ހުޅުމާލޭން ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ފިރިހެން މިހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ހއ. ބާރަށް / ސައިނިންގސްޓަރ، މުޙައްމަދު ތަޢުފީޤު (35އ) ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް ނުވެގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ ދަންވަރު 1:35 ހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވިގޮތުގައި، "އަދި އެޕްޑޭޓެއް" ނެތް ކަމަށެވެ.

ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ތައުފީގް

ފުލުހުން ވިދާޅުވީ، އޭނާ އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން، މިމަހުގެ 22 ވަނަ ދުވަހުގެ 11:00 އެހައިކަންހާއިރު ކަމަށެވެ. އޭރު އޭނާ ލައިގެންހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ މުޙައްމަދު ތަޢުފީޤުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮމެންޓޫ

    ގެއްލުނު މީހުންގެ ކޮމިޝަން ހެދި ފަހުން އަބަދު މީހުން ގެެއްލެނީ