ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް އޭނާ އަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދުދީފިއެވެ.

މީކާއީލް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދަށް ތާއިދު ކުރާ މެންބަރުން މަޖިލީހުގައި ދެބައިވިއިރު ނަޝީދު ފަޅީގައި ހުންނެވި ބޭފުޅެކެވެ. އޭރު މީކާއީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ނަމަވެސް ފަހަކަށް އައިސް އޭނާ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާތަކެއް ނުފެނެއެވެ. އެކަމާއި ގުޅިގެން އިބްރާހިމް ޒަރިޔަންދު ކުރި ޓްވީޓެއްގައި އެއްސެވީ ބަސްމަގު ބަދަލުވެ، ހަރަކާތުގެ އަމާޒު އޮޅުނީ އާއިލީ ބޭފުޅަކަށް ވަޒީފާއެއް ލިބުމުންތޯއެވެ؟

އެ ޓްވީޓަށް ރައްދުދީ މީކާއީލް ވިދާޅުވީ ޒަރިޔަންދު ކުރެއްވީ ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް ކަމަށެވެ. "މިއަދާއި ހަމައަށް އާއިލާގެ އެއްވެސް މީހަކަށް އަޅުގަނޑު އެދިގެން ހޯދި އެއްވެސް ސިޔާސީ ނުވަތަ އެނޫންވެސް ވަޒީފާއެއް ނޯންނާނެކަން ވަރަށް ކެރިގެން ބުނަން. ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު." މީކާއީލް ވިދާޅުވިއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މީކާއީލް ސަރުކާރަށް ފާޑުކިޔުން ހުއްޓާލާ، ނަޝީދުގެ ފެކްޝަން ދޫކޮށްލީ އޭނާގެ އަނބިކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަޒީފާއެއް ލިބުނު ފަހުންނެވެ.

ނަޝީދަށް ތާއިދު ކުރާ މަޖިލީހުގެ މެންބަރުންގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރަށް މަދުވެފައެވެ. އެންމެފަހުން އިއްޔެ ބަޖެޓަށް ވޯޓަށް އެހިއިރު ޕާޓީގެ ވިޕްލައިނާއި ހިލާފުވީ އެމްޑީޕީގެ އެންމެ ހަތް މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަނީ

    ގަނެލީ، ވިކުނީ، އެނިމުނީ

    18
  2. ހައްލެ

    ފައްޔާޒް ގައި ދަށުވީމާ..ގަލޮޅަށް ހުތުރު،

    15
  3. އިއްސެ

    ފައްޔާބްރޯ އެންމެން ގަނެލަނީ ދޯ.. އެކަމް މީކާއީލް ؟
    ކީކޭ ބުނާނީ ފައިސާޔާ ނުފޫޒާ ބާރު މީ ވަރުގަދަ އެއްޗެއް ރަންކޮޅާ..

    14
  4. ސައިނީސް

    އެކަމު ނަސީދުވީމަ ކުރެވޭނެ ކަމެއް ނެތޭ ! ރީކޯއަށް އެކަން ޔޭ އަދަބަ ލިބުނީ މިހާތަކަށް!

  5. މެކޭ

    އަމައްޔާތް ދެން!! މީނަ އުޅޭ ވައްތަރެއް ..! ޔޫ ދެން ތަބާ ވިޔަކަސް އައިމެނަށް ބިލީވް ކުރެވޭ ކަމެއް ނޫނޭ ތީ ރިހަ ގަނޑާ،،، ރިހަވިޔަސް ތީ ދެން ބޮޑުވަރު..

    12
    1
  6. ޑައެލޯގް

    އިބޫއަށް ތާއިދުކުރަނިއްޔެއްނޫނެވެ. ރަގަޅުގޮތަކީ އީބޫގަންނަ މެންްބަރުން އިތުރުވާވާހަކައެވެ. އެމީހުން އިތުރުވިއަސް އަންނިއާއެކު އާންމު މެންބަރުންތިބޭނީ ވީމާ ބެލެވޭގޮތުގައި ވައްކަން ނުކޮށްފިނަމަ އަންނިއަށް ރިޔާސީ ޓީކެޓްލިބޭނެއެވެ. މަށަކީ ރީދޫކުދިންނަށް ތާއިދުކުރާމީހެއްނޫނެވެ. ހަގީގަތް ބުނެލީއެވެ. އިރާދަކުރެއްވިއްޔާ 2023 ޔާމީނެވެ.

    15
    1
  7. ޙަހަހަ

    ޢަމާގެ ވަޒީފާ ، އަންހެނުން ގެ ވަޒީފާ

  8. ޞަބަބު

    ޜަނޑު ގޮއްޔޭ

    2
    1