ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްނުދެވި، މި ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި، މޯލްޑިވްސް ޑިވޮލޮޕްމަންޓް އެލަޔަންސް، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސަރުކާރަށް ފާޑު ވިދާޅުވެ، ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވަނީ ފުދުންތެރި، ދެކޮޅު ޖެހޭ ދިރިއުޅުމެއް ކަމަށާއި އެކަން ފޯރުކޮށްދިނުމުގައި މިސަރުކާރު ފެއިލްވެފައިވާ ކަމަށެވެ.

އަދި، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެއްވެސް ސަރުކާރަކަށް ފޯރުކޮށްދެވިފައި ނުވާ ކަމަށާއި ހުރިހާ ސަރުކާރެއް ވެސް ފެއިލް ވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ރައްޔިތުން ބޭނުންވަނީ ފުދުންތެރި ދެކޮޅުޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން. ސަރުކަާރުތަކުން ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައްވެސް ފޯރުކޮށްނުދެވި ބޮޑުތަނުން ފެއިލް ވެފައި" އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އިއުލާނުކުރައްވާފައިވާ ސިޔާމް މިހާރު ގެންދަވަނީ އިންތިހާބަށް ޕާޓީއަށް މީހުން އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އޭނާ ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާކަން އިއުލާނު ކުރައްވާ، ރިޔާސީ ކެމްޕޭން ވެސް ފައްޓަވާފައެވެ.

ސިޔާމްގެ އިތުރުން މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.

ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދެވަނަ ދައުރެއް ހޯއްދެވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. އަދި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕްރައިމަރީގެ ޝައުގުވެރިކަން ގެންގުޅުއްވާއިރު، އެމަނިކުފާނު ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނިބުރޭ

    ކަރުހިމަ ފުޅި އެވެސް އަސާސީ ހިދުމަތެއް ތަ؟ ސިޔާމޫ މޮޅު ވާހަކަ ދައްކަން ނަހަދާ. ކަލެޔާ މިފަހަރު ކޯލިސަން ހަދާނެ ބަޔަކުވެސް ނުވާނެ.

    15
    1
    • އަލީ

      ސިޔާމާއި ކޯލިޝަން ހަދަންވެގެން ހުރިހާ ޕީޓީތަކުގެ ވެރިން ސިއްރިއްޔާތުގައި ބައްދަލުކުރި ފަޅާއެރުމުން ވިދާޅުވަނީ ބިޒްނަސް މީޓިނެއް ސިޔާމާއި ކުރިޔަށް ގެންދެވިވާހަކަ ނުވަތަ އަސްތަށް ބަލާލަން ރިސޯޓަށް ދިޔަ ވާހަކައެއް ސިޔާމު އެއްޗެއް ބުނެފިއްޔާމުން ހުރިހާ ސިޔާސީ ބޭފުޅުންގެ ސޯޓް ބޭލޭނެ

  2. އުމަރުބެ ބނޑދ

    ސިޔާމޫ ކަލޭ ތިވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ ރާއްޖޭގާ ހުރިއްޔާ ހުރި ފަޅުރަށެއް އަދި ފަޅެއްވިޔަސް ނުއަގުން ދަމައިގަނެގެން ހުރިމީހެއްތީ އަދި ރައްޔިތުން ބޮލުގާ ދަރަނި އަޅުވާފަ ވޯލްޑު ބެންކުން ލޯނުނަގާގެން އަމިއްލަ ވިޔަފާރި ކުރާމީހެއްތީ އެންމެ ފަހުންވެސް ލޯނު ޑީފޯލްޓްވެގެން ބީއެންމެލް އިން ފައިސާދިނީ ކޮބާލަދުހަޔާތް....މަމެން ކައިރިޔައް އަންނަނީހިނި

    15
  3. ފިނި

    މިގައުމު ދިރުވާލީ ސިޔާމުމެންކަހަލަ ހަރާމް ކޯރު މީހުން އމިއްލަ ބޮޑި ބޯޑުކުރަންވެގެން

    15
    1
    • މުރުޝިދު

      ސިޔާމް ޓެކްސް ދައްކާތީ މިހާލަތުގައިވެސް ގައުމުގައިގެ ރައްޔަތުން ކައިބޮއި މިއުޅެވެނީ

  4. ރަސީދު

    އެހެންވެދޯ ސުޓާފުންނައް ސާވިސް ޗާޒު ކަލޭގެ ރިސޯޓް ތަކުން ތި ދެނޭ ސީޒަންތެރޭ 200 ޑޮލަރު ރައްޔިތުން ފުއްދުންތެރިކުރަން ކަލޭ ނޫޅޭތި ދިވެހިން ގަބޯހައްދާން ނުހެއްދޭނެ . އެންމެ ދެރަވެގެން ބޮޑު މަހުޖަނު މީހާޔައްނުކެރޭ ސުޓފުންގެ މެޑިކަލް އިން ސުއަރެންސުވެސް ދޭ ތިނޫނީ ނޯންނާނެ މެޑިކަލް އިންސޫރެންސުނުދޭ ބޮޑު ކުންފުންޔެއް މިގައުމުގާ ކޮބާ ލަދު

    10
    1
  5. މުހައްމަދު

    ރައްޔިތުން ފުދުންތެރިކުރުމަށް ތިމާކައިރީގައި މަސައްކަތް ކުރާމީހުންނަށް ހައްގު އެތިކޮޅު ދީބަލަ އެމީހުންގެ ހައްގު އެތިކޮޅުވެސް ކާލައިގެން ކޮންވާހަކައެއް

    8
    1
  6. ލައި

    ސިޔާމަކީ އިތުބާރު ހިފޭ މީހެއްނޫން. ސިޔާސީ ލީޑަރެއްވެސް ނޫން. ޓްއަރިޒަމް ވިޔާފާރި ކުރާ މީހެއް.

    12
  7. ޒިންދާބާދު

    ސަން ސިޔާމް ޒިންދާބާދު ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް ޔޫކޭ އައުޓް ސަން ސިޔާމް ޒިންދާބާދު ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް ޔޫކޭ އައުޓް ސަން ސިޔާމް ޒިންދާބާދު ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް ޔޫކޭ އައުޓް ސަން ސިޔާމް ޒިންދާބާދު ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް ޔޫކޭ އައުޓް ސަން ސިޔާމް ޒިންދާބާދު ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް ޔޫކޭ އައުޓް ސަން ސިޔާމް ޒިންދާބާދު ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް ޔޫކޭ އައުޓް ސަން ސިޔާމް ޒިންދާބާދު ރައީސް އިބޫ އައުޓް ކެނެރީގެ ނަޝީދު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް ޔޫކޭ އައުޓް

    1
    4
  8. ތަސްލީމާ

    ކުޑަފަރީގެ ހަޅާކު ތީ..... ވެރިކަމާހެދީ މޮޔަވެފަ..

    3
    1
  9. ބަބުރު

    ބުރުމާއެކޭ ސިޔާމެކޭ ތަފާތެއްނެތް ވެރިކަންހޯދަން އުޅެންޖެހޭނީ ގެންގުޅޭ މީހުންނަށް ކަމޭހިތާ އެމީހުންގެ ހަށްގުތަކަށް އިހުތިރާމްކޮށް ރަށްޔަތުންގެ ލޯބި ހޯދައިގެން.