މާލޭގައި ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮތް މީހަކު ފެނިފައިވަނީ އޭޑީކޭ އާއި ދިމާލުން އޮންނަ ތަނޑިރަތްމާ ގޯޅީގައި ހުރި ގެއެއްގެ ތެރެއިންނެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، މާލޭ ހެންވޭރު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:36 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މަރުވެފައި އޮތްވާ ފެނިފައިވަނީ އުމުރުން 54 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.