ވޯލްޑް ކަޕް މެޗްތައް ބެލުމަށް އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތުއުމާލު ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭއިން ބުނީ ވޯލްޑް ކަޕް މެޗުތައް ބެލުމަށް އެއްވާއިރު އެންމެންގެ ރައްކާތެރިކަމަށްޓަކައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އެދޭކަމަށެވެ.

ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ސްޓޭޑިއަމް ތަކަކީ ދުންފަތުން ރައްކާތެރި ތަންތަން ކަމުގައި ފީފާއާއި ގަތަރު ސަރުކާރުން ވަނީ ނިންމާފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ދާދިފަހުން އިންޒާރު ދީފަ އެވެ.

އޮންލައިންކޮށް ވޭޕް ވިއްކާ، ޑެލިވަރީ ކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް ފާއިތުވިތަނުގައި ވަރަށް ފާޅުގައި އެކަން ކުރަމުން ގެންދިޔައިރު ފިޔަވަޅު ނޭޅި ސަބަބެއް އެޗްޕީއޭ އިން ނުބުނެއެވެ.

ވޭޕް ކުރާ މީހުންގެ އަދަދު ފާއިތުވި ދެތިން އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވޭޕްގެ ނުރައްކާތެރިކަން އޮތް މިންވަރު ދުނިޔޭގެ ސިއްހީ މާހިރުން ވެސް އަންނަނީ ހާމަކުރަމުންނެވެ.

ވަރަށް ފަހުން ވަނީ ވޭޕް ބޭނުން ކުރަމުން ދަނިކޮށް ދެ ދިވެހި ޒުވާނެއްގެ ފުއްޕާމޭ ވެސް ފަޅައިގެން ގޮސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަވާސާ ހާދިސާ

    ރައީސް ސޯލިހު އާއި ނައިބުރީސާއި ހެލްތު މިނިސްޓަރާއި އެޑިޔުކޭޝަނ ްމިނިސްޓަރ ވަރަށް ދެރަވާނެ ތިކަނކަން މަނާކުރީމާ ނުފުމާއި ސިގިރޭޓުބިއިމާއި ވޭޕްކުރުމަކީ މިސަރުކާރުގެ އުފާ

  2. މަރީ

    އާންމުންނަށް އުދަނގޫ ނުވާނޭހެން މަގުމަތީގައިވެސް ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އަންގާނަމަ ހާދަ ރަގަޅޭ. ދަރިން ގޮވައިގެން ގެއިން ނުކުންނަން ވެސް އުދަނގޫ ދޮރާށި ކައިރިން ތިކަންތައްތަކުންވާ އުދަނގޫ އިން. މިއަދުވެސް ދަރިފުޅު މޫނަށް ސިގިރޭޓް ބޯން ހުރި މީހެއް ދުން ފޮނުވީމަ އެފަކީރު ކެއްސާ ކެއްސާ އެންމެ ފަހުން ހޮޑުލީ މަގުމައްޗަށް. މިއީ ވަރަށް ދެރަ ހިތާމަ ހުރިކަމެއް. މި މުޖުތަމައު ވެއްޖެ އާންމު އެންމެހާ ފަރުދުންނަށްވެސް