ގދ. ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމުގެ ހުވަފެން ހަގީގަތަކަށް ހެދި ކަމަށްޓަކައި އެ ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް، ކުރީގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ރޭ ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރޭގެ ޖަލްސާގައި ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ވަނީ މި އެއާޕޯޓު އެ ރަށުގައި ތަރައްގީ ކުރަން ނިންމި ކަމަށްޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި އެއާޕޯޓެއް ހެއްދެވުމުގެ ވިސްނުން އެންމެ ފުރަތަމަ ގެންގުޅުއްވީ ޔާމީނެވެ.

"މި އެއާޕޯޓު މިތަނުގައި ގާއިމަކުރަން ނިންމަވައި މިކަމުގެ އަމަލީ މަސައްކަތް ފެއްޓެވީތީވެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފަރެސްމާތޮޑާ އެންމެހާ ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން." ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

މި އެއާޕޯޓު ތަރައްގީކުރުމަށް ރައީސް ޔާމީންގެ ފަހަތްޕުޅުން މިމަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވުމަށްޓަކައި މަސައްކަތްކުރެއްވި އެދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އަށް އިމްތިޔާޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތްކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާ ކުންފުނިންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށެވެ.

ޖުމްލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ.

ފަރެސްމާތޮޑާ އެއާރޕޯޓު ހުޅުވާލާފައިވާއިރު، މޯލްޑިވިއަން އިންވަނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް ފަރެސްމާތޮޑާގެ ދަތުރުތަކަށް ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. އެގޮތުން އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،574ރ. އެވެ.

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢަޒްރާޢލީ

    ޝުކުރިއްޔާ ރ ޔާމީން ޝުކުރިއްޔާ ހުސައިން މ ލަތީފް އެން ފަރެސްމާތޮޑާ ރައްޔިތުން އަދި ކައުންސިލް ރައީސް

    79
    5
  2. ޑރ ސާޖީ

    ތި ގަޓް ރައީސްއެއް.އެއްވެސް މައްސަލައެއްނޫން ކުރެޑިޓް ދިނުމުމަކީ.

    65
    2
  3. އަލީ

    ސާބަސް ތެދައް ވާހަކަދައްކާނީ ރައީސް

    73
    1
  4. ވާގޮނުސްކޮ

    ސަނާކިއުމުގެ ބަދަލުގަ ކެރިގެން ހަގީގަތް ހާމަކުރަން
    ކެރުމަކީ މަދުމީހަކަށްނޫނީ ކުރަންކެރޭކަމެއްނޫން. އިމްތިޔާޒުގެ ތިޔަކެރުމަކީ ތެދުވެރިއިޚްލާތެރިންގެ ކިބާގަނޫނީ ހުންނާނެ ސިފައެއްނޫން.

    96
    2
  5. ަސދަދ

    އެބަޔަކަށް ހައްގުވާ ޝުކުރު ރައްދުކުރުމަކީ ރަނގަޅު ކަމެއް.

    84
  6. ނަނަނަ

    ނޫން…ތި އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށީ ރޭ ދަންވަރު، 2022 މާޗު މަހު..

    31
    1
  7. ސަރޭ

    މަހީކުރީ މިސަރުކާރުން ކުރި ކަމެއްކަމަށް .އެހެން ވީމާ ޔާމީނު އަތް ނުލަ އެއްތަނެއް ނެތީތާދޯ .އެމްއެމްޕީއަރސީ އޭކިޔައިގެ އޭނަ އެކަނބަންދުގަ ބެހެއްޓުމަކީ ވަރަށް ތާކުން ތާކު ނުޖެހެ ކޮސް ކަމެއް.

    68
    2
  8. ރަން ރީނދޫ

    5 އަހަރު ވީއިރު ވެސް ރައީސް ޔާމީނުގެ ވިޝަން ފެންނަނީ.

    77
    1
  9. Anonymous

    ޔާމީނު އިން ޖަލްސާއެއްގަ އެހެން މީހަކަށް ތަޢުރީފުކުރިނަމަ ތިސޮރު ގެއްލުނީސް

    15
    61
  10. އަދީބު

    2021 ޖޫން ގަވެސް ވެރިކަމުގަ ހުންނެވީ ޔާމީންތޯ؟ ހަމަ އަހާލީ! ބޮޑަށް ވައްތަރީ މަލާމާތަކާ

    11
    44
    • ނަނަނަ

      2021 ޖެނުއަރީ އައި އިރު ބިން ހިއްކާފަ ބޮޑު ޖަހާފަ އެތަން އޮތީ.. ހިޔާ ފްލެޓް ތައް ކޮތަރު ކޮށްޓަށް ހަދާފަ ވިނަރެސް އައީ ތިމަންމެން އެޅި ތަނެއް ކަމަށް ހެދި މީހުން ތިތަން ހުޅުވަން ރޭގަ ތި ދިޔައީ… ހަމަ ބުނެލީ..

      44
      2
    • ލުޓޭރުންގެ ސަރުކާރު

      ތީ 2021ގަ އުފަންވި މީހެއްތަ...އެހެން ހީވާތީ އަހާލީ..2018ގަ ދިވެހި ރާއްޖޭގެ ޙަބަރުދަބަރު ބަލާ އުޅުނުނަމަ ސުވާލެނެތި ރޔާމީން ޝު ކުރިއްޔާ ބުނާނެ..ތި އެއާރޕޯޓު އެޅީ ރޭ ދަންވަރު.

      16
  11. Anonymous

    ޙައްޤު ޝުކުރުއާދާކޮށްދެއްވައިފި. الحمدلله.
    ޙައްޤު ބަސް ބުނަން ފަސްނުޖެހި ޙަޤީޤަތް ހާމަކޮށްލި ހިތްވަރު ގަދަ ބަތަލެއް. މިކަހަލަ މެމްބަރުން މަރުވަންދެން ވެސް މަޤާމުގައި ބަހައްޓަންވީ.މީ އިޚްލާޞްތެރި ތެދުވެރިންނަކީ. ،ﷲއަށް ބިރުވެތިވާ އާޚިރަތަށް، ޤިޔާމަތްދުވަހުގެ ގަދަފަދަވެގެންވާ ޢަޒާބަށް ބިރުވެތި ވާ މީހުން މަޤާމްތަކަށް ހޮވަންވީ. ދުނިޔެއާއި ހެދިއުޅޭ، ޙަރާމެއް ޙަލާލެއް ނުބަލާ މީހުނަށް މަޤާމް ދިނީމަ ވާގޮތް އެބަފެނޭނު. މިބޭފުޅާއަށް ޙައްޤު ބަސް ބުނުމުގައި ދެމިހުރުމުގެ ތަވްފީޤް ދެއްވާށި އާމީން

    47
    3
    • ވިސްނާލުމަށް އެދެމޭ

      އާމީން

      14
  12. އައިމަން

    ދިވެހިންގެ ކުންފުންޏަކުން ދިވެހިންގެ ދިޔަ ފެލަމުންދާއިރު ދިވެހިން ހަމަ ބަހެއް ބުނެނުލާނީތޯ؟ ޓިކެޓުގެ އަގު ކުޑަ ކުރަން ޖެހެނީ އިންތިޚާބުތަކަށްތޯ؟ ވާދަވެރި ވިޔަފާރިއަށް ފުރުސަތު ނެތީތޯ؟ މަންޓާ އެއާރ، ވިލާ އެއާރ، އަށް ވާދަވެރި އަގުތަކުގައި ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކަށް ދަތުރު ކުރަން ނުކެރެނީތޯ؟ މޯލްޑިވިއަން އަށް އެކަނި ވާނެއޭ ކިޔާފަ ދޫކޮށްލީތޯ؟ ދަންނަވަންތޯ އެއްމެ އަގުބޮޑުކޮށް 800 ރުފިޔާއަށް ރާއްޖޭގެ އެއްމެ ދެކުނަށް އަގު ކަނޑައެޅި ޓިކެޓުގަ ދަތުރުކުރީ ނުވަތަ ކުރެވުނީ ކިތައް މީހުންނަށްތޯ؟ މިކަންކަން ބަލަން ރެގިއުލޭޓްކުރަން އަދިވެސް ނުވޭތޯ؟ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭއިރަށް ކޮންމެވެސް ނަމެއްގައި ވައިގެ ދަތުރަށް ނަގަންފަށާ އަގު ދިވެހި ކުންފުނިތަކުން ތިރި ކޮށްފައެއް ނުވޭ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކިތައްމެ ވަރަކަށް ދަށްވިޔަސް... މީ ދޮގެއްތޯ؟

    29
    1
  13. ޔާންޔާ

    ރައްފުށު މީހުންނައް ވޯޓާ ދިމާކޮށް އޭސީ ޓީވީ ދިނީމަ ހުނާނީ ރަންގަޅާއް .
    ހިތައްއަރާ ކޮންދުހުކުންބާވަޔޭ ވިސްނޭނީ . ކަމެއްކޮއްދިނަސްކޮއްދޭންވީ މާލެ ރައްޔިތުންނައް އެކަނި .
    ލަދުހަޔާތެއްވެސް ނެތެންނު !

    10
    8
  14. މަންމާފުޅު އަދުރޭ

    ޔާމީނުވަނީ ރާއްޖޭގަ ކުރާނެ ހުރިހާކަމެއް ހިތުލާފަ ޕޕމ މެމްބަރުންކައިރީބުނެފަ، އެހެންވީމަ ޕޕމ ހުރިހާ މެމްބަރުންވެސް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގަ ކިތަންމެ ކުޑަ އަދި ކިތަންމެ ބޮޑު މަސްރޫޢުއެއް ހިންގިޔަސް ބުނާނީ ޔާމީނު ފެއްޓެވިކަމެކޭ، މީގެ 20 ނޫނީ 30 އަހަރުފަހުންވެސް ޕުރޮޖެކްޓެއް ހިންގާލިޔަސް ވާނީ ޔާމީން ކުރިކަމަކަށް، އެކަމަކު ހިޔާނާތާ ވައްކަން ދައުލަތުން ކޮށްފިނަމަ ތިޖޫރި ދިރުވާލިޔަސް ޔާމީނު ކުރިކަމަކަށް ނުވާނެ ދެއްތޯ

    2
    13
  15. Anonymous

    އެހެންވެއޭ މިބުނަނީ ހުޅުމާލެ ބުރިޖަކީ ރައީސް މަޢުމޫނުގެ ތަސައްވަރެކޭ

    3
    10