ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވަނީ 11:00 ޖަހާކަންހާއިރުއެވެ.

ކަރަންޓް ކެނޑުމާއި ގުޅިގެން ސްޓެލްކޯއިން ބުނީ، ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓް ކެނޑިފައިވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލަކަށް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ބަޔަކު ކޮނުމުގެ ތެރޭ ގެއްލުން ލިބުމުގެ ސަބަބުން ކަމަށެވެ.

ސްޓެލްކޯއިން ބުނީ އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ މައުސޫމް

    ކަރަންޓް އެކަންޏެއް ނޫން ފެންވެސް ނެތް. ވަޓްއސވިސ

  2. ނޭނގެ

    ޑިޒާސްޓަރ.....