ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުރިއެރުން އޮތީ ހުއްޓުވާފައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތް ކުރާ 58 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި މާރިޔާ ވިދާޅުވީ މަގާމުގެ ކުރިއެރުމަކީ އިލްމާއި ހުނަރު އަދި ހާއްސަކޮށް އެމީހަކު ކުރާ މަސައްކަތުގެ ފެންވަރާއި ގާބިލްކަމުގެ މައްޗަށް ބިނާކޮށް ދެވޭ ކުރިއެރުމެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އޭރުގައި އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ އޭވިއޭޝަން ސެކިއުރިޓީ މުވައްޒަފުންގެ ކުރިއެރުން ހުއްޓުވާފައި ކަމަށާއި، އެކަމުގެ ސަބަބުން އެ ހިދުމަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.
"2013 ވަނަ އަހަރުން ފެށިގެން 2018 އާ ދެތެރޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުން އޮތީ ހުއްޓުވާފަ. އޭގެ ސަބަބުން، މި ހިދުމަތަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވި. ބައެއް ސީނިއަ މުވައްޒަފުންގެ ސީނިއަރިޓީވެސް ގެއްލޭ ގޮތްވި. މުވައްޒަފުންގެ މޮރާލް އަދި މޯޓީވޭޝަނަށް ނޭދެވޭ އަސަރުތައް ކުރި." މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މާރިޔާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ގައުމު ފުރަބަންދުކޮށް އިގްތިސާދަށް ދިމާވި އެކި ގޮންޖެހުންތަކާ އެކުވެސް މި ސަރުކާރުގެ އަމާޒަކަށްވީ މުުވައްޒަފުންނަށް އެމީހުންނަށް ހައްގުވާ އުޖޫރަ އަދި މަގާމުގެ ކުރިއެރުން ހޯދައި ދިނުން ކަމަށެވެ.
"ނަތީޖާއަކަށްވީ، މިހާތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އެކި ރޭންކް ތަކުން 138 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ލިބި، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރެވިގެން ދިއުން. އަދި، މިއަދު ޕްރޮމޯޝަންތަކާއެކު، މި އަދަދު 180 އަށް އިތުރުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
އޭވިއޭޝަން ސެކިއުރިޓީގެ މަގާމުތަކަކީ ސިވިލް ސާވިސްގައި ހިމެނޭ މަގާމްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ސެކިއުރިޓީ ސާވިސްއެއް ސިވިލް ސާވިސްގެ ގަވާއިދުތަކާ އެއްގޮތަށް ހިންގަން ޖެހުމުން އެތައް ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ. ސިވިލް ސާވިސްގައި ސަލާމާއި ޗުއްޓީ އިންތިޒާމްވެފައި ހުންނަ ގޮތުން އަންހެން ފަސެންޖަރުން ފުރާއިރު ފިރިހެން މުވައްޒަފުން ބޮޑީ ސަރޗް ކުރަންޖެހުން ފަދަ އެތައް ގޮންޖެހުންތަކެއް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރިއެވެ.
"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަސައްކަތަށް ބަލާއިރު، ރާއްޖޭގެ މަދަނީ ހުރިހާ ވައިގެ ބަނދަރުތަކުގެ ސެކިއުރިޓީގެ ޒިންމާ އެބައޮތް. އެ ބަނދަރުތައް ބޭނުންކުރާ މަތިންދާ ބޯޓުތަކާއި އެ ބޯޓު ފަހަރުތަކުން ދަތުރުކުރާ ފަސިންޖަރުންގެ ސެކިއުރިޓީ ހިމެނޭ. ހަމަ އެހެންމެ، އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އެއާޕޯޓުތަކުގައި ގާއިމްވެފައިވާ މުހިންމު ތަންތަނާއި ތަކެތީގެ ސަލާމަތާއި ރައްކާތެރިކަންވެސް ހިމެނޭ. މިހުރިހާ ކަމެއް ކުރަން މިޖެހެނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭނެހެން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޒިންމާދާރުކަން ކުޑަކޮށް އޭވިއޭޝަން ކޮމާންޑަށް ހެދޭ އެންމެ ގޯހަކުން މުޅި ގައުމުގެ އިގްތިސާދު ހީނަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.
"މި މަސައްކަތުގައި އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޒިންމާއަށް ވަރަށް ބޮޑަށް ފަރުވާތެރިވެ، ފާރަވެރިވެ، ސަމާލުވުމަށް. ލަގެޖް ސްކްރީން ކުރުން ކަމުގައި ވިޔަސް، ނުވަތަ އެކްސެސް ކޮންޓްރޯލް ކުރުން ކަމަށްވިޔަސް ނުވަތަ އުނގަންނައިދީ ތަމްރީން ކުރުން ކަމަށް ވިޔަސް، ކަމަށް ކަމޭހިތައިގެން ތިމާގެ ޒިންމާތައް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި، އިސްކޮށް ތިއްބަވާ ބޭފުޅުންގެ ސުޕަވިޝަންވެސް ވަރަށް ފުރިހަމަ ވާންޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރެވިފައިވާ 18 އެއާޕޯޓެއްގައި މުހިންމު ޒިންމާ އަދާކުރާ ކަމަށާއި މީގެ ތެރޭގައި ފަސް އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މި އަދަދު ކުރިއަށް އޮތްތަނުގައި އަދިވެސް އިތުރުވާނެ ކަމަށެވެ.
މިނިސްޓަރު މާރިޔާއަކީ ވަރައްގާބިލް އަންހެންކަބަލެއް ސަރުކާރުގެ ގިނަމުއައްޒަފުންގެ ބަލަދުވެރިޔަކީ މިނިސްޓަރު ދުވަހުންދުހައް ޒިމާދާރު ހުސިޔާރު ކަސްޓަމުސް އަދި އޭވިއޭސަން އަދިއެމެގްރޭސަން ސިފައިން މިއީވެސް އެކަމަނާގެ ހިއްވަރުފުޅުކަން މަގާމުކުރިއެރުން ހޯދަވައިދެއވާ އަދި މަސައްކަތުގެމާހައުލްވެ ރަގަޅުކުރައްވަމުންގެދަވާތީ ކަމަނާ ތިކުރައްވާބުރަމަސައްކަތްފާހަގަކޮއްސުކުރުއަދަކުރަން.
މާރިޔާ ނަން ބަދަލު ކޮށްގެން ކުރާ ފޭކް ޕޯސްޓް
ފިނދަނަ މާރިޔާ، ﷲގެ އާޔަތްހިމެނޭ ގާނޫނުއަސާސީގެމަތްޗަށް ފައިންއަރާ ޕަކަޕަކަތެޅި މާރިޔާ، ލިވާތުކުޅިރޭހުން އެއްވަނަހޯދި ދަރިފުޅުގެ އައްމާ، ކިތައްމެވަރަކަށް ރ.ޔާމީނު އާއި މިގައުމުގެ އެކިއެކި މުވައްސަސާތަކުގެ މުވައްޒަފުން އަދި ރައްޔިތުންނާއިމެދު ފިތުނަފަސާދާއި ނަފުރަތު އުފައްދަން މަސައްކަތްކުރިޔަސް މިރައްޔިތުން ގުބޯ ނުހެއްދޭނެ، އަހަރުމެން އެއަށްވުރެ ހޭލުންތެރި. ޜ. ޔާމީނަކީ ރައްޔިތުން ފިލައިގެން ކާންއުޅުނު ވެރިއެއްނޫން، ފާއިތުވިހުރިހާ ސަރުކާރުތަކުގެ ވެރިން ކަންހިންގާފައިވާގޮތް އެއްވެސް ރައްޔިތަކު ހަނދާންނުނެތޭ، ކަމެއްވާނެ ބަޔަކު ތިޔަގޮތަށް ކުރީސަރުކާރު ރ. ޔާމީނު ދުލަށްލައިގެން ޑްރާމާ ނުކުޅޭނެ، ފިނދަނަ މާރިޔާ😁
ޔާމީން ސަރުކާރު ޔާމީން ސަރުކާރު ޔާމީން ސަރުކާރު ޔާމީން ސަރުކާރު ޔާމީން ސަރުކާރު މިނޫން ލަވައެއް ކިޔާބައެ
ރާއްޖެ ބޮއިކޮޓް ކުރަން ގޮވި ހަނދާން ނެތުނީތަ.
ރ ޔާމީނު ކަމެއްހުއްޓުވިނަމަ ކަލޭމެން އެކަން ވަރައްއަވަހައް ކުރާނެ ވޯޓުކާރިވީމަކަނުންކުރާނީ
ޔާމީނުގެ ވާހަކަ ކޮންމެދުވަހަކު ނުދައްކާ މިގައުމު އިންޑިޔާގެ ޕަޕެޓަކަށްނަހަދާ ކުރިޔަށްދެވޭނެ ގޮތެއްހަމަނެތީތަ؟
ޝުކުރިއްޔާ މާރިޔާ އަހައްމައިދީ. ކަމަނާގެ ރިޔަލުގެ ވަރެއް ހުރިއްޔާ ޔާމީނު އަލުން މިގައުމުގެ ވެރިކަމަށް އަޔަނުދޭތި. އެއީ ކަމަނާމެންނަށް ބޮޑު ބަލާއެއް ކަހަލަ މީހެއް. ދެން އޭނާ ވެރިކަމަށް އަރައިފިއްޔާ ކަމަނާމެން އެންމެން ހައްޔަރުކޮށް އުލު ބައިންދާނެ. އަދި ކަމަނާމެންގެ އަތް ފައި ކަނޑައި ސޮލީބަށް ވެސް އަރުވާނެ. އެއީވާ ވަރުހުރި ފިރިހެނެއް. ކަމަނާމެން އޭނާގެ ހަފަރާތުން ބައްދާލައިގެން އުޅޭއިރު ވެސް ކަޅުއޮއްފުންމީގައި ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް މުޅި ރާއްޖެ ފަތަޙަކޮށްފި. އާޗާ!
މާރިޔާ ނަން ބަދަލު ކޮށްގެން ކުރާ ފޭކް ޕޯސްޓް 2
ހުރިހާ ތަނެއް ގަ ޔާމީން ޔާމީން.
ކަލޭގެ ސަރުކާރުން އޭވިއޭސަން ސެކިއުރިޓީން ގާތު ބުނީ އިންޑިއާމީހުން ޖާސޫސުކުރިޔަސް އެކަން ނުހުއްޓުވާށޯ ކޮބާތަފާތަކީ ވެރިކަންހިންގަން ނޭނގޭތީ ހުރިހާކަމަކު ޓުރޭނިންވެސް އިންޑިއާއާ ހަވާލުކުރަނީ ރޭވުމަކުުން.
އަދިވެސް މީނަ ބޯ ނިވާކޮއްލާކަށް ނުވޭބާ
ތިޔަކަންއެގުނީ ދައުރުހަމަވާންކައިރިވީމަދޯ؟ ހަތަރުއަހަރުވީއިރު ކުރީސަރުކާ ނުކިޔާކުރެވުނީކޮންކަމެއް؟ ނޭވާ ހޮޅީގައަތްއަޅާއެތަކެއްބައެއްގެ ކާއެތިކޮޅުއެތެރެވިޔަނުދީހިފެހެއްޓި މީހުން ދޫވީވެސްކުރީސަރުކާރުން މެދުފޯލީގަހިފެހެއްޓިވަރުންދޯ؟
މާރިޔާ ކަންނެލި ލޮލާ ހުސް ދޮގު ފަތުރަނީ
ޑިފެންސް މިނިސްޓަރަކަށް ހުރެ ބައެއް ސިފައިންގެ ކުރިއެރުމަށް ހުރަސް އެޅުން މައްސަލައަކަށް ނުވަނީބާ؟
އެވްސެކް މުވައްޒަފުން، ސަރުކާރުގެ މަތީ ބޭފުޅުންގެ އާއިލާތަކުގެ ލަގެޖް ޗެކް ނުކުރަން މިސާރުކާރުން އަމުރުކުރީ ޑްރަގް ވިޔަފާރި ހިންގަން
މާރިޔާ އާއި އިބޫ އަކީ ދެއަތް ފުރަގަހަށްލާ ބިޑިއަޅުވާފަ ކުޑަގޮޅީގަ ބާއްވަންވީ 2 މީހުން. ރާއްޖެ އިންޑިއާ އަށް ވިއްކާލީމަ.
ފާޚާނާގައި ބޮޑުކަމުދާން އިށީދެފައިވެސް ޔާމީން ޔާމީން ޔާމީން ! ކިހާ ބޮޑު ބަލާއެއްމީ!؟
ތިހާ ގަދަ ބައެއްވިއްޔާ ނުގުޑާ އިމިގްރޭސަން އަށއވެސް ދީބަލަ..
މާރިއާ އެހެން ބުނާއިރަށް އަތް ޖަހާލާނެ ދޯ ގަދަޔަށް ތިތާ ތިބި ގޮލައިން
ކަމަނާވެސް ރައްޔިތުން މަޖްލިސްގައި އިންނެވިއިރު ޤާނޫނުއަސާސީ ލިޔެފައިވާ ފޮތައް ކޮޅުފައިން އަރާހުރިތަން ފެނޭ.
މީނައަށް ޖެހިފައި ހުރި ބައްޔެއްތަ އަޅެމީ. ކަމެއް ވާއިރަށް ޔާމީން އޭ ކިއުމަކީ
2023 ވޯޓުކައިރިވާވަރަކަށް މިކަހަލަ މަޅިތައް ކަރުތަކަށްމަހާނެއެވެ. ރައްޔިތުން ވިސްނައިގެން ތިބޭށެވެ. ތިޔަކުރިއެރުމަށްވުރެ ކުރިން ޖީއެސްޓީ ބޮޑުކޮށް ރައްޔިތުން ފެލާފައެވަނީއެވެ. މިމީހުން ކޮންކުރިއެރުމެއްތަ ކުރެވޭނީ ޓޫވަރިޒަމް ބޯއިކަޓްކުރަންބުނެ ތިއެއާޕޯޓުވެސް ދިވެހިންނަށް ލިބުނީ ޔާމީނާހެދިއެވެ. އެހެންނޫންނަމަ ތިޔަކުރިއެރުންދޭނީ އިންޑިޔާމީހުންނެވެ .އެއީ އެމީހުންގެ ޗާބޫކުތަކުންނެވެ.
ލޮނުނުލާ ކައްކާކާއެއްޗެހި ކެވޭނީމަޖްބޫރުވެގެން ބްލަޑް ޕްރެޝަރ ހުންނަމީހުނަށްއެކަނި ހަމައެގޮތަށް ޕޯޑިއަމަކަށްއަރާ ކޮންމެޢައްދާރަކަށްވެސް ވާހަކަ ކުރިއަށް ގެންދެވޭނީ އަޑަށްބާރުލާފާ ޔާމީނު ޔާމީނު ޔާމީނު ކިޔާލައިގެން އެހެންނޫނީ ކަރުބުޑުގާ އަޑު ތާށިވާނެ
އަޑު ތާށިވާނެ ........... ........... ާ
މިމީހުންނައް ކުރީސަރުކާރު ރައީސްޔާމީން ނުކިޔާ ހަމައެއްވެސް ކަމެއް ނުކުރެވޭނެ ހަތަރުއަނހަރު ވެގެންދާއިރުވެސް ކޮންމެ. ޕޯޑިއަމްއެއްކައިރިއައް ހުއްޓި ފުރަތަމަވެސް މިކިޔަންޖެހެނީ ރައީސްޔާމީން އެހެންތާވާނީ މިމީހުންވެސް އެބަޤަބޫލުކުރޭ މިގައުމުގަ މިހާތަނައް ޤައުމައްފައިދާހުރި ޤައުމީވަންތަ ސަރުކާރެއް ހިންގެވީ ރައީސްޔާމީންކަން އިންސާފާ ހަމަހަމަކަމާ ކުޑަކެކުރި ބޮޑުކެކުރިޔައް ނުބައްލަވާކަން އެހެންވީމަ މިމީހުންގެ ހިތުގަ އެމަނިކުފާނައްއޮތް ޤަދަރެއްގެ ބޮޑުކަމުން ނުކިޔަންހުއްޓަސް ކިޔެނީ ރައީސްޔާމީންގެ ނަންފުޅުމީހުންބުނޭ ގިނަގިނައިން މިސާލެއްގެގޮތުންވެސް ދައްކާނީ ރަނގަޅުމީހުންގެ ވާހަކައޭ އެހެންވީމާ މާރިޔާއައް ދަންނަވަންއޮތީ ކަމަނާ ރައީސްޔާމީންއައް ތިޔަކުރައްވާ ޤަދަރައްޓަކާ ޝުކުރިޔާއޭ
ޜައިސް ޔާމިންގެ ވެރިކަމުގަ އޭވިއޭޝަން އިންޑިޔާއާ ވިއްކައެއް ނުލައްވާ.
ސިޔާސީ ގޮތުން ވާހަކަދެއްކިޔަސް ރައިސް ޔާމިންގެ ތާއީދު ދަނީ އިތުރުވަމުން.
ޔާމީން ސަރުކާރުން އެއަރޕޯޓް ޖމރ އަތުން އަނބުރައި ހޯދަން ދައްކަން ޖެހުނު ފައިސާ ދެއްކީ.
އެހެން ނޫންނަމަ މިހާރު ތިބޭނީ އިންޑިއާ މީހުން ތިމަގާމުތަކުގައިވެސް.
އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް
ﷲ އިރާދަކުރެއްވީޔާ ތިކަހަލުގެ ދޮގުހަދާ ވަގުންގެ ކިބައިން މިގައުމު ސަލާމަތްކުރައްވާށި އަމީން! ކަލޭމެން ޕުރޮމޯޝަން ދިންމީހުންގެ ފެންވަރު ﷲ މޮޅައްދެނަވޮޑިގެންވަނީ، ޕުރޮމޯޝަނުގެ އެންމެ ގިނަމަކުސް ދީފައިނީ އިންޓަވިއުއަށް ދެން މިވަރުން ކަލޭމެން ހޭވިހަޑި ރައްޔިތުންނަށް އެނގިލައްވާނެ!!!
މިސަރުކާރުން ސިފައިންނާ ފުލުހުންގެ މުސާރަ އަދި ސިވިލް މުއައްޒިފުންގެ މުސާރަ ކުޑަ ކުރި ޔާމިން ސަރުކާރުން ބޮޑުކުރީ
ކުރީ ސަރުކާރު ޔާމީން ސަރުކާރު ކިޔަ ކިޔާ ތިއްބާ މިއޮށް ދައުރު ހަމަވަނީ. ވާކަމެއް ހަރާން. ކުރީ ސަރުކާރޭ ނުކިޔާ ނަތީޖާ ދެއްކީމަ ރައްޔިތުން ވޯޓު ދޭނެ. ނަފުރަތުން ލޯއްބެއް ނުއުފެއްދޭނެ
މި ސަރުކާރަށް އެމީހުންނަށް ޕްރޮމޯޝަން ދެވުނީ 4 އަހަރުވީ ފަހުން... އެވެސް ޤާބިލްކަންތަ؟ 2 ނޭވާޔަކު އެއް ފަހަރު ކުރީ ސަރުކާރު ކުރީ ސަރުކާރު... ހެހެހެހެ
މަ ވޯޓާ ޔާމީން އައް.
ދެން ކޮންއަނގައެއް ތިފަތަރާސީކުރަނީ؟ އިމިގްރޭޝަން މީހުންނާ ނުލާތޯ އެއާޕޯރޓް ތި ހިންގަނީ؟ އެކަމަކު 24 ގަޑިއިރު ޑިއުޓީ ކުރާ އެ މުވައްޒަފުން ސިވިލްސާވިސްގެ ކަސްތޮޅުން ސަލާމަތް ކުރަން ތި މާރިޔާއާ ވާހަކަ ދައްކަން އިމިގްރޭޝަންގެ ސީނިއާ މުވައްޒަފުން ދިޔަތީ މިއަދު އެ އެންމެން އެވަނީ ބާ އޮޑިއެހެލާގޮތަށް އެހެލާފަ. ތީކީ އެއްވެސް އޯގާތެރި މީހެއްނޫން. މީވަކިން ރަޙުމެއްހުރި ސަރުކާރެއްވެސްނޫން.
ކޮން ޔާމިނެކޭ ކިޔާކަށް ޔާމީނު އެދަނީ ޖަލަށް ޖަލުގައި އޮވެ ވެރިކަމަށް ވާދަ ނުކުރެވޭނެކަން އެނގޭއިރުވެސް އެވާހަކަ ދައްކަން ޖެހޭތޯ
ޔާމީނު ސަރުކާރުގައި ފާޑެއްގެ އަންހެނަކު އުޅުނު ޤާނޫނު އަސާސީއަށް ފައިންއަރައިގެންވެސް. އެއީ ކާކުތޯ ބަލާލަދީބަލަ! އަދި އުޅުނު ސިފައިންގެ ޕެރޭޑަށް ވަދެ ރޯއަވަގުރާނަ ގޮވާ އަންހެނުންތަކެއްވެސް. އެ މީހުންނަކީ ކޮންބައެއްތޯވެސް ބަލާލަދީބަލަ.
މަންޖެ ދަރީގެ ވީޑިޔޯ ވީތަނެއް އެނގޭތަ ލޮލް
ދައިތާ. އަދިވެސް ޔާމީނޭ ފަޅޮލޭ ކިޔަކިޔައިތަ ތިހުންނަނީ މިހާރު އެއޮއްގެން 5 ވަނަ އަހަރަށް އެޅީ. އެހެން އެއްޗެއް ދެންވެސް ކިޔަން ވެއްޖެއެއްނުން.
އުމުރާ ނުގުޅޭ ވަރައް ހެވީ މޭކަޕު ކުރީމަ ކަޑައޭ
ރައްޖެއައް ޓުއަރިސްޓުން ނައުމައްޝާ ރާއްޖެއައް ގެއްލުންދޭން އުޅުނު ދުވަސްމަތިން ހަދާން ވަނީ.
އިގިރޭސް ވިލާތުގަ ހާދަހާ ގެއެކޭ ތިކަންނަނީ.
މޑޕ ފުރަތަމަވެރިކަމުގަ ސިވިލްސާވިސް ހުރިހާ މުވައްޒަފުންނައް ލިބެމުން އައި ކުރިއެރުމާއި 20އަހަރުވުމުން ލިބެމުން ދިޔަ ޕެންޝަން ހެދީކިހިނައްތޯ؟ ހަނދާނެއްނެތް
ކޮބާހޭ އިމިގުރޭސަން ؟؟؟މާރިޔާ
ޔާމީނޭކިޔަކިޔާ ތިއްބާ ތިއޮއް ދައުރު ހަމަވަނީ
ސިވިލްސާރވިސް ކޮމިޝަން ވެސް ސިޔާސީ ވެފައި ކީއްވެ ވަކި ބަޔަކަށް މަގާމުގެ ކުރި އެރުން ދެނީ...މީ މާރިޔާގެ ގައުމެއްތަ
ޔާމީނަކީ މިފަހުގެ ތާރީހެއްގައި ގައުމުދުއް އެންމެވަރުގަދަ ބިނާކުރަނިވި ގައުމުއާރާސްތުކުރި ގައުމީ އަބުތޯލެއް ކަލެޔަށް ރ ޔާމީންގެ ނަމުގެ އަކުރަކާއި ފިއްޔަކަށް ބެލިޔަސް ހައިރާންވެ އަންތަރީސްވާނެ މިހާރުވެސް އަދިފަހުންވެސް ރ ޔާމީނަކާއި ނުކުޅެވޭނެ ތިހެން ކިޔަކިޔަ ތިއްބާ ގައުމު ފުނޑި ވެރިކަންބީވެގެން 4 އަހަރުވެސް ރަށްޔަތުންނަށް ކަމެއްނުކޮށްދެވި ރަށްޔަތުން ފެލަމުން އެންމެފަހުން ގަދަފެލުމަކުން ޖީއެސްޓީ ބޮޑުކުރީ އަދިވެސް ޔާމީނޭ ކިޔަކިޔާ ތިބޭ.
މިދިޔަ ހަތަރު އަހަރު ތެރޭ އަދިކިރިޔާ ތިޔަ ބައްަދަލުވެސް ކޮއްލީ 2023 ވޯޓަށް
ޔާމީންސަރުކާރުން ކުރައްވާފައިވާ ފައިދާހުރި ރަށްޔިތުންއުފާވާ ގައުމަށްފައިދާހުރި ގިނަ ތަރައްގީގެ ވާހަކަނުދައްކަވާ އެބޭފުޅާގެ އިސްތަށިފުޅުގައި ހަގީގަތާއިޚިލާފް ( ވައްކަމުގެވެސް )
އިލްޒާމްއެޅުވުން ހުއްޓޭނީ ކޮންއިރަކުންތޯ ޔާމީންބޭފުޅާދެކެ ބިރުގަންނާތީ އެބޭފުޅާގެ
އަގުވަޓާލުމަށް ދޮގުވާހަކަތަށް ފެތުރުމަކީ ކުރަންމަޖުބޫރުކަމެއްތޯ؟ ދީނާ،ގައުމާ،ރަށްޔިތުންގެ
ދިފާއުގައި އަމިއްލަފުރާނަ ވަގުތުން ދުއްވާލުމަށްއިސްނަގަވާތިއްބެވި ގައުމުގެ ސިފައިންއެއީ
ފިދަނަތަކެއްކަމުގައިވެސް ސިފަކުރެއްވުންއެއީ ވަރަށްދެރަކަމެއް މިހާރު މައި ފިދަނައަކަށް
ހުންނަވަނީ،،،،،،،،،