ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކުރުމުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ފަރެސްމާތޮޑާ އެއާޕޯޓްގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ވަނީ މިހާރު ފުރިހަމަކުރެވިފައިވާ ކަމަށެވެ.

ފަޔާ ބިލްޑިން އަދި ޓާމިނަލް ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތުގެ 95 އިންސައްތަ އަދި 80 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކޮށްފައި ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓާމިނަލް ބިލްޑިން ހެދުމާއި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމު ކުރުމެވެ.

ޖުމްލަ 144.8 މިލިއަން ރުފިޔާގެ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށެެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓެއް ތަރައްގީކުރުމަށް އެރަށުން 19 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. 2018 ވަނަ އަހަރު ފެށިގެން ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު، އެ މަސައްކަތް ނިމިފައި ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި އަހަރު ހުޅުވާ އެއާޕޯޓްތަކުގެ ތެރޭގައި ފަރެސްމާތޮޑާ އެއާޕޯޓް ހިމެނޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑޫވަރު

    ރައީސް ޔާމީނަށް ޝުކުރު ޙައްޤު. އެރަށުގެ އެމްޑީޕީން ނުކުރެވޭނެ ނުވާނެކަމަށް ބުނި އެއަރޕޯޓް އެއޮތް ނިމެނީ. ހުޅުވާނީ ރައީސް ޔާމީން. އިންޝާﷲ

    9
    2
  2. ސޫއޫދު

    ރ ޔާމިނުގެ ވެރިކަމުގަ ރާއްޖޭގެ ކޮއްމެ ރައްޔިތަކައް ހިތުގެ ފަރުވާގައުމުގަ ހުރެގެން ލިބޭނެވަސީލަތްގާއިމުކުރި މިއަދުވެސްލިބެމުންދަނީ މިސަރުކާރު އިބޫގެ ރައްޔިތުންގެ ނޭވާހޮޅިން ކުރީވައްކަން ނުވެސްބެލުނުއެބޮޑު ހިޔާނާތް ޔާމީންގެ ވެރިކަމުގަ ހަޒާނާ ފުރެންދެންޑޮލަރް މިވެރިކަން އިބޫގެ ހަޒާނާހުރިތަނުގެ ލައިޓެއް ވެސްނެތް ދިވެހިރުފިޔާ ޗާޕުކުރަމުންގޮސް ދެލިހުސްވެއްޖެ މިވަރުންވެސް މިކިޔަނީމަށޭމޮޅީ ދެންތިބީވަގުންނޭ ހިނިއައްނަނީ ހޮޑުލެވޭވަރައް ވަގުކަލޭގެ އެނގޭނީ ތިލަފަތަކައްލާ ކިރާލީމަ

  3. ނުރު

    ފަރެސްމާތޮޑާ އެއަރޕޯޓް އަކީ ރ.ޔާމިން ފައިސާ ހޯދާ، މަސައްކަތް ފެށި އެއަރޕޯޓެއް. އަދި އިތުރު 9 އެއަރޕޯޓްގެ މަސައްކަތް ކުރެއްވި. ކޮން،މެ ސަރުކާރެއް އޮތަސް ތަރައްޤީގެ މަސައްކަތް ކުރަންވާނެ. ރ. ޔާމިންގެ ބިއުޓީއަކީ ޤައުމުގައި ހުރި މަށްސަލަތަކާ ކުރިމަތިލާ، އެކަންކަމަށް ހައްލުތަކެއް ހޯދުން. ފޮނި ކަނޑާ 5 އަހަރު ނިންމާލުން، ކަނޑަ ދޯ. އުއްމީދަކީ ރ.ސޯލިހު ވިދާޅުވި ގޮތަށް މިއަހަރު އރއަރޕޯޓް ހުޅުވުން މުހިންމު.