ނިރުބަވެރިކަން ހުއްޓުވަން ހުރިހާ ފަރާތެއްގެ ގާބިލުކަމެއް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެގޮތަށް ވިދާޅުވީ, ނިރުބަވެރިކަމުގެ ހިރާސް ކުޑަކޮށް ސަލާމަތީ ކަންކަން އިތުރުކުރުމަށް އެހީވެދިނުމުގެ ގޮތުން ހިންގާ މަޝްރޫއު އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މާރިޔާ ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައިއިރު އެންމެ ގިނައިން އައިސިސްއާ ގުޅުނީ ރާއްޖެއިން ކަމަށެވެ. އެހެންވެ ނިރުބަވެރިކަމާއި ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ފެށި ކަމަށެވެ.

އެގޮތުން ގާނޫނަށް ވެސް މުހިންމު ބަދަލުތަކެއް ވެސް ގެނެސް ކައުންޓާ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް އެކުލަވާލި ކަމަށެވެ. އެހެން ނަމަވެސް އެ ޕްލޭނަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގައި އެކަށީގެންވާ ވަރަށް ކެޕޭސިޓީ ނެތް ކަމަށެވެ.

އެކަމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތެއް ކަމަށްވާ މޮނީޓާ ކުރުމާއި އިވޭލުއޭޓް ކުރަން ޖެހޭ ކަންވެސް މާރިޔާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ނިރުބަވެރިކަން ހުއްޓުވަން އެކި މިނިސްޓްރީތަކާއި އިދާރާތައް ގުޅިގެން ވެސް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަރުކަށި ފިކުރު ކުދިކުދި އަދި އެކެހެރިވެފައި ހުންނަ ކޮމިއުނިޓީތަކުގައި އާލާކުރަން މަސައްކަތް ކުރަމުންދާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ނިރުބަވެރި ކަންކަމަށް މީހުން ހޭލުންތެރި ކުރަން އާދައިގެ ޕްރޮގްރާމްތައް ހިންގުމުގެ ބަދަލުގައި ދިރާސާތައް ކުރެވި އެފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް އެކި ފަރާތްތަކުގެ އެއްބާރުލުން ބޭނުންވެސްވާ ކަމަށެވެ.

މި ސަރުކާރުން ނިރުބަވެރިކަން ހުއްޓުވަން ކުރަމުންދާ މަސައްކަތްތަކަށް ވެެސް މާރިޔާ ތައުރީފް ކުރެއްވިއެވެ.

"ހަފްތާ ރެސް ޕްރޮގްރާމަށް ވެސް ވަރަށް ރަނގަޅު ތަރުހީބެއް ވަނީ ލިބިފައި. އަޅުގަނޑު ކައުންސިލްތަކުގެ ބޭފުޅުންނާ ބައްދަލުކުރެއްވީމަ ވިދާޅުވީ މެދުމިނުގެ ދީނީ އިލްމުވެރިންނާ ކައުންޓާ ޓެރެރިޒަމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް ވަރަށް ފުރިހަމަ ކަމަށް. އަދި އެ ޕްރޮގްރާމްތައް އަވަސް އަވަސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވި " މާރިޔާ ވިދާޅުވިއެވެ.

ސަރުކާރުން އެކަކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ނެޝެނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ބަޖެޓު ވަރަށް ދަތި ކަމަށް މާރިޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ކަލޭ އެކަނި ގާބިލީ..ވަޓް އެ ޖޯކް..ތީ ފޭކެއް..އަންނިއާއެކު 50 ދިވެހިން މަރަން ރޭވި ގްރޫޕުގެ އެސިސްޓަންޓެއް ނޫންތަ ތީވެސް

    19
  2. ރަން ރީނދޫ

    ހަފްތާ ރޭސް އަށް ގެންނަނީ އެމްޑީއެން އިލްމްވެރިން، އެތައް ފަހަރަކު ބަސްޓުވެފަ އޮތީ ލާދީނިއްޔަތު ފަތުރަން މަސައްކަތް ކޮއްގެން. ޓެރަރިސްޓުންނޭ މިކިޔަނީ،ނަޝީދު މަރަން ބޮންގޮއްވި އިސްމީހާ. މަށެއް ނޫން ކެނެރީގޭ ކުދިން ކިޔާތީ އިވޭ އަޑެއް ވީމަ ހަނދާން ކޮއްދިނީ.

    15
  3. އަހްމަދު

    ތިމާމެންގެ ގާބިލްކަމެއްނެތްކަމަށް އަމިއްލައަށް އިއުތިރާފްވީމާ ދެން އިސްތިއުފާދެއްވާފައި ގޭގައި ތިއްބަވާ.

    25
  4. މަރުގަޔާ

    ތީގަ ބުނަންއުޅޭ އެތި ފަހުމްވެއްޖެ މާނަޔަކީ ދޮގާމަކަރާ ހަދައިގެން އިންޑިއާ މިކަމުގެ ތެރެއަށްވެއްދުން މިރާއްޖޭގެ ރަށްޔަތުން ނޫޅެ ނިރުބަވެރި ހަމަލާދޭކަށް ނިރުބަވެރި ހަމަލާ 3 ނޮވެމްބަރުގަ އެއޮތީ ދީފަ ހަމަލާ ދިންމީހުންނަށް ސަރުކާރުން ބޭރުގައުމެއްގެ ހިމާޔަތާއި ރަށްކާތެރިކަން ދިން ދެންމިހާރު ކޮން ގޮހޮރެކޭ ތިޔާ ކިޔަނީ ދައިތާ.

  5. ރައްކާވޭ

    ނިރުބަވެރިކަމޭ ކިޔައިގެން ޕްރޮޕެގެންޑާއޭ ފަތުރަނީ ރާއްޖޭގައި ނެތޭ އެއްވެސް ނިރުބަވެރި ކަމެއް ރާއްޖޭގައި އޮތް ނިރުބަވެރި ކަމަކީ ވަގު މިނިސްޓަރުންނާއި ވަގު ސަރުކާރުން ކުރާ ވައްކަން ތައް ފޮރުވަން ވެގެން ތަމެން ކުށެއް ނެތް މީހުން ޓެރެރިސްޓުންނަށް ހަދަނީއޭ ތަމެން ރައްކާވާންވީއޭ މިރާއްޖޭން ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ

  6. ގާބިލު

    ކަސްޓަމްސްގެ ސީޖީ ކުރާކަންތައް ކަމަނާއަށް އިގޭތަ އެބަ؟އެޓްލާންޓިކް ކަޑުގަ އޮތް ބޯޓެއްގެ ތެރޭގައި އެބަ ކިޔާ ދައުލަތަށް ޑިއުޓީ ލިބެންޖެހޭ ބޮޑު ލޯންޗެއް 2އަހަރުވި އިރު ޑިއުޓީ ނުނަގައި ޖީބަށް ފައިސާނެގިވާހަކަ ؟ކަމަނާ ގެ ގާބިލުކަން ނެތީމަތޯ ނޫނީ ކަމަނާގެ ބެލުމުގެ ދަށުގައި ތިބިމީހުން ގެ ގާބިލުކަން ބޮޑީތޯ!

  7. Anonymous

    މެދުމިނުގެ ދީނީއިލްމެވެރިން މީއަނެއްކާ ކޮންބައެއްތޯ

  8. ހުސޭނުބޭ

    ސިފައިންގެ ޕެރޭޑަށް ވަދެ އަވަގުރާނަގޮވާ މީހަކު ކޮން ޤަބިލުކަމެއް ހުންނާނީ

  9. އަތޮޅު މީހުން

    މާރިޔާ މަގޭގާތު އަހާލިންތަ،؟؟މިކަންހުއްޓުވަން މާރިޔާ ތާއީދެއް ނުކުރާނެ

  10. ަަަައަލީ

    ޢިންޑިޔާ ޔައްތަ ވާނީ. ..

  11. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް

    މާރިޔާ ފުރަތަމަ ތިމާމީހާ އިސްލާޙް ކޮށްބަލަ. އިލިޔާސް ލަބީބު ވަނީ ނަޝީދު އަށް ޓެރަރިސްޓް ޙަމަލާ އެއް ދޭން އުޅޭކަން މާރިޔާ އަށް އަންގާފަ. ކީއްވެ އަޅާނުލާ ހުރީ މާރިޔާ؟ މާރިޔާ އިސްތިޢުފާ!

  12. ޢައްޑޫ

    ގައްދާރުން ގިނަވާނީ