ޓްއަރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނަ ތޮއްޔިބު ޝަހީމް މިއަދު ޓްވިޓާގައި އާއްމުކުރި ވީޑިއޯއަކާއި ގުޅިގެން އޭނާ އަށާއި ސަރުކާރަށް ގިނަ ބަޔަކު ފާޑުކިޔަމުން އެބަގެންދެއެވެ.

ތޮއްޔިބު މިއަދު އާއްމުކުރި ވީޑިއޯއަކީ ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާ އިން ބާއްވާ އެންމެ ބޮޑު ފެއާ، ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވުމަށް އިނގިރޭސިވިލާތައް ގޮސް ނަގާފައިވާ ވީޑިއޯ އެކެވެ. ވީޑިއޯ ނަގާފައި ވަނީ ޑަބްލިއުޓީއެމްގެ ރާއްޖޭގެ ސްޓޯލްގައި ހުރެއެވެ.

ތޮއްޔިބުގެ ވީޑިއޯ އާއި ގުޅިގެން ޓްވީޓް ކުރި ބައެއް މީހުން ބުނީ ގާބިލް ނޫން މީހުންނަށް ދައުލަތުން ބޮޑު މުސާރަ އާއި އަދި އޭގެ އިތުރުން ޔޫރަޕްގެ ދަތުރުތައް ދިނުމުން ދެން ފެންނަން ނުޖެހޭ އެތައް މަންޒަރެއް ފެންނާނެ ކަމަށެވެ. އެވީޑިއޯ އަކީ އެކަމުގެ ހެއްކެއް ކަމަށް އެމީހުން ބުނެއެވެ.

ފަސް ހާހެއްހައި މީހުން ބަލާފައިވާ ވީޑިއޯގައި ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް" ވެސް ލިޔެފައި ވެއެވެ. އެކަމަށް އިޝާރާތްކޮށް ކޮމެންޓް ކުރި މީހަކު ބުނީ "ހެޔޮނުވާނެ ތިވީޑިއޯތަކުގައި ރާއްޖޭގެ ޓްއަރިޒަމް ސްލޯގަން ބޭނުން ނުކުރުމަށް" އެދޭކަމަށެވެ.

އިތުރު މީހަކު ބުނީ ރައްޔިތުންގެ ޓެކްސް ފައިސާ ސަރުކާރުން ހަރަދު ކުރަނީ މިފަދަ ނަތީޖާއެއް ނުނެރެވޭނެ ގެއްލުން ހުރި ކަންކަމަށް ކަމަށެވެ. "މީނަ ޔޫރަޕްގައި އަޗާތަޅަން ހަރަދު ކުރަން މިޖެހެނީ ނިކަމެތި ރައްޔިތުން. އެމީހުންގެ ޓެކްސް ފައިސާ ހަރަދު މިކުރަނީ މިފަދަ މީހުން ޕާޓީ ކުރަން." އޭނާ ބުންޏެވެ.

އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަނެއްކާވެސް ޓެކްސްތައް ބޮޑު ކުރަން ނިންމާފައި ވާއިރު އެފަދަ ނިންމުންތައް ނިންމުމަށްވުރެ ތޮއްޔިބު މެންފަދަ މީހުންނަށް ހަރަދު ކުރުން ހުއްޓާލުން މާރަނގަޅު ވާނެ ކަމަށް އެހެން މީހަކު ބުންޏެވެ.

ތޮއްޔިބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓްވިޓާގައި އެމްޑީޕީ ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް ކުރި މީހެކެވެ. އެދުވަސްވަރު ވަރަށް ގިނައިން ދޮގު މައުލޫމާތު ހިމެނޭ ޓްވީޓްތައް އޭނާ ކޮށްފައި ވެއެވެ. އޭގެތެރޭގައި ސިނަމާލެ ބުރިޖުގެ ތަނބުތައް އަޑިއަށްދާ ވާހަކަ އާއި ހެލިކޮޕްޓަރުތަކެއްގައި ގިނަ އަދަދެއްގެ ޑޮލަރު ގެނެސް އެމްއެމްއޭއަށް ވެއްދި ވާހަކައަކާއި އެޗްއެންވަން ފެތުރި ގިނަ ބަޔަކު މަރުވިއިރު ސަރުކާރުން އެކަން ސިއްރު ކުރި ކަމަށް ބުނެ ތޮއްޔިބު ކުރި ޓްވީޓް ފާހަގަ ކުރެވެއެވެ.

ތޮއްޔިބު ޓްއަރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އައްޔަން ކުރީ 2020 ވަނަ އަހަރު އެވެ. އެވަޒީފާގައި އޭނާގެ ޒިންމާއަކީ ކޮބައިކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަވާސާ ހާދިސާ

    މިސަރުކާރުގަ ގިނައީ މިތޮއްޔިބުފަދަ ނާގާބިލު ނާގާބިލު ނާގާބިލު މީހުން،

    16
  2. ސޭބޯ

    މީ އެއްވެސް އުރަތްޕެއް ހުރިމީހެއްނޫން ލަޑަޔާވާނީ ލަޑަޔާ، ކޮންމެ ތަނަކުންވެސް ވައްކަން އުޅޭނެ ނޫޅޭނެގޮތެއް ނެތިގެން އުޅޭ ސޮރެއް.

    12
  3. ޓ

    މިއީ ހިންދީ ފިލްމް ކުޅޭ ޖޮނީ މިވަރު ތޯ

  4. މެކޭ

    ރައްޓެއްސެކޭ ބުނަން ވެސް ލަދުގަނޭ ... އަހަރެން ހީވެސް ނުކުރަން މީ ސިކްނޑީގަ ތެތްކަމެއް ނެތް އިންސާނެއް ކަމަކަށް. ލަދުން ބޯހަލާކު..

  5. ހޭބައްޔެއްނު

    ގަމީސް އިސްތިހާރެއްތަ؟