ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 31 އަހަރުގެ ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ، އެރަށު ނޫރަންވިލާ ހުސައިން އާލިމް ގެއްލިގެން ރިޕޯޓް ކުރުމާއި، ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:45 ހާއިރު ކަމަށް ފުލުހުން ކުރި ޓްވީޓްގައި ވެއެވެ.

އަދި އެ ދުވަހު އޭނާ މާލެ އައިކަން އެނގިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އެހެންކަމުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެކަން ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެެދިފައި ވެއެވެ.