ރާއްޖޭގެ މަޝްހޫރު ބަތަލާ އައިމިނަތު ރިޝްފާ ހައްޔަރުކޮށްފައި ވަނީ ގިނަ ބައެއްގެ މެދުގައި ރޭވިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ކޯޓުގައި ވިދާޅުވެއްޖެއެވެ.

މާލެ އާއި ހުޅުމާލޭގައި އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ކުރަނިކޮށް މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ރިޝްފާ ހިމެނެއެވެ. އެ މައްސަލައިގައި 12 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ.

އަދި ރިޝްފާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.

ފުލުހުން ރިޝްފާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރި ކުރުމުގެ ތުހުމަތެވެ.

އިއްޔެ ކޯޓުގައި ފުލުހުންގެ ފަރާތުން ވިދާޅުވެފައި ވަނީ ރިޝްފާ ހައްޔަރުކޮށްފައި ވަނީ ގިނަ ބައެއްގެ މެދުގައި ރޭވިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ކަމަށް އައިއޯ ވިދާޅުވެފައިވާއިރު، ދިފާއުން އޭނާއާއި ކަމާ ގުޅުވާލެވޭ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ހައްޔަރު ކުރި ތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވިދާޅުވި ކަަމަށެވެ.

"އަދި މިއީ ބަޔަކާއި ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދިޔައިރު އެތަނުގައި މީނާވެސް ހުރިކަމަށް އައިއޯ ބުނެފައިވޭ". ރިޝްފާގެ ބަންދު އިތުރު ކުރުމަށް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވެއެވެ.

ރިޝްފާއެކު ހައްޔަރު ކުރި މީހުންނާއި ގުޅުން އޮންނަ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކުންނާއި ހުޅުމާލޭގެ ހިޔާ ފްލެޓަކުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ. އެގޮތުން ގާތްގަނޑަކަށް ކިލޯއެއްގެ ޕާޓީ ޑްރަގްސް ފުލުހުންނަށް ފެނުނު ކަމަށް ވެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ކެނަބިސް އާއި މެތު އަދި ވީޑް ވެސް ދެއެޕާޓްމަންޓުން ފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޔޫސޭ

    ކިލޯކިލޯއިން ހަކުރުހަނޑުފުއްތަ އަޅެ ތީ؟ ރިޝްފާމެންވެސް ދިރިއުޅުމަށް ހަރުދަނާ މަސައްކަތެއްވެސް ނުކުރޭ. ތެޅިބާލަނީ ބޮއިބޮއިގެން. ޒީނަތު ނިއުމާ މަލް، މިހަމަ ތިބާގައިގެ މީހުން. !!

    53
    2
    • އިރާޖު

      މަސްތުވުމަކީ ބައްޔަކައް ހަދާފަ ސަރުކާރުން އޮންނަނީ. ބޯމީހުންގެ ދުއްޕާނުން އާއިލާތަކާ މުޖުތަމައުއަށް ސަލާމަތެއްނެތް. އާއިލާމީހުންގެ ރުފިޔާކޮޅުވެސް ނަގާ. މަސައްކަތެއް ނުކޮއް އެހެން މީހުން ފެލައިގެން ބޯ އެތައް ބަޔަކު އުޅޭ. ބޯމީހުންނައް އެންމެ ރަގަޅު އަދަބު ދިނީ ފިލިޕިންސުގެ ރައީސް. އެގޮތް ހެދީމަ މި ގިލަންވެރިކަން ފިލާނެ!

      މައްސަލައަކީ މަސްތުވާ އެއްޗިއްސް ވިއްކުމުގެ ފަހަތުގައި ތިބީ ބާރުގަދަބައެއް!! ރިސޯޓުމަހުޖަނުންނައް ވުރެ އެމީހުން މުއްސަދި. ޓެކްސެއްވެސް ދައްކާކަށް ނުޖެހޭ. ކިޔަނީ އީޒީ މަނީ!! އެވެރިން ހުއްޓުވޭވަރު ވެރިއަކުވެސް ފަނޑިޔާރަކުވެސް މިތާކު ނެތް!!

  2. Anonymous

    ތި ބައިގަނޑު އުމުރައް ޖަލުގަ ބަހައްޓަން ޖެހޭ

    50
    2
    • ޒުރާ

      މިދެން ކޮންބައެއްތަ؟ ހަކުރުބޯ ޕާޓޭން ނޫސްތަކުންވެސް އެކްޓަރުންނޭ ކިޔައިން އިސްތިހާރުކުރަނީ. ދޭ ހޭވް ނޯ ޑިސިޕްލިން. ނޯ ޝޭމް.

      15
  3. ުޔތު

    ކޮބާ ރިޝްފާގެ ފޮޓޯ. ފޮޓޯ ކޮބައިހޭ؟

    22
    3
  4. މުހަމްމަދު ބޮރިސް

    ފިލްމީ ދާއިރާގަ އުޅެނީ އިންސާނުންނޭ ކިޔަންވެސް ލަދު. ހަމަ އާލާތުން. އެތަން މިތަނުން ބޮއިގެން ހަށި ކުއްޔައްދީ ޕާޓީ ހަދާ ނަފްސު ހަލާކު ކުރުމަށް މެކުހަށް ޖަހާފަ. ކިހާ ދެރަ ދޯ

    42
    3
  5. ހުސޭނުބޭ

    ޑްރަގް ނެގުމަކީ ބައްޔެއްކަމަށް ހަދައިގެން ފަރުވާ ދިނުމުގެ ޕޮލިސީ ތިއޮތީ ފަނުފުލުން ގޮސްފައެއްނު! ތިއީ ބައްޔެއްކަމަށްވަންޏާ މިހާރު ދެން ތިކަމަށް އިންޖެކްޝަނެއް އުފައްދަން ވެއްޖެއްނު

    41
    2
    • ބޯހަލާކު

      އަދި ވެސް ބަތަލާ ޔޯ.. މަޝްހޫރު ވާނެ ގޮތެއް ނޭނގިގެން އުޅެނީ..މާދަމާ ދޫކޮށް ލާއިރަށް ކޮންމެވެސް ޓީވީ ޝޯއަކަށް އަރުވާނީ ފިސާރި ކަނބަލުންނޭ ކިޔާފަ..ދެ ދުވަސް ވާނި ތިބޭނީ ދޫކޮށް ލާފަ....

      42
    • ބޯޗޭ

      އަދަބު ނުދީ ބައްޔަކައް ހަދަނީ މިހާރު. އެހެން ހެދީމަ އެހެން މީހުންނައް ހުރިހާ ދުއްޕާނެއް

      33
      1
  6. Anonymous

    ނިކަން ސާބިތު ކޮއްލަބަލަ ، އޭނާ މިނިވަންކުރޭ ތިކަން ސާބިތެއް ކޮއްނުދެވޭނެ. ތިޔަ މަންޖެ ހަޑިވެދާނެ ކުޑަގޮޅީގަ އޮތީމަ.

    15
    14
  7. ކޮންކަމަކަށްތަ މަޝްހޫރީ އޭނަ

    މަޝްހޫރީ ކިހިނަކުން. މަށެއް އަދި އަޑެއްނާހަން މީނަގެ ވާހަކައެއް. މަޝްހޫރު މީހުންގެ ވާހަކަ މަ އަޑުއަހަން. ޝީލާ ޝިރާނީ މަރިޔަމް ނިޝާ އައްޒަ ނިއުމާ ސުނީތާ މިމީސްމީހުން މިއީ މަޝްހޫރު މީހުން. ތިކިޔާ ރިޝްފާޔަކު މަށަކު ނުދަންނަން ހަމަގައިމުވެސް

    17
    5
  8. ނަސީރު

    މައުމޫނު ދުވަސްވަރު ހަދާހެން މިވެރިންގެ ފިލުމާއި ލަވަ ދެއްކުން ބޭން ކޮއްލަންވީ. ހަކުރު ވިއްކާ އަދި ބޯ ޑަކައިތިން އަހަރެމެންގެ ދަރީންނައް ދަށްކާކަށެއް ބޭނުމެއްނޫން.

    20
  9. ޢަލީ

    ރެޑް ހޭންޑުކޮއް ކުށުގެ ވެށީން ހިފީމަވެސް އަދިވެސް ތުހުމަތުތަ ކުރެވެނީ. މި އެންމެން މާބޮޑު ކަމެއްނުވެ އަނެއްކާވެސް މުޖުތަމައު ތެރޭ ހަމަ ކުރިންވެސް އުޅުނުގޮތައް އުޅެން ދޫކޮއްލާނެކަމުގެ ހެކި މިފެންނަނީ. މިހާރު ރާއްޖޭގައި ކިތަންމެ ޖިނާއީ ކުށެއް ކުރިޔަސް އެއްވެސް މީހަކަށް އެކަށީގެންވާ އަދަބެއް ނުދޭ. މިއީ ކުރިއަށް އޮތް ތަނުގައި މިގައުމު މިހާރަށްވުރެ ބޮޑަށް ހައްދުންނައްޓައި ފިތުނައިގެ މައްޗައް ފިތުނަ ވިހައި މިތާގަ ދިރިނޫޅެވޭ މިންވަރަށް އާންމުހާލަތު ފަސާދަވާނެކަމުގެ ނިޝާނެކެވެ. ޮ

    18
  10. Anonymous

    "މެހުނު ނަމަ ދީނާ ޚިލާފުވި ގޮޅިޔަކަށް
    ލުހިނެގެންވީ ފަލަ އެ ހެރުނީ ކަށްޓަކަށް
    ކޮންމެ ނުރަނގަޅު ސިފަޔަކުން ތިޔަ ފެންދެނީ
    ފެންނަހެން ދިރި ރޯވެދާނޭ ކަށްޓަކަށް
    ބަސްވިކޭ ނަމައީ ނަސޭހަތްތެރިވަމޭ
    ގަސްތުގައި ނާރާށެ ފެނިގެން ކަށްޓަކަށް"

  11. ރިއް

    ތިޔަ ސާބިތުވާނެ އެއްގޮތެއްވެސް ނޯންނާނެ. އޭނާގެ ރުފިޔާ ތިޖޫރީ ތިޔަ މީހުންނަށް ދައްކާލީމަ ތި ހުރިހާ ކަމެއް ނިމުނީ. ތި މީހުންނަކީ މަނީ ޕު... ގެންގުޅޭ މީހުން. އެ ހުރިހާ ކަމެއް އޮއްބާލާނެ.

  12. ކުޗުކުޗު ގުބޯބބބ

    ތިޔަތިބި ނަލަ ކުދިން ކިހިނެތްތަ މިއުޅެނީ...އެހެންކަމެއްކުރާނަމަދޯ ދެއަންބަަށް އިންނަންވެސް ރަނގަޅޭދޯނނނނނ

    1
    2