މާލެ އިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ ފިރިހެން މީހާ ފެނިފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

ގެލިގެން ހޯދަމުން ގޮސްފައި ވަނީ ގަލޮޅު ސަފޫރާ މަންޒިން، އަހުމަދު އިބްރާހިމް (80އ) އެވެ.

އަހުމަދު އިބްރާހިމްގެ ދަރިފުޅު ސޮފޫރާ އަހުމަދު "ވަގުތަށް" ބުނީ ބައްޕަ ގެއްލުނީ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ހެނދުނު ހޭލާފައި ބައްޕައަށް ސައިދިނުމަށް ބެލިއިރުގައި ގޭގައި ނެތް ކަމަށެވެ.

ސޮފޫރާ މީގެ އިރުކޮޅެއް ކުރިން "ވަގުތު"އަށް ބުނިގޮތުގައި، މިހާރު ބައްޕަ ވަނީ ފެނިފައެވެ.

"މިހާރު ޓެކްސީއެއްގައި ގެއަށް އެބަ އާދޭ، ޓެލެކޮމް ކައިރީގައި ހުއްޓާ ފެނުނީ". ސޮފޫރާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދެން ފަހަރަކު މި ގޮތަށް ލިޔެލަދެއްވުން އެދެން: ގެއްލުނު ދޮށީ ޢުމުރުގެ ޝަޚުޞު ފެނިއްޖެ.