މުދާ އުފުލާ ދޯންޏެއްގައި އުޅޭ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ދ. މާއެނބޫދޫ ރަތްފުސްގެ އިބްރާހިމް ޝުޖާއު އާއިލާއަށް ހަބަރު ނުވެ ގެއްލިފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:04 ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ގެއްލިގެން ހޯދަމުންދާ މީހާ

ފުލުހުން ވިދާޅުވީ، އޭނާ އުޅެނީ މުދާ އުުފުލާ ދޯންޏެއްގައި ކަމަށެވެ. އަދި އެންމެ ފަހުން އޭނާގެ ހަބަރެެއް ވެފައި ވަނީ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 12:37 ހާއިރު ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ މުލި ޕޮލިސް ސްޓޭޝަން ނަމްބަރު 9980067 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.