ގދ. ފަރެސްމާތޮޑާ އެއާޕޯޓު ފަރުމާކޮށްފައިވާ ކަމަށް ގޮތް ރީތި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތައުރީފް ކުރައްވައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ފުރަތަމަ އިއުލާން ކުރެއްވި މަޝްރޫއެކެވެ. ނިމިދިޔަ ޕީޕީއެމް ސަރުކާރުގައި ފަރެސްމާތޮޑާ އެއާޕޯޓުގެ އަމަލީ މަސައްކަތް ވެސް ފެށިއެވެ. އެކަމަކު ވެރިކަން ބަދަލުވުމާ ގުޅިގެން ތަފާތު އެކިއެކި ސަބަބުތަކާ ހުރެ، އެ މަޝްރޫއު ލަސްވެގެން ދިޔައީއެވެ.

އެންމެ ފަހުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ފަރެސްމާތޮޑާ އެއާޕޯޓުގެ ނިންމައި ހުޅުވާފައި ވަނީ ބުދަ ދުވަހުގެރެއެވެ. އެއާޕޯޓުގެ ފުރިހަމަ ކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ.

މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެއާޕޯޓު ޑިޒައިން ވަރަށް ރީތި ކަމަށެވެ. އަދި އެއާޕޯޓު ފަރުމާކޮށްފައިވާ ގޮތުން ވެލާނާ އެއާޕޯޓުވެސް ސިފަ ކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހަފްލާފައި ފަރެސްމާތޮޑާ ކައުންސިލުން ވަނީ އެފަދަ މަޝްރޫއެއް އެރަށުގައި ފައްޓަވައި ދެއްވުމުން ޔާމީނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މުހައްމަދު ލަތީފްގެ މަސައްކަތް ވެސް ކައުންސިލުން ފާހަގަ ކުރިއެވެ.

ޖުމްލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ. އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތްކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާ ކުންފުނިންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށެވެ.

ފަރެސްމާތޮޑާ އެއާރޕޯޓު ހުޅުވާލާފައިވާއިރު، މޯލްޑިވިއަން އިންވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ފަރެސްމާތޮޑާގެ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،574ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޑައެލޯގް

    ހަގީގަތް ހާމަވަމުންދާނެއެވެ. އެމްޑީޕީގެ ރައީސް އަދި ބޮޑުންގެ އަގައިންވެސް ޔާމީނަށް ތައުރީފް ކުރުންނޫންގޮތެއް ނޯންނާނެއެވެ. ސަބަބަކީ ހަގީގަތްވީމައެވެ. މީގެ ކުރިން މަވޯޓާވެސްއޮތީ ޔާމީނަށް ތައުރީފް ކޮށްފައެވެ. ދެން ގޮތްދޫނުކުރާމީހުން ގޮތުގައިތިބޭނެއެވެ. މައްކާގެ މުސްރިކުންވެސް ގޮތްދޫނުކުރުމުގެ ސަބަބުން ކާފިރުކަން އިހްތިޔާރުކުރީއެވެ.

    85
    10
    • Anonymous

      އެކަމަކުވާ ދޯ. އަންނިއެހެރީ ވެރިކަމާއިގެން ހޭބަލިވެފަ.

      24
      2
    • ޙުސެން

      ހަމަ އެގޮތަށް ދިވެހިންގެ ތެރެއިން ބައެއް މީހުން ވަގުން ވެސް އިހުތިޔާރު ކުރީއެވެ.

      8
      23
  2. ހާބުރި

    އަދިމިނޫންއެތައްކަމެއްހާމަވާނެ އަދިއިބޫވެސް ބުނާނެ މަކުރީވެރިކަމެއްނޫނޭ ހާބުރި ރަޝީދު ތިމައްނަގެ ކެންޕެއިނައްކިޔާދިންލަވާގަ ބުނާ ވައްތަރުގެ ވެރިކަމެކޭ އޭގެސަބަބުން ގައުމާ ރައްޔިތުން 40 އަހަރުފަހަތައްވެއްޓުނީ މީނާ ރިބަންކަނޑާ އޮބާމާގެ މޭކަޕްވީީޑިއޯތައްބަލާ އެކުޅެންހުއްޓާ

    13
    3
  3. ވާގޮނުސްކޮ

    ކަރުންނާރުނަގާފަ ރ ޔާމީން އަށް ވަގަށްގޮވާ!! އަދިވެސް. ތަންތަނުގަ ތިބޭމަރުމޯލުންނަކަށް ރ ޔާމީން ހިންގަވާފަ ވަޑއިގެން މަގަކުންވެސް ނުހިނގޭނެ. އެމަނިކުފާންގެ ގާބިލްކަމާ ކެރުމާހިތްވަރަކީ ދިވެހިގައުމްގެ ފަޚްރެއް. މާތްﷲ ގެވާގިފުޅާ ރަހްމަތުްފުޅުން އެމަނިކްފާނައް ހެޔޮރަހްމަތް
    މިންވަރުކުރައްވާ ހަސަދަވެރީންގެ ވަކިތަކުން މިންޖުކުރައްވާށި. އާމީން

    40
    3
  4. ހަނީ

    ތަރަގީގެބާނީޔާމީންއަށްސާބަސް

    47
    6
  5. 👌

    ހަމަ ހިނި އަންނަނީ. އަންނި ދޯ. ކީކޭތިކިޔަނީ.

    26
    2
  6. ސަންބެޑު

    ޔާމީނަށް ހުރިހާރަށްޔަތުން ޝުކުރުއަދާކުރުމުން ޗޯރަށް ވަރަށް އަސަރުކުރާނެ ޝުކުރިއްޔާ ރ ޔާމީން ތިޔައީ ޒައީމެ މިގައުމުފަހުރުވެރިވާ.

    39
    5
    • ގޯރު

      ޗޯރަކީ ކާކުކަން އިންގޭނެ ޖަލުގެ ދަފްތަރުބަލާލީމާ….

      1
      5
  7. އަންތަރީސް

    މި ނަށީދަކީ ގައުމު ފިތުނަ ފަސާދަކުރުމުގެ މާހިރެއް. އެއް އިރަކު ހެއްދެވި ނެހެއްދެވި ގޮވާނެ، އަނެއް އިރު ސަނާ ކިޔާނެ.

    ނޫނީ މީހުން ކިޔާއަޑު އަހަންނަށް - ސަމާސާއެއް ނޫން، ހަގީގަތުގަވެސް ނަށީދުގެ ނަފްސާނީ ބައްޔެއް ހުންނަނީއޭ؟

    23
  8. މުދި މުދި

    ތިއީ ސިޔާސީގޮތުން ތައްކާވާހަކަ ހަމަތިއަތޮޅު މަޑަވެއްޔައް ޔާމިނު އެޅި ކޯޒުވޭގެ މޮޅުވާހަކަ ދައްކަ ދައްކާތިއްބާ ވަނީ ގިރާލާފަ

    7
    12
  9. ގަބުޅިބާދަލާ

    ޝުކުރިއްޔާ ވިޝަނަރީ ލީޑަރު ރައީސްޔާމީން👍🌟🏆.މިވެރިކންނިމިގެންދާއިރުވެސް ރައީސް އިބްރާހިމް ހަމަ ރައީސްޔާމީން ދެންމެވިރިބަންފަށް ކަނޑާލަ ކަނޑާލަކަނޑާލާ.😂😂😂💯🐌🐌

    16
    3
  10. ސާހިދު

    އަޅުގަނޑަކީ ޕީޕީއެމް މީހެއްވެސް ނޫން. އެކަމަކުވެސް ފަރެސްމާތޮޑާ އެއަރޕޯޓާއި މި ގައުމަށް ތަރައްޤީގެ ގިނަކަންކަން ކޮށްދެއްވި ރައީސަކަށް ރައީސް ޔާމީންވާނެ.

    29
    2
  11. މާލިކު

    ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވަން މިސަރުކާރުގެ ޗޯރުންތައް ފެނިފަ އަހަރެން ހީކުރީ މި މީހުން އެޅިތަނެކޭ. ސުބުހާނަﷲ. މިހާރު އެނގިއްޖެ ރައީސް ޔާމީން ވަރެއް ނެތްކަން.

    26
    1
  12. މުހައްމދު

    ކަމަކަށް މީހަކު ހޭކެޑުނީމަ ކުރިހާ އަލާމާތެއް ފެންނާނެ ރަނގަޅު އެއަރ ޕޯޓް ހިއްކަން ފެއްޓީ އެދައުރުގަ ދައުރު ނިމުނިއިރު ހިއްކާފައިއޮތީ %15 މިސަރުކާރުގެ ޑިޒައިނެއް މިސަރުކާރުން ބާކީބައި ހިއްކާ ނިންމާފަ އެއޮތީ

    2
    25
    • ރޯލް ހަސީނާ

      ތިކަހަަލަ ގަޅިވާހަކަ ގަބޫލު ކުރާނެ ހޮޅުއަށީގައި ތިބޭ ގަޅިން

      7
      1
  13. ބަރުގޮނު

    ތިޔައީ ހެޔޮހިތުން ކުރެއްވި ތަޢުރީރެއް ކަމަކަށް ގަބޫލެއްނުކުރެވޭ. ރ. ޔާމީނަށް ތަޢުރީފުކުރަން މާ ޙައްޤު މާއެކަށޭނަ ކަންތައްތަކާ ވަގުތައް ހިގައްޖެ. އެކަހަލަ ވަގުތުތަކުގައިވެސް ޖެއްސެވީ ޖޯކް. ކުރެއްވީ މަލާމާތް. މިހާރު ތިޔައީ ދެއްކުމުގެ ތަޢުރީފެއް. ވަކިމީހަކަށް ޖެއްސުން ކުރުމުގެ ގޮތުން ކުރެއްވި ކަމެއް.

    10
  14. ޝުކުރިޔާ ރ ޔާމީން

    މަނިކުފާނު ޤައުމައްގެނަސްދެއްވި ތަރައްޤީއާއި ކޮއްދެއްވި މިންނެތް މަސައްކަތައް ޝުކުރުދަންނަވަން انشالله އިސްތިއުނާފުގަ މަނިކުފާނުސަލާމަތްވެ 2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ދުޢާއަކީ އެއީ

    25
    2
  15. މުގާބޭ

    ނަޝީދަށްވާނީ އެހެން މީހާރު އެހުންނަނީ ވެރިކަމައިގެން ގޮސް ކޮށިއަރާ ލޮލަށް ނިދިނައިސް. ކިހާބޮޑުކަމެއްމީ. ވެރިކަން ހަވާލުކުރީމަ އޭއްޗެކޭ މީއްޗެކޭ ކިޔާފަ އިސްތިޢުފާދީފި! އަދި މީނާގެ މޮޔަކަމަކީ ވެރިކަންވައްޓާލިމީހުންގާތަށް ގޮސް ކޮސްގޮވަނީ.

    4
    1
  16. ރައްޔިތުން

    ނަސީދުގެ ފެންވަރު ފެންނަނީ. ކުރީ ޒަމާނުގަ ކިޔާކަހަލަ ބަޑިއެއް ހެން، ފެންނަ ކޮންމެ އެއްޗެއް ފަހަތުންވެސް ހިނގައިދާނެ ވެރިކަން ލިބޭނެ ގޮތެއް ވޭތޯ. ހޭބަލި މީހެއް.

  17. Anonymous

    ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔާމީނަށް ތާއީދުކޮށް ކައުންސިލް ރައީސް ވާހަކަދެއްކުމުން ރަސްމިއްޔާތުގެ ބައިވެރިންގެ މޫނުމަތިން ފެނުނު ހިމޭންކަމާއިި މާޔޫސްކަމުން ފެނުނީ ޔާމީން ކޮށްދެއްވެވި ތަރައްގީ އާއި ގާތްކުރާ މިންވަރަށްވެސް މިސަރުކާރުން މަސައްކަތްކުރެވިފައި ނުވާ ކަމާއި މިސަރުކާރުގެ ކޮންމެ އަހަރަކު އޭގެ ކުރިއާއި އަޅާބަލާއިރު އެތަށްގުނަ ބޮޑުކޮށް ބަޖެޓް ފާސްކޮށް ދައުލަތް ދަވާލުމުގެ ކުއްވެރިންތަކެއްގެ ލަދުވެތިކަން.