މިދިޔަ ޖޫން މަހު އައްޑޫގައި ވަޅިން ހަމަލާދީ މުހައްމަދު ޒިޔާން މަރާލި މައްސަލާގައި ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާއެއް އުފުލައިފިއެވެ.

ކުޑަކުދިން ލައްވާ ކުށް ކުރުވުމަކީ ގާނޫނު ބުނާ ގޮތުން ކުށެއް ނަމަވެސް މިއީ ކުޑަކުދިން ލައްވާ ކުށް ކުރުވުމުގެ ދައުވާ ބައެއްގެ މައްޗަށް އުފުލި ފުރަތަމަ ފަހަރެވެ.

ކުޑަކުދިން ލައްވާ ކުށް ކުރުމުގެ އަށް ދައުވާ އައި ހަ މީހުންނަށް ޖުމްލަ 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އޭނާގެ ބްލޮގްގައި ވިދާޅުވީ މިމައްސަލައިގައި ހިމެނޭ ހަ މީހެއްގެ މައްޗަށް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ އަށް ދައުވާއެއް، ވަކިވަކިން، ހެއްކާއެކު އެބަ ހުށަހަޅަން ކަމަށާއި އެއިން ކޮންމެ ކުށެއް ވަކިން ސާބިތުކުރެވޭނެ ކަމަށެވެ. ބާކީ ހުރި މީހާގެ މައްޗަށްވެސް، ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް، ވަކިވަކިން އެބަ ހުށަހަޅަން ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލައިގައި ދެ މީހެއްގެ މައްޗަށް، ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ފަސް މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އިއްޔެ ކްރިމިނަލް ކޯޓަށް ކުރިން ވަނީ ހުށަހަޅާފައެވެ.

ޝަމީމް ވިދާޅުވީ މިމައްސަލައިގެ ތަޙްޤީޤު ހިނގައިދިޔަ ގޮތަށް ބެލިއިރު، ތަޙްޤީޤަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަން، ކުށުގެ ތުހުމަތު ކުރެވޭ މީހުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް، އެމަސައްކަތް ކާމިޔާބުވެފައެއް ނުވާކަމަށާއި ފުލުހުން ތިއްބެވީ އެއް ފިޔަވަޅު ކުރީގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލައިގައި ހާދިސާ ހިނގައިފައިވާ ގޮތަށާއި، ތުހުމަތު ކުރެވޭ މީހުން މިޢަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، މިމީހުންނަކީ، މުޖްތަމަޢަށް އިންތިހާއަށް ނުރައްކާތެރި ބައެއްކަމަށް ޤަބޫލުކުރެވޭތީ، އެމީހުން މިހާރުވެސް ތިބީ، ކޯޓު އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަޒީމާ ސޯލިހު / މަނދޫ

    މިރަށުގައިވެސް ކުޑަ ކުދިން ލަށްވާ ހަސަންބެ ކިޔާ މީހަކު ވަރައް ނުބައި ކަންތަށް ކުރުވައެ. އޭގެ ތެރޭގައި ގޭގޭގެ ގަސްގަހުން ވަގައް މިރުސް ކެޓުއްވުމާއި، މިސްކިތުން ފައިވާން ވަގަ ގެނައުން ހިމެނެ،
    މިކަމުގެ ޒިންމާ ހަސަންބެ އަންހެނުން އުފުލަން ޖެހޭނެ!

  2. މޫންޓީ ކައުންސައިލެންސަރު

    ހަސަންބެގެ އަގު ވައްޓައިލަން މަސަށްކައް ނުކުރަގާ!
    ހަސްން ބެއަކީ ކުޑަކުދިންގެ ހައްގުގަވަކާ ލިވާތުކުރާ މީހެށް
    😅

    1
    1
  3. ޝަޒީމާ ސޯލިހު / މަނދޫ

    އާނ އޭ.....
    އެހެންވެ ދޮއްތ@ ކުޑަ ފިރިހެން ކުދިއްނާ މާ ބޮޑަށް ގުޅައިލައިގެއިން އޭނާ މިއުޅުނޫ؟ ބިޓު ފަންގި ނެގީމަ އެނގޭނެ ހައްގުތަށް ފޭރެނީތޯ ނުވަޓަ ހިމާ ކުރަނޫ ތޯ

  4. އިފާ ޑި ނޫރީ

    އާއިލީ މައްސަލަތަށް ނުސްތަކުގެ ކޮމެންޓްތަކުގައި ކޮންމެ މީހަކު ވިޔަސް ލިޔުމަކީ ވަރަ ބަދުއަހުލާގީ ކަމެށް!
    އެކަމަކުވެސް ބުނެލަން އޮތޫ ހަސަންބެއަކީ އެހައި ރަނގަޅު މީހެއް ނޫނޭ
    ވަށް ސަޅާމް

    2
    1
  5. ފަލަކު

    ދައުވާ މަތިމައްޗައް ހުށައެޅިދާނެ ކޯޓަކުން ސާބިތެއް ނުކުރެވޭނެ ކޯޓު އަމުރުގެ ދަށުން މަދުދުވަސް ކޮޅަކަށް ބަންދުގަ ބެހެއްޓުމަށްފަހު ސާބިތުނުވެގެން ދޫކޮށްލާނީ