އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ކުޅިވަރުގެ ކަންކަން މި ސަރުކާރުން ތަރައްގީކޮށްފައިވާ ކަމަށާއި، ވަޒީފާއިން ދާން ޖެހުނަސް ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް އެއްސެވީ ކުޅިވަރުގެ ދާއިރާގައި މިހާތަނަށް ހޯދި ކާމިޔާބީތަކާއި އަދި ކުރެވުނު މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ އޭނާ މި ވަގުތު ވަޒީފާއިން ދާން ޖެހުނަސް ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.

އެގޮތުން ކުޅިވަރުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދި ހަަމަ އެހެންމެ ހާއްސަ އެހިއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ ތެރޭގައި ބައިވެރިވެ ވާދަކޮށް ކުޅެލާ ހެދުމުގެ ފުރުސަތު ގާއިމުވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގައި ކުރިން ނުހިންގާ ވަރަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް މި ސަރުކާރުން ކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ނެތޭ އެންމެ ބޮޑު ދަނޑެއްވެސް ތަރައްގީކޮށްފައި، އެންމެ ދަނޑެއްވެސް، މީ ހަމަ ފެންނަން ހުންނާނެ ކަންކަން. މިއަދު އަޅުގަނޑުމެން 40 ދަނޑު ނިންމައި 85 ދަނޑުގެ މަސައްކަތް އެބަ ކުރަން، ވޮލީ ކޯޓެއް އައުޓްޑޯ، އެންމެ ސަރުކާރެއްގައި ވެސް އަޅާފައެއް ނޯންނާނެ، ސްކޭޓް ޕާކެއް އަޅައިދިން ސަރުކާރެއް ނޯންނާނެ، ސާފް ޓްރެކެއް އަޅައިދިން ސަރުކާރެއް ނޯންނާނެ."

މަހުލޫފް ވިދާޅުވީ ކުޅިވަރުގައި ގެންގުޅެމުން އައި ޖިންސުގެ ތަފާތުކަމާއި އަދި ކުދި އަދި ބޮޑެތި ކުޅިވަރުތަކުގައި ކުރަމުންދާ ތަފާތުތައް ވެސް ނައްތާލައިފައިވާ ކަމަށެވެ.

"މީގެ ދެ ދުވަސްކުރިން އަޅުގަނޑު މިއައީ ފުރަތަމަ ފަހަރައް ރާއްޖޭގައި ސާފިން ނެޝެނަލް ޓީމަށް ކޯޗެއް ހޯދައިދީފައިި. މީގެ ކުރީގައި ކޯޗުވެސް ހުންނަން ޖެހެނީ ފުޓްބޯޅައިގައި." މަހުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސެން

    ސަޅިބައިސާ

    10
    1
  2. މަހްލޫފް ކުރިން ހީކުރީ އުމުރަށް ތި ވަޒީފާގަ ހުރެވޭނެ ކަމަށްތޯ…
    ކަމެއް ކުރެވުނު ކަމަށްވާނީ ދޭން ޖެހޭ ފައިސާ ކުންފުނިތަކަށް ދީ ހަލާސް ކުރެވުނީމަދޯ…

  3. އުގުރި

    ތިބުނީ ޔޯގާ ވާހަކަދޯ.. ު

  4. ހުއްތު

    ތިޔައީ ވަރައްބޮޑު ތެދެއް ޖިންސުގެ ތަފާތުކުރުން ނައްތާލައި އެއްޖިންސުގެ ކުޅިވަރުވެސް އޮތީ ފަށައިދީފަ ސާބަސް 👏👏👏👏

  5. އަލިމުތް

    ކޮންކަމެއް ކުރެވުނު ކަމަށް ހީވެގެން މީނަ މިއުޅެނީ؟ ލޮލަށް ނުފެންނަ ކަންކަންތަ؟