ރާއްޖޭގެ އިގުތިސޯދީ ހާލަތާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ނަޝީދު މަޖިލީހުގެ ޖަލްސާ އާއި އަދި މަޖިލިސް މެންބަރުންގެ ވަޓްސްއެޕް ގްރޫޕްގައި ވަކި އަދަދެއް ވިދާޅުވުމަށްފަހު ވާހަކަފުޅު ދައްކަވަނީ މުއައްސަސާތަކުން އެމައުލޫމާތު ހޯއްދަވައިގެން ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ މިތަނުގައި ދައްކާ ވާހަކަތަކަކީ ސީރިއަސްކަން އޭގައި ހުރި ވާހަކަތަކެއްކަން ސަރުކާރުން ވެސް ގަބޫލުކުރަން ޖެހޭ. ރައްޔިތުން މަޖިލީހުގެ ރިޔާސަތުން (ރައީސް ނަޝީދު) ވަކިން ހާއްސަކޮށް އަދަދެއްގެ ވާހަކަ ވިދާޅުވާނީ އަޅުގަނޑަށް ހަމަ ޔަގީން އެއަދަދާއި ގުޅުން ހުރި މުއައްސަސާތަކުން ފުރިހަމަ މައުލޫމާތު ހޯއްދަވައިގެންކަން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ޓެކްސް ނަގައިގެން ދައުލަތައް ލިބޭ ފައިސާ އިން ކުރަނީ ކީއްތޯ ރައްޔިތުން ސުވާލު އުފައްދަމުން ގެންދާ ކަމަށެވެ. ނައިފަރުގައި ހުންނަ ފިހާރައަކާއި ބ.އަތޮޅު ކަމަދޫގައި ހުންނަ ފިހާރަ އިން އަދި މާލޭގައި ހުންނަ ފިހާރަ އިން ވެސް ދައުލަތައް ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ވަނީ ހަމަހަމަ ކަމަށާއި ނަމަވެސް ކަރަންޓް ފޯރުކޮށްދިނުމުގައި އަތޮޅުތަކުން ނަގާ އަގުތައް ބޮޑުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ ހާލަތައް ބެލި ނަމަވެސް އެތަން ހުރީ "ތަޅެއް ހިފައިގެން ގޮސް އަޅުވާ ހިސާބުގައި" ކަމަށެވެ. "މުލިއްސެއް ޖެހިޔަސް އަންނަން މިޖެހެނީ މާލެއަށް. މިއީ ރައީސް ސޯލިހް ނިސްބަތްވާ އަތޮޅުގެ ހާލަތު އޮތް ގޮތް." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހޭނެއްތުމަށް ބޭނުންކުރާ މެޝިނެއް ނެތިގެން ކުދިކުދި އޮޕަރޭޝަންތައް ވެސް ހޮސްޕިޓަލްގައި ނުކުރެވޭ ކަމަށާއި ލޮލުގެ ޑޮކްޓަރަކު ހޮސްޕިޓަލަށް ފޮނުވިއިރު ލޮލުގެ ފަރުވާ ދޭން ބޭނުންވާ އެއްވެސް އެއްޗެއް ހޮސްޕިޓަލްގައި ނެތް ކަމަށެވެ. ޑައިލިސިސް ހިދުމަތް ފަށަން ބޭނުންވާ ސާމާނު ވެސް ހޮސްޕިޓަލްގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވެ ރައްޔިތުން މިސުވާލު ކުރަނީ ޓެކްސްގެ ގޮތުގައި ދައުލަތުން ނަގާ ފައިސާއަށް މިކުރަނީ ކީއްހޭ" ޝިޔާމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ޝިޔާމް ނަޝީދަށް ތައުރީފު ކުރެއްވިއިރު އެމްޑީޕީގެ ރައީސް ސޯލިހް ފެކްޝަނުން ތުހުމަތު ކުރާ ގޮތުގައި ނަޝީދު އުޅުއްވަނީ ޕީޕީއެމް އާއި ގުޅިގެން "ސަރުކާރު ވައްޓާލާށެވެ."

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރުހާމު

    ޕީޕީއެމުގައި ކުރީގެ އިކްނޮމިކު މިނިސްޓަރެއްވެސް ހުރެމެ، މަޖުލިހުގައި ބަޖެޓާބެހޭގޮތުން ޕިޕިއެމު މެންބަރުން ދައްކާ ވާހަކަ ނަޝީދުމެން އީވާމެން ފެންވަރުގައި ހުންނަން ޖެހޭނީ. ބަޖެޓު ވާހަކަ ދައްކަން ވާނީ އެގިތައް އަދަދާ މިސާލާއެކު. އެކަމަކު ޕީޕިއެމް ފެންނަނީ ވަރައް ލޮނުމަޑުކޮއް. ސިޔާމުމެން ޔާމީނު ކައިރިން އަހާލިއަސް ފެކުޓްބޭސްޑު އަދަދުތަކުން ވާހަކަދެއްކޭނެ.

    8
    10
  2. ނަމަސްތޭ

    ކަލޭމެން ތިޔުޅެނީ އެސޮރުބޮއްވަންތޯ . . . . . .

    7
    5
  3. މޫސަ

    ނަޝީދުވެސް ވެރިކަމުގަ ހުރިނަމަ ޗަސޮރުމެނަށް ގޯސްވާނީ ނަޝީދު. ތިޔަ އުޅެނީ އޭނަ ދައްކާ ވާހަކަ ރަނގަޅުވެގެނެއްނޫން. ތިޔަޢީ ވެރިކަމުގެ ބާރާމެދު އޮތް ހަސަދަވެރިކަން.

    5
    7
  4. މޫސަ

    ތިޔަހެން އަރާ ބޭކާރު އަނގަ ތެޅުމުގެ ކުރިން ޕީޕީއެމް ޖަގަހަ ހިންގަން ނައިފަރުން ކުއްޔަށް ހިފާފަ ހުރިތަނުގެ ކުލި އެމީހުނަށް ދީބަލަ.

    8
    4
  5. ސަންބެޑު

    ޖިއެސްޓީ ބޮޑުކުރީ ސިޔާސީ މަގާމުތަށް ގިނަކޮށްފަ ވެރިކަމަށް ދެވަނަ ދައުރަކަށް ހޮވޭނެކަމަށް ސޯލިހަށް ހީވާތީ އަދި މިކަމަށް ކައިރީގަ ތިބި އައުވާނުން ހިތްވަރުދީގެން.

  6. މަލްދާ

    އަންނި އަކީ ރާބޯ މީހެއް. ފާސިގެއް. ހެކިބަސް ގަބޫލު ނުކުރެވޭ މުނާފިގެއް.
    ސިޔާސީ މަްފާއަކަށް ޝިޔާމް ތިޔަދައްކަވަނީ ނަޝީދުގެ ވާހކަތައް ތެދުވާނެ ކަަމށް.
    މުނާފިގަކުވެސް ތެދެއް ނަހަދާނެއެކޭ ނޫމް!

    2
    3