ
  • - އަނިޔާ ކުރުމުގެ 41 މައްސަލަ
  • - ގެވެށި އަނިޔާ 8 މައްސަލަ
  • - ފޭރުމުގެ 24 މައްސަލަ
  • - ފޯޖް ކުރުމުގެ 9 މައްސަލަ
  • - މަސްތުވާތަކެއްޗާ ގުޅޭ 111 މައްސަލަ
  • - ޗެކް ބައުންސް ވުމުގެ 1 މައްސަލަ
  • - އެއްޗިހި ގެއްލުމުގެ 122 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.