ރަށްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓްގެ އިތުރުން ދިހަ ރިޕޯޓަކަށް ވޯޓަށް އަހާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ނަޝީދު ވިދާޅުވީ، މިހާރު ކުރިއަށްދާ ޖަލްސާގައި ދައުލަތުގެ ބަޖެޓު ހިމެނޭހެން، ދިހަ ރިޕޯޓަކަށް ބަހުސްކޮށް ނިންމައި ވޯޓަށް ހުށަހެޅޭނެ ކަމަށެވެ.

މިއަދު ފާސްކުރުމަށް އެޖެންޑާ ކޮށްފައިވާ ރިޕޯޓްތަކުގެ ތެރޭގައި ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު 241 ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާއި އުފަންވުމާއި މަރުވުން ރަޖިސްޓްރީ ކުރުމާއި، އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީކާޑު ހެއްދުމާ ބެހޭ ބިލު، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ހިމެނެއެވެ.

އެޖެންޑާ ކޮށްފައިވާ ބައެއް ރިޕޯޓްތައް:

  • ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓް
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓު
  • ކުނި މެނޭޖުކުރުމުގެ ބިލުގެ ރިޕޯޓު
  • ރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ރިޕޯޓު
  • ސްރީލަންކާ އަށް ރާއްޖޭން ސަފީރަކު ކަނޑައެޅުމުގ ރިޕޯޓު
  • ބޭންކުތަކުގައި ހުރި ސްޓްރެސްޑް އެކައުންޓްތަކުގެ ޕްރޮޕަޓީތަކާއި ގުޅޭ ރިޕޯޓު
  • ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުން ހަމަހަމަކުރުމާއި ގުޅޭ ރިޕޯޓު

ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާ އަކީ މި ދައުރުގެ ފަހު ޖަލްސާއަށް ވުމުން ޖަލްސާ ދިގުދެމިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ހުރިހާ މަސައްކަތްތަކެއް ނިމި، ވޯޓަށް އައްސަވާނެ ސީދާ ގަޑިއެއް ދަންނަވަން ނޭނގޭ ކަމަށެވެ.

މިއަދުގެ ޖަލްސާއަށްފަހު މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް މިދިޔަ ބުދަ ދުވަހުގައި އޮތް މަޖިލިސް ޖަލްސާގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިސްތިއުފާ

    ރައްޔިތުންގެ މަޖްލީސް އުވާލާ ތިޔާއީ ބޭކާރު ތަނެކޭ ބަޖެޓަކީ އެއީ މަޖްލީހުން ފާސްވެސް ކުރަން ޖެހޭ އެއްޗެއް ނޫނޭ އެއަށް ތަމެން ޒިންމާވަނީ އެއް ނޫނޭ ބަޖެޓަށް ވާނުވާ ބަލަނީ އެއް ނޫނޭ ސަރުކާރުގެ ތެރޭން ޕްރޮޖެކްޓް ދަމައިގަނެވޭތޯއޭ ތަމެން އެނބުރެނީ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  2. އިސްތިއުފާއޭ

    ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ ސަރުކާރު އިސްތިއުފާ މަޖްލީސް އިސްތިއުފާ

  3. ޓެކްސް

    ސިވިލު އަޅުންގެ މުސާރަ ބޮޑުނުކުރާ ސޯލިހު އައުޓް

  4. ހުސޭނުބޭ

    ބަޖެޓާއެކު މިޓާމުގެ ރިޕޯޓްފޮތް ދިނަސް ތިއީ ހަމަ ވައްކަންކުރަން ހަދާފައި އޮތް ބަޖެޓެއް