ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ/ހިޔާލީ ޝަހްސިއްޔަތެއް ކަމަށެވެ.

ހަސަން ކުރުސީ އަކީ ނަޝީދުގެ ތޮބިއްޔަށް ބަޔާން ނުކޮށްދޭ ޝަހްސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށާއި ނަމަވެސް ހަސަން ކުރުސީ އަކީ ޖިސްމާނީ ގޮތުން ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ލިޔުމަކުން އުފެދުނު ޝަހްސެއް މިދަރަޖައަށް ދިރިގެންދާ ކަމީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ނަމަވެސް ހަސަން ކުރުސީގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިރު ކުރަނީ ހަމަކަށަވަރުން ވެސް ނަޝީދު ނޫން” ނަޝީދުގެ ޓުވިޓުގައި ވިދާޅުވިއެވެ.

ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުން ގެންދަނީ އާއްމުކޮށް ވާހަކަ ނުދެކެވޭ ބައެއް މައުލޫތަކަށް ވެސް ވާހަކަ ދައްކަމުންނެވެ. އޭގެތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ނަޝީދު މީގެ ކުރިން ވެސް ވަނީ އޭނާ އަކީ ހަސަން ކުރުސީ ނޫން ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ އެކައުންޓުން ޓުވިޓެއް ކުރާ ކޮންމެ ފަހަރަކު އެތައް ބަޔަކު އަންނަނީ އެއީ ނަޝީދު ކަމަށް ބުނަމުންނެވެ.

އެގޮތުން ޓްވިޓާގައި ހަސަން ކުރުސީގެ ނަމުގައި ޓްވީޓް ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން ފަޅާއަރާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަން (ރޮޒޭ) ވަނީ ވިދާޅުވެފައެވެ.

އެކަން ފަޅާ އެރީ ރޮޒައިނާ ނަޝީދުގެ ވެރިކަމުގައި ގާތް އެކުވެރިންނާއި ރަހުމަތްތެރިންނަށް ފަޅު ރަށްތައް ބެހި ކަމަށް ވިދާޅުވެ ރޮޒެއިނާ ކުރި ޓްވީޓަކަށް ހަސަން ކުރުސީ ރައްދު ދިން ގޮތުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވަރޗުއަލް

    ހަސަން ކުރުސީ އަކީ ޖިސްމާނީ ގޮތުން ނަޝީދު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއީ ޓެކްނިކަލީ އެ މަނިކުފާނުގެ އޮންލައިން ވަރޝަން އެވެ. މީގަ އިތުރުފުޅެއްނެތްނޫންތޯއެވެ.

    22
    • ޢަލީ

      އޮޅުވާލުން! ސިމްޕަލް

      10
  2. Anonymous

    ހަގީގީ-ހިޔާލީ ޝަހްސިއްޔަތެއް ވާވާވާ މަނިކުފާނު ވަރަށް މޮޅު ދެ މާނަ އެކުލެވޭ ވާހަކަ ދައްކަވަން.
    ހަގީގީ ޝަހްސިއްޔަތަކީވެސް މަނިކުފާނު
    ޙިޔާލީ ޝަހްސިއްޔަތަކީވެސް މަނިކުފާނު.

    23
  3. ކަށަވަރު

    ދިވެހި ލެއިން އުފެދުނު ޝަހްސެއް މިދަރަޖައަށް އޮޅުވާލުމުގައި ހައްދުން ނެއްޓުނުކަމީ އަޅުގަނޑުމެންނައް ލިބޭ ވަރަށް ބޮޑު ކަށަވަރުކަމެއް. ހަސަން ކުރުސީގެ ނަމުގައި ސޯޝަލް މީޑިއާގައި ޝާއިރު ކުރަނީ ހަމަކަށަވަރުން ވެސް ނަޝީދު ކަން އެނގި ކަށަވަރު”

    17
    1
    • Anonymous

      އެންމެފަހު ބައިގައި "އެހެނަސް އޭނާއަކީ ޖިސްމާނީގޮތުން އަޅުގަނޑެއްނޫން" މިހެން ބުނުމުގެ ބޭނުމަކީ ގަޅި މީހުން ހެއްދުން.ފުރަތަމަ އޭންދީ އެއްބަސްވެފަ އެއީ އަންނިކަމަށް.

  4. ކަރުކެހި

    މަނިކުފާނު މޮޔަފުޅު ގޮވަންފެށީތޯ.. މަޖިލީހުގެ ރައީސަކައްވެސް ތިޔަ ގޮޑިކޮޅުގާތިޔަ އިންނެވީ މަނިކުފާނުގެ ރޫހުދެއްތޯ މަނިކުފާނު ތިޔަދައްކަވަނީ ކުރިޔައްއޮތްތަނުގާ ހަސަންކުރުސީއައް ވެގެން ދައްކަން ހުރި ވާހަކަތޯ ނޫނީ ހަމަނުޖެހޭސިކުޑިއެއްގެތެރޭއިންނެވި މީހެއްގެވާހަކަތޯ ކިޔޭމުކިޔޭ އެއްޗެއްމަނިކުފާނުއައް އެގިފުޅުލައްވާތޯ

    11
    1
  5. Anonymous

    ތިޔާއީ މިޤައުމުގެ މަޖިލިސް ރައީސެއް ވެސް ނޫނޭ. ތިޔާއީ ދޫނި ރާއްޖޭގެ ރައީސޭ މަމެން ލަދުން ދެފައިކާރިކޮއްލަން ނުކެރެޔޭ މަނިކުފާނޭ ނިކަން ތި ދޫ ހިމޭނުން ބާއްވަބަލާށޭ

    11
  6. ލަދު

    ދޮގުން ތަތްތެޅިފައި

  7. އާނ

    އާނ އެއީ ޙަސަން ކުރުސީ އެއް ނޫނޭ އާނ

  8. ހށނރ

    ވާ އެއްޗަކާ ނުވާ އެއްޗަކީ ކޮބާ؟ ނުވާ އެއްޗަކާ ވާ އެއްޗަކީ ކޮބާ؟
    ނިކަން ޖަވާނު ދީބަލަ ކޮމެންޓް ކުރާ ކުދިން! މަހިރީ އަޑު އަހަންށޭ!

  9. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    އަޅުގަނޑުމެން މިއަށްވުރެ ބޮޑަށް ތަރައްޤީ ވާންވެއްޖެ ކަމަށް ދެކެމެވެ. ބުނާ މީހަކަށް ނުބަލާ ބުނާ އެއްޗަކަށް ބަލަމާ ހިނގާށެވެ. ޙަސަން ކުރުސީ ގެ މައްސަލަ އަކީ ނަން ނުޖަހާ ފިލާއޮވެ، ހަޑި ހުތުރުހާ އެއްޗެހި ގޮވަމުން ދާތީއެވެ. އަޅުގަނޑުމެން އެންމެންނަކީ އަޙުންނާއި އުޙްތުންނެވެ. ނަން ނުޖަހާންވީ ސަބަބެއް ނެތެވެ.

  10. މުރުނީ

    ހަސަން ކުރުސީ ޓްވިޓާ އެއިންނަނީވެސް ވެރިފައިކޮށްފަ!