އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސާ ރޮޒެއިނާ އާދަމް އަކީ މި ސަރުކާރުގެ ހަލާކު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

އޭނާ އެގޮތަށް ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުން ބޮޑުވެ، ބައިބައިވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ.

ޝިޔާން ވިދާޅުވީ، އެމްޑީޕީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސަރުކާރުގެ ހަލާކަކީ "ދޮން އާދަނުގެ ދަރި" ރޮޒައިނާ އާދަމްގެ ދެމަފިރިކަނބަލުން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒަށެވެ. އަދި، އެއަށް ފަހު އޭނާ ވަނީ މިއީ ބޭއިންސާފުގެ ހަތަރު އަހަރު ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ރައީސްސޯލިހާއި ރޮޒެއިނާ --

"ސަރުކާރާއި، މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ލިބި، މި ސަރުކާރުގައި އެމްޑީޕީގެ ތާއީދު ކުޑަވެގެންދާން މެދުވެރިވި ސަބަބަކީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ތިބި މީހުން" ޝިޔާން ވިދާޅުވިއެވެ.

ޝިޔާން އެފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރު އައިފަހުން އެމްޑީޕީ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފައެވެ. ރޮޒެއިނާ ގެންދަވަނީ ސަރުކާރު ދިފާއުކޮށް، ވަރަށް ބޮޑަށް ވާހަކަދައްކަމުންނެވެ. ނަމަވެސް ޝިޔާން ނިސްބަތް ވަނީ އެ ޕާޓީގެ ތެރޭގައި އޮތް ސަރުކާރާ ދެކޮޅު ފެކްޝަނަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުންނަށް ތާއިދު ކުރައްވާ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑުވެ، ޕާޓީ ތެރޭގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. އެކިއެކި ކަންކަމުގައި ހިޔާލުތަފާތުވުން ބޮޑުވެ، މެންބަރުން ގެންދަވަނީ އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތައްކޮށް، އަރާރުންވަމުންނެވެ.

އެންމެ ފުރަތަމަ އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތައް އުފެދުނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ފުރޮޅާލަން ނަޝީދު ކުރައްވާ މަސައްކަތަށް ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުލިބޭތީއެވެ.

އެކަމަކު، ފެންނަ ގޮތުގައި މިހާރު އެޕާޓީގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ އަންނަ އަހަރު ކުރީކޮޅު އޮންނަ އެޕާޓީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެންނެވެ. ރައީސް ސޯލިހާއި، ނަޝީދު ވެސް ވަނީ ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަމޭ

    ރޮޒައިނާ ހަލާކުކުރަނީ ސަރުކާރެއްނޫން ، ރޮޒައިނާ ހަލާކުކުރަމުންދަނީ އެމްޑީޕީ !

    28
    1
  2. އަބްދޫ

    މި ސަރުކާރުގެ ހަލަކަކީ ވެރިކަމާ ދަންޖެހޭ ކެނެރީގެ ނަސީދު. މަޖިލީހުގެ ރައިސާކަށް އައުމަކީ މިސަރުކާރުގެ ހަލާކު. ގާނޫނުއަސަސީއާ ހިލާފު ބޮޑުވަޒިރަކަށް ވާންއުޅުމަކީ ވެސް މިސަރުކާރު ހަލާކުވުމުގެ އެއް ސަބަބު. ކެނެރީގެ ނަސީދު އަށް ވެމްކޯ ކުނިނަގާ ވަޒީފާ ލިބުނަސް ތިމާއަމިއްލަޔަށް ތިމާއަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ދެކިގެން އުޅުމަކީ ވެސް އެމްޑިޕީ ގެ ހަލާކު. ވިލިގިލީ މެރިޓައިމް ސެންޓަރުން ކިޔަވާ ލިބޭ ސެތްފިކެޓަށް ސީޑީސީ ކިޔަފަ އިގިރޭސިވިލާތުގަ މެރިޓައިމްކިޔެވީމަ ބީއޭ ކިޔަކަށް މިދެތަނުންވެސް ކިޔެވީ އެކައްޗެއް . ވީމާ ސީޑީސި އެއް ހަދައިގެން މާމޮޅު އެކޮނުމިސްތަކަށް ކެނެރީގެ ނަސީދު ހެދިގެ އުޅުމަކީ ވެސް މިސަރުކާރާއި މިގައުމު ހަލާކުވެގެން ދިޔަ އެއް ސަބަބުން.

    18
    7
    • ތޮޒޭ

      ރޮޒޭނާ އާންޓީގެ ބޮޓެއްދޯތީ ކެކެކެ

      12
      1
  3. ގަން

    ހަލާކު ފެށުނީ ނަޝީދު ވެރިކަން ބޭނުންވާ ހިސާބުން...އެގޮތަކޔން މިގޮތަކުންވެސް ނިޒާމު ބަދަލުކޮށްގެންވެސް ކޮއެފުޅު ވެރިކަމާހެދި އެއުޅުއްވަނީ...