މަސްތުވާތަކެއްޗާއިއެކު ޕާޓީ ކުރަމުން ދަނިކޮށް ހައްޔަރުކުރި 12 މީހުން ކޯޓަށް ހާޒިރުކޮށް އެމީޙުންގެ މައްޗަށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއެކު ޕާޓީކުރަމުން ދިޔަ 12 މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ މައްޗަށް ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލާގައި ހައްޔަރުކުރި 37 އަހަރުގެ އަންހެން މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، 31 އަހަރުގެ އަންހެން މީހާގެ މައްޗަށް 30 ދުވަސް ވަނީ ޖަހަފައެވެ. އަދި 27 އަހަރުގެ އަންހެން މީހާގެ މައްޗަށް ތިން ދުވަސް ޖަހާފައިވާއިރު، 26 އަހަރުގެ އަންހެން މީހާގެ މައްޗަށް ހަތް ދުވަސް ޖަހާފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި އުމުރުން 38 އަހަރުގެ ފިރިހެން މީހާގެ މައްޗަށް 30 ދުވަސް ޖެހިއިރު، 34 އަހަރުގެ ފިރިހެން މީޙާގެ މައްޗަށް ފަސް ދުވަސް އަދި 36 އަހަރުގެ ފިރިހެން މީޙާގެ މައްޗަށް ފަސް ދުވަހުގެ އިތުރުން އުމުރުން 23 އަހަރުގެ ފިރިހެނުންގެ މައްޗަށް 30 ދުވަސް ޖަހާފައި ވެއެވެ، އޭގެ އިތުރުން، 26 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކަކަށް 15 އަދި އަނެކަކަށް ފަސް ދުވަސް ޖަހާފައި ވެއެވެ.

މީގެ އިތުރުން މި މައްސަލާގައި ހިމެނޭ 27 އަހަރުގެ މީހާގެ މައްޗަށް 15 ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް 12 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލި ހުނޭޝާ އާދަމް ނަސީރު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ގިނަ ފިލްމުތަކެއް ކުޅެފައިވާ ފިލްމީތަރި މަރިޔަމް ރިޝްފާ ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ހިންގި މިއޮޕަރޭޝަނުގެ ތެރެއިން ގާތްގަނޑަކަށް ކިލޯއަކާއި ގާތް ކުރާ އަދަދަކަށް މަސްތުވާތަކެތީގެ އެކި ވައްތަރުތައް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުނު ކަމަށާއި އެމީހުންނާއި ދެކޮޅަށް ހުރި ހެކިތަކުގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުސަން

    އެންމެން ޖަލައްދުއްވާލާ ތީ އިންޑިއާގެ ޕޮލިހުން
    ނަމަ ސެލެބްރިޓީންގައިގެ ދަޑިންތަޅަންވެސް ފަސް
    ވެސްނުޖެހޭނެ

    7
    3
    • ހެހެ

      .ތިމީހުންނައް އެއްކަމެއްވެސް އެެއައްވުރެ ތިމީހުން ބާރުގަދަވާނެ

  2. Anonymous

    ހައްޔަރުކުރުމާއި ދޫކޮއްލުން އެއީ ދެކަން. މި ސަރުކާރުން މި ހަދާ ގޮތަކީ ނިކަން ރީއްޗަށް ހައްޔަރުކޮއްލަނީ. (އެއީ ޕާޓޭން) ދެން އަނެއްކާ ވަގުވަގުން، ވާތްފަރާތުން، މަޑުމަޑުން އެކަމަކު ހަމަކަށަވަރުން ދޫކޮއްލަނީ. ޝައްކެތްނެތް. މިހެންވެގެން މިކަމެއްް ނުހުއްޓުވޭނެ. އަދި ކިއެއްްތަ.އެކަން ދާނީ އިތުރަށް ފުޅާވެ، އުދާސްވަމުން

  3. ޔ.ރަސީދު

    ޚާއްސަ އޮފަރޭޝަނެކޭ ކިޔައިގެން މާލެ އާއި އައްޑޫގައި އިއްޔެ މިޖައްސަންފެށި އިސްޓަންޓަކީ އިދިކޮޅުޕާޓީގެ ލީޑަރު ރައީސް އަބުދުﷲޔާމީން ޢަބުދުލްގައްޔޫމު އައްޑުއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް އައްޑޫން ދެންނެވި ހޫނު މަރުހަބާ މިބޭކަލުން މެޔަށާއި ލަގޮޑިއަށް އައި ލޮލުން ކުޑަކޮށް ރައްޔިތުންގެ ހިތްތަކުން އެކަން ފޮހެލުމަށްޓަކައި ކުރިކަމެއްގެ ގޮތުގައި ބެލެވެއެވެ. ފާޅުގައި ޖިންސީ ގުޅުން ހިންގައިގެން ހައްޔަރުކުރި މީހާގެ ދޫކޮށްލީ ސާބިތުވާވަރަށް ހެކިނެތިގެންނޭ ބުނެފަ. އެކަމަކު ހައްޔަރު ކުރީ އެވިޑެންސް އެބަހުއްޓޭ ކިޔާފަ. ދިވެހިން މިބޭކަލުންގެ ސްޓަންޓް ވަރަށް ރީތިކޮށް ދަސްކޮށްފި. އެކަމަކު އެކަމެއް މިބޭކަލުންނަކަށް ރޭކާލާކަމަކަށް ނުވޭ. މިސަރުކާރު އައްޑުއަތޮޅާއި މެދު މިހާރުވެސް ދެކެނީ އެންމެ ކުރީއްސުރެވެސް މައުމޫނުގެ ޒަމާނުގައި ފިނިހަކަ ދުވެލީގައި ކަޑަ ޖަހައިގެން އައްޑޫމީހުން އޮބިއަޅައިގެން ތިބޭގޮތަށެވެ. ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކުވެސް އައްޑޫ ރައްޔިތުންގެ ޚާއްސަކޮށް ޒުވާންގެ ވިސްނުމާއި މެންޓަލިޓީއަށް އަންނަ ބަދަލާއިދޭތެރޭ މިސަރުކާރުން އެއްވެސް ވަރަކަށް ވިސްނަމުންދާ ތަނެއް ނުފެންނެއެވެ. އެކަމަކު އައްޑޫ ކުދިބޮޑު އެންމެން މީގެ ކުރިން ޕާޓީރޫހުގައި ޖަޒުބާތުޖެހިގެން އުޅުނުގޮތް ދޫކޮށް އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް ތަރައްގީގެ ސިޔާސަތަށް އިސްކަން ދޭގޮތައް މިހާރު އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނެސް ފައިވާކަން ރައީސް ޔާމީނުގެ އެންމެފަހުން އައްޑުއަށް ކުރެއްވި ދަތުރުން ފާހަގަ ކުރެވެއެވެ.

    8
    4